Advertisement
ކ. މާލެ
|
16 މާރޗް 2020 | ހޯމަ 00:58
މީރު އައިލެންޑް ރިސޯޓް
މީރު އައިލެންޑް ރިސޯޓް
ގޫގުލް
ކޮވިޑް-19
މީރު އައިލެންޑް ރިސޯޓުން ޓެސްޓު ކުރި ސާމްޕަލްތައް ނެގަޓިވް
އެ ރަށްތަކުން މޮނިޓަރިންގްގެ ހާލަތު އުވާލެވިފައިވޭ
ހާތަނަށް 13 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވޭ
އެ ރިސޯޓުން ނެގި 12 ސާމްޕަލްގެ ނަތީޖާ ނެގެޓިވް

ކޮވިޑް-19 އަށް ޝައްކުކުރެވިގެން މީރު އައިލެންޑް ރިސޯޓުން ޓެސްޓުކުރި ހުރިހާ ސާމްޕަލްތައް ނެގެޓިވްވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އާދިއްތަ ދުވަހުގެރޭ އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ބުނީ، ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން މީރު އައިލަންޑް ރިސޯޓުން ނެގި 12 ސާމްޕަލްގެ ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށެވެ. އަދި އެ ރަށްތަކުން މޮނިޓަރިންގްގެ ހާލަތު އުވާލެވިފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

Advertisement

ރާއްޖެއިން މިހާތަނަށް 13 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ކުރެއްދޫ އައިލެންޑް ރިސޯޓުން ޕޮޒިޓިވްވި 5 މީހަކާއި، ބަތަލާ އައިލެންޑް ރިސޯޓުން ޕޮޒިޓިވްވި 2 މީހަކާއި، ކުރަމަތި އައިލެންޑް ރިސޯޓުން ޕޮޒިޓިވްވި 2 މީހަކާއި، އަނަންތާރާ ދިގު ރިސޯޓުން ޕޮޒިޓިވްވި 2 މީހެއްގެ އިތުރުން އައިލެންޑް ސަފާރީ 1 އިން ޕޮޒިޓިވްވި 2 މީހުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް