Advertisement
ކ. މާލެ
|
12 މާރޗް 2020 | ބުރާސްފަތި 02:43
ކޮވިޑް-19 ޓާސްކް ފޯސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ކޮވިޑް-19 ޓާސްކް ފޯސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ޔޫސުފް ސޮފްވާން ރަޝީދު
ކޮވިޑް-19
ކޮވިޑް-19: ކުރެއްދޫ، ބަތަލާ އަދި ކުރަމަތި ހުޅުވާލައިފި
ބަލިފެނުމުގެ ފުރުޞަޠު ބޮޑަށް އޮތް ފަރާތްތައް ބޭރަށް ނުނިކުމެވޭ ގޮތަށް ވަކި ސަރަހައްދެއްގައި އެކަހެރިކޮށް ބެހެއްޓުމުގެ އިންތިޒާމް އެ ރިސޯޓްތަކުގައި ވަނީ ހަމަޖައްސާފައި
ރިސޯޓުތަކުން މީހުން ފޭބުމުގެ ކުރިން "އެގްޒިޓް ސްކްރީން" ކުރެވޭނެ
ޞިއްޙީ މުވައްޒަފަކު ރިސޯޓްގައި ހަރަކާތްތެރިވަމުން ދާނެ

ކޯވިޑް-19 އާއި ގުޅިގެން ވަގުތީގޮތުން އަރާފޭބުން ހުއްޓުވި ތިން ރިސޯޓު ހުޅުވާލައިފިއެވެ.

ކޯވިޑް-19 އާއި ގުޅިގެން އަރާފޭބުން ވަގުތީގޮތުން ހުއްޓުވާފައިވާ ކުރެއްދޫ އައިލެންޑް ރިސޯޓު، ސޭންޑީސް ބަތަލާ އަދިކުރަމަތި މޯލްޑިވްސް އަރާފޭބުން ހުޅުވާލާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފިއެވެ.

Advertisement

މި ތިން ރިސޯޓަށް އަރާފޭބުން ހުޅުވި ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މިހާރުވެސް މި ބަލިފެނުމުގެ ފުރުޞަޠު ބޮޑަށް އޮތް ފަރާތްތައް ބޭރަށް ނުނިކުމެވޭ ގޮތަށް ވަކި ސަރަހައްދެއްގައި އެކަހެރިކޮށް ބެހެއްޓުމުގެ އިންތިޒާމު އެ ރިސޯޓްތަކުގައި ވަނީ ހަމަޖައްސާފައެވެ.

އަދި އެކަހެރިކޮށްފައިވާ ފަރާތްތައް ޢަމަލުކުރާނެ ގޮތާ ބެހޭގޮތުން އެކުލަވާލައިފައިވާ އުސޫލުތަކާއި ޕްރޮސީޖަރތަކާ އެއްގޮތަށް އެ މީހުން ޢަމަލު ކުރަމުންދޭތޯ ރިސޯޓްގެ މެނޭޖްމަންޓުން ބަލާ ކަށަވަރުކުރަމުންދާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ހަމައެއާއެކު އެ ރިސޯޓުތަކުން މީހުން ފޭބުމުގެ ކުރިން "އެގްޒިޓް ސްކްރީން" ކުރެވޭނެއެވެ. އަދި މީގެ އިތުރުން މިބަލިން ރައްކާތެރިކުރުމަށްޓަކާ އަޅާ ފިޔަވަޅާއި މިބަލި ފެތުރުނަ ނުދިނުމަށްޓަކާ ކުރާ މަސައްކަތްތައް ތަންފީޒު ކުރުމަށް ޞިއްޙީ މުވައްޒަފަކު ރިސޯޓްގައި ހަރަކާތްތެރިވަމުން ދާނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

ކޯވިޑް-19 އަކީ މުޅިދުނިޔެއަށް ފެތުރިފައިވާ ބައްޔެއް ނުވަތަ 'ޕެންޑަމިކް' އެއް ގޮތުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން މިހާރު ވަނީ ކަނޑައަޅާފައެވެ. މިއީ ކޮރޯނާވައިރަސްއަކާ ގުޅިގެން 'ޕެންޑަމިކް' ކަނޑައެޅި ފުރަތަމަ ފަހަރެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް