ހުކުރު ދުވަހުގެ ރޭ އެކަނި ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި 7 މީހަކު ފެނިގެން 4 ރިސޯޓެއް މޮނިޓަރ ކުރަން ފަށައިފިއެވެ.
އެޗްޕީއޭއިން ހުކުރު ދުވަހުގެ ރޭ ބުނެފައިވަނީ މި އެންމެންނަކީ ވެސް ބިދޭސީން ކަމަށެވެ. ނަމަވެސް އެއީ އެ ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުން ކަމެއް ނުވަތަ ފަތުރުވެރިން ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
އެގޮތުން މީރު އައިލެންޑް ރިސޯޓުން ބިދޭސީއެއްގެ ގައިން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި މީހަކު ފެނިގެން ހޯމް އައިސޮލޭޓްކޮށްފައިވާ ކަމަށެވެ. އަދި ރައްކާތެރިކަމުގެ ގޮތުން ރިސޯޓް މޮނިޓަރިންއަށް ލެވިފައިވާ ކަމަށެވެ.
މީގެ އިތުރުން ބަނޑޮސް އައިލެންޑް ރިސޯޓުން ބިދޭސީއެއް ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރެގެން އެކަހެރިކޮށްފައިވާ އިރު ރިސޯޓް ވަނީ މޮނިޓރިންއަށްލާފައެވެ. އަދި އޮޅުވެލި ރިސޯޓުން ވެސް ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރި 2 މީހަކު ފެނިގެން އެ ރިސޯޓާއި، ޝެރަޓަން މޯލްޑިވްސް ފުލްމޫންއިން ވެސް ބިދޭސީއެއް ފެނިގެން އެކަހެރިކޮށް ރިސޯޓްވަނީ މޮނިޓަރިންއަށް ލާފައެވެ.
އަދި ސިކްސް ސެންސަސް ލާމުން އިތުރު 2 މީހަކު ގައިން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިގެން އެ ދެމީހުން ވެސް ވަނީ އެކަހެރިކޮށްފައެވެ. މި 2 މީހުންނާއެކު އެ ރިސޯޓުގައި 4 މީހަކު ވަނީ އައިސޮލޭޓް ކޮށް މޮނިޓަރކުރަމުންނެވެ.
ހުކުރު ދުވަހުގެ ރޭ 9:00 އާ ހަމައަށް ރިޕޯޓްކޮށްފައިވާ ކޭސްތަކުގެ އަޕްޑޭޓް
24 ގަޑި އިރުގެ ތެރޭގައި ޕޮޒިޓިވްވި ކޭސްގެ އަދަދު - 1
މިހާތަނަށް ބަލި ފެނުނު މީހުންގެ އަދަދު - 9
ފަރުކޮޅުފުށި އައިސޮލޭޝަންގައި - 9
ވިލިވަރު ކަރަންޓީންގައި - 17