ކ. މާލެ
|
11 މާރޗް 2020 | ބުދަ 22:16
ސިކްސް އިން ވަން ހޮޓެލް އެންޑް ރެސްޓޯރަންޓް
ސިކްސް އިން ވަން ހޮޓެލް އެންޑް ރެސްޓޯރަންޓް
ރާއްޖެއެމްވީ
ކޮވިޑް-19
ކޮވިޑް-19: ސިކްސް އިން ވަން ހޮޓެލް ބަންދުކުރަނީ އާންމުންގެ ރައްކަލަކަށް، ވައިރަސް ފެނިގެނެއް ނޫން: މެނޭޖްމަންޓް
 
ހޮޓެލްއާއި ރެސްޓޯރަންޓް އަލުން ހުޅުވާނީ ރާއްޖޭގައި ކޮވިޑް-19 ގެ ޙާލަތަށް ބެލުމަށްފަހު
 
ބުރާސްފަތި ދުވަހުން ފެށިގެން ހޮޓަލުގެ ބުކިންގތައް ހެއްދުން ހުއްޓާލުމަށް ވަނީ ނިންމާފަ
 
ސިކްސް އިން ވަން ރެސްޓޯރެންޓް ބުދަ ދުވަހުގެރޭ 00:00 އިން ފެށިގެން ބަންދުކުރުމަށް ނިންމާފައިވޭ

މާލޭގައި ހުންނަ "ސިކްސް އިން ވަން ހޮޓެލް އެންޑް ރެސްޓޯރަންޓް" ބަންދުކުރަން ނިންމާފައިވަނީ ޢާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށް ހޮޓެލްގެ މެނޭޖްމަންޓުން ބުނެފިއެވެ.

ސިކްސް އިން ވަން ރެސްޓޯރެންޓް ބުދަ ދުވަހުގެރޭ 00:00 އިން ފެށިގެން ބަންދުކުރުމަށް ނިންމާފައިވާއިރު، ބުރާސްފަތި ދުވަހުން ފެށިގެން ހޮޓަލުގެ ބުކިންގތައް ހެއްދުން ހުއްޓާލުމަށް ވަނީ ނިންމާފައެވެ.

އެކަމާ ގުޅޭގޮތުން "ރާއްޖެއެމްވީ"އަށް މަޢުލޫމާތު ދެއްވަމުން ހޮޓެލްގެ މެނޭޖިންގ ޑިރެކްޓަރ އާދަމް ނަސީރު އަބޫބަކުރު ވިދާޅުވީ، އެ ނިންމުމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަަމަށް ނިންމި ނިންމުމެއް ކަމަށާއި، އެއްވެސް ވަރަކަށް ވައިރަސްގެ އަލާމާތެއް ފެނިގެން ނިންމި ނިންމުމެއް ނޫން ކަމަށެވެ.

ސިކްސް އިން ވަން ހޮޓެލް އެންޑް ރެސްޓޯރަންޓް

އެގޮތުން މިއީ ވަގުތީ ނިންމުމެއްކަން ފާހަގަކުރައްވައި އާދަމް ވިދާޅުވީ، ހޮޓެލްއާއި ރެސްޓޯރަންޓް އަލުން ހުޅުވާނީ ރާއްޖޭގައި ކޮވިޑް-19 ގެ ޙާލަތަށް ބެލުމަށްފަހު ކަމަށެވެ.

އާދަމް އިތުރަށް ވިދާޅުވީ، ސިކްސް އިން ވަން ހޮޓެލް އެންޑް ރެސްޓޯރަންޓް އަށް އަބަދުވެސް ބޭރުގެ ފަތުރުވެރިން އަންނަ ކަމަށާއި، ވައިރަސް ރާއްޖެއިންވެސް ފެނިފައިވުމާއެކު އެކި ޤައުމުތަކުގެ ގިނަ މީހުން އެގޮތަށް އެއްވެ އުޅުމަކީ ބުއްދިވެރި ކަމެއް ގޮތުގައި ނުފެންނަ ކަމަށެވެ. އެގޮތުން އެކި ރިސޯޓުތަކުން އަންނަ މީހުން ހޮޓަލުގައި ބުކިންގ ހައްދާކަން ފާހަގަކުރައްވައި އޭނާ އިތުރަށް ވިދާޅުވީ، އެ ޞަރަޙައްދަކީ ޢާންމު ގިނަ އޮފީސްތަކެއް ހުންނަ ޞަރަޙައްދުތަކަށްވެފައި، ރެސްޓޯރަންޓަށް ގިނަ ބަޔަކު އަންނާތީ ރާއްޖޭގައި ވައިރަސްގެ ޙާލަތު ކޮންޓްރޯލް ކުރުމަށް އެހީވުމުގެ ގޮތުން މެނޭޖްމަންޓުންވެސް އެއްވެސް "ރިސްކެއް" ނަގަން ބޭނުން ނުވާ ކަމަށެވެ.

އާދަމް އިތުރަށް ވިދާޅުވީ، ހޮޓެލް ބަންދު ކޮށްފައިވަނީ ހުރިހާ މުވައްޒަފުންނާވެސް މަޝްވަރާ ކުރުމަށްފަހު ކަމަށާއި، މުވައްޒަފުންގެ ފަރާތުންވެސް އެކަމަށް ފުރިހަމަ އެއްބާރުލުން ލިބުނު ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
14%
43%
0%
43%
0%
0%
ކޮމެންޓް