Advertisement
ކ. މާލެ
|
15 މާރޗް 2020 | އާދީއްތަ 20:36
ރައީސް ސޯލިހު ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރަށް ޒިޔާރަތްކުރެއްވުން
ރައީސް ސޯލިހު ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރަށް ޒިޔާރަތްކުރެއްވުން
ރާއްޖެއެމްވީ
ރައީސް ސޯލިހު
ރައީސް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރަށް ޒިޔާރަތްކުރައްވައިފި
ރައީސް ވަނީ ސެންޓަރުގެ މަސައްކަތްތައް ބައްލަވާލައްވާފައި

ކޮވިޑް-19 އާއި ގުޅިގެން އުފައްދާފައިވާ ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރަށް ވަޑައިގެންފިއެވެ.

ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހާއްސަ އިރުޝާދު ގެ ދަށުން، ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (އެންޑީއެމްއޭ) އަދި ހެލްތް ޕްރޮޓެކްޗަން އެޖެންސީން (އެޗްޕީއޭ) އިން ގާއިމްކުރި ސެންޓަރެކެވެ.

Advertisement

ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރަށް ރައީސް ވަޑައިގެންނެވި މިއީ ދެވަނަ ފަހަރެވެ. މި ސެންޓަރުން ކޮންމެ ދުވަހަކު 2 ފަހަރު އަންނަނީ ރައްޖޭގައި ކޮވިޑް-19 އޮތް ހާލަތު ހާމަކޮށް އާންމުންގެ ކަންބޮޑުވުންތަކަށާއި، ނޫސްވެރުންގެ ސުވާލުތަކަށް ޖަވާބުތައް ދިނުމަށް ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަމުންނެވެ.

މި ބަލިން ރައްކާތެރި ވުމަށް ޓަކައި ދިވެހި ރާއްޖޭގައި މިހާތަނަށް އަޅަމުންއައި ހުރިހާ ފިޔަވަޅުތައް ފުޅާކޮށް، ގައުމީ ފެންވަރުގައި ދައުލަތުގެ ހުރިހާ އިދާރާތަކެއް ގުޅިގެން، މިހާރުން ފެށިގެން މިކަމާ ދުރާލާ ތައްޔާރު ވުމުގެ ގޮތުން އެކި އެކި މަސައްކަތް ކުރެވެމުން ދާކަމަށް އެންޑީއެމްއޭ އަދި އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް