Advertisement
ކ. މާލެ
|
11 މާރޗް 2020 | ބުދަ 15:40
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް
ޔޫސުފް ސޮފްވާން ރަޝީދު
ކޮވިޑް-19
ޗައިނާއިން އައި ދިވެއްސެއް ކަރަންޓީންކޮށްފި
އެމީހާ ކަރަންޓީން ކުރެވުނީ އޮންނަ އުސޫލުގެ މަތިން 14 ދުވަސް ވަންދެން

ޗައިނާއިން ފުރައިގެން ރާއްޖެއައި ދިވެއްސެއް ކަރަންޓީން ކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ރައްކާތެރިކަމުގެ ގޮތުން އަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، ޗައިނާއިން ފުރައިގެން މިއަދު ހެނދުނު އެނބުރި ރާއްޖެ އައި ދިވެއްސަކު، 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީން ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން ރައްކާތެރިކަމުގެ ގޮތުން އަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، އިޓަލީ ވިލާތުގެ ރޯމްއިން ފުރައިގެން މިއަދު ހެނދުނު އެނބުރި ރާއްޖެ އައި 2 ދިވެހިން، 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީން ކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

Advertisement

މިހާތަނަށް 12 މީހަކު ކަރަންޓީން ކޮށްފައިވާ އިރު، އައިސޮލޭޝަންގައި 15 މީހަކު އެބަތިބިކަމަށް އެޗްޕީއޭއީން ބުނެއެވެ.

ރާއްޖެއިން މިހާތަނަށް މި ބައްޔަށް 8 މީހަކު ވަނީ ޕޮޒިޓިވެވްފައެވެ. މީގެ ތެރޭގައި ދިވެއްސެއް ނުހިމެނެއެވެ. ޕޮޒިޓިވްވެފައިވަނީ ޅ. ކުރެއްދޫ ރިސޯޓުން 4 މީހަކާއި، ބަތަލާ އައިލެންޑް ރިސޯޓުން 2 މީހަކު އަދި ކުރަމަތި އައިލެންޑް ރިސޯޓުން 2 މީހެކެވެ.

މި 3 ރިސޯޓުން ޕޮޒިޓިވް ކޭސްތަކެއް ފެނުމާއި ގުޅިގެން އެ ރިސޯޓްތަކަށް އަރާ ފޭބުންވަނީ ވަގުތީގޮތުން މަނާކޮށްފައެވެ. އަދި އެ ރިސޯޓްތަކުގެ އެލާޓް ލެވެލް ވަނީ އޮރެންޖަށް ބަދަލުކޮށްފައެވެ. އަދި ރާއްޖެއިން ކޮރޯނާގެ ޕޮޒިޓިވް ކޭސްތަކެއް ފެނުމާއި ގުޅިގެން ރާއްޖޭގެ އެލާޓް ލެވެލް ވަނީ ރީނދުލަށް ބަދަލުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް