Advertisement
ކ. މާލެ
|
14 މާރޗް 2020 | ހޮނިހިރު 01:45
ސިކްސް ސެންސަސް ލާމު
ސިކްސް ސެންސަސް ލާމު
ސޯޝަލް މީޑިއާ
ކޮވިޑް-19
ކޮވިޑް-19: ސިކްސް ސެންސަސް އިން އިތުރު 2 މީހަކު އައިސޮލޭޓްކޮށްފި
އައިސޮލޭޓް ކުރި ދެ މީހުންނަކީ ރާއްޖެ އެތެރެވުމުގެ ކުރިން ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކާއި ކޮންޓެކްޓްވި 2 މީހެއް
މިހާތަނަށް 4 މީހަކު ސިކްސް ސެންސަސްގައި ވަނީ އައިސޮލޭޓް ކޮށްފައި

ލ. ސިކްސް ސެންސަސް ރިސޯޓުން އިތުރު 2 މީހަކު ހޯމް އައިސޮލޭޓްކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެ ދެމީހުން ހޯމް އައިސޮލޭޝަން ކުރުމަށްފަހު މޮނިޓާ ކުރަމުންދާ ކަމަށާއި، ރާއްޖެ އެތެރެވުމުގެ ކުރިން އެ ދެ މީހުން ވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހަކާއި ކޮންޓެކްޓް ވެފައިވާ ކަމަށް އެ ދެމީހުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށެވެ.

Advertisement

މިއާއެކު އެ ރިސޯޓުގައި ހޯމް އައިސޮލޭޝަންގައި 4 މީހަކު އެބަތިއްބެވެ.

އެޗްޕީއޭއިން ބުނީ މީގެ ތެރެއިން އެއްވެސް މީހަކުގެ ގައިން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތެއް ފެނިފައި ނުވާތި އެ ރިސޯޓް މޮނިޓަރިންގެ ހާލަތަކަށް ގެނެސްފައި ނުވާ ކަމަށެވެ.

ހުކުރު ދުވަހުގެ ރޭގެ 9:00 އާ ހަމައަށް ރިޕޯޓްކޮށްފައިވާ ކޭސްތަކުގެ އަޕްޑޭޓް

24 ގަޑި އިރުގެ ތެރޭގައި ޕޮޒިޓިވްވި ކޭސްގެ އަދަދު 1

މިހާތަނަށް ބަލި ފެނުނު މީހުންގެ އަދަދު 9

ފަރުކޮޅުފުށި އައިސޮލޭޝަންގައި 9

ވިލިވަރު ކަރަންޓީންގައި 17

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް