Advertisement
ކ. މާލެ
|
10 މާރޗް 2020 | އަންގާރަ 23:05
ބަަތަލާ އައިލެންޑް ރިސޯޓް
ބަަތަލާ އައިލެންޑް ރިސޯޓް
ފޭސްބުކް
ކޮވިޑް-19
ކޮވިޑް-19: ސޭންޑީޒް ބަތަލާ ރިސޯޓުން ޕޮޒިޓިވްވި ދެމަފިރިން ދަރުމަވަންތަ ހޮސްޕިޓަލަށް ގެންދަނީ
އެ ހޮސްޕިޓަލުގައި ދެމަފިރިން ތިބޭނީ DH-11 ފެސިލިޓީގައި

ސޭންޑީޒް ބަތަލާ ރިސޯޓުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެމަފިރިން ދަރުމަވަންތަ ހޮސްޕިޓަލަށް ގެންދަން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

Advertisement

އަންގާރަ ދުވަހުގެ ރޭ ދަރުބާރުގޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެ ދެމަފިރިންގެ ތެރެއިން އުމުރުން 70 އަހަރުގެ މީހާ ގާތުން މޮނިޓަރ ކުރަން ޖެހޭ ކަމަށް ޑޮކްޓަރުންގެ ޓީމުން ނިންމާފައިވާ ކަމަށެވެ. އަދި އެ ދެމަފިރިން އެއްކޮށް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އެ ހޮސްޕިޓަލުގައި ދެމަފިރިން ތިބޭނީ DH-11 ފެސިލިޓީގައި (މި ފެސިލިޓީގައި ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކަށް ހާއްސަ ފަރުވާ ދިނުމަށް ފަރުމާ ކުރެވިފައިވާ ފެސިލީއެއް) ކުރިން ދެންނެވި ފަދައިން އުމުރުން 70 އަހަރުގެ ބޭފުޅާއަށް ކްލޯސް މޮނިޓަރިންގ މި ބޭނުންވަނީ، އަނެއް މީހާ މި ގެންނަނީ ދެމަފިރިންނަށްވުމުން. ކޭސްގައި އިތުރު އަޕްޓޭޑެއް ހުރެގެން ނޫން.
މަބްރޫކް އަޒީޒް ވިދާޅުވިއެވެ.

ވަންޑް އެންޑް އޮންލީ ރީތި ރަށް ރިސޯޓަށް އަރައިފޭބުން ވަގުތީ ގޮތުން ހުއްޓުވާފައިވާއިރު އެ ރިސޯޓުން ކޮވިޑް-19 ގެ އަލާމަތްތައް ފެނިފައިވަނީ ބިދޭސީ ކުޑަކުއްޖެއްގެ ފަރާތުން ކަމަށް ވެސް ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވިއެވެ.

އއ. ސޭންޑީޒް ބަތަލާ އައިލެންޑް ރިސޯޓުގައި ތިބި 2 ބިދޭސީއެއްގެ ގައިގަ ކޮވިޑް-19 އަށް ޝައްކުކުރެވޭ ޢަލާމާތްތަކެއް ހުރެގެން އަންގާރަ ދުވަހު އައިސޮލޭޓްކޮށްފައިވާ ކަަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފައިވެއެވެ. މި ދެ މީހުންނަކީ ކުރިން ޕޮޒިޓިވްވެފައިވާ ކޭސްއެއްގެ "ކްލޯސް ކޮންޓެކްޓްސް" ކަމަށް އެޗްޕީއޭއިން ބުނެއެވެ. މީގެ އިތުރުން ބަތަލާ ރިސޯޓް ވަނީ އަރާ ފޭބުން ވެސް ވަގުތީގޮތުން ހުއްޓާލާފައެވެ.

ކޮވިޑް-19 ގެ މައްސަލާގައި ޖުމުލަ 5 ރިސޯޓަށް އަރައިފޭބުން ވަނީ ވަގުތީ ގޮތުން ހުއްޓުވާފައިވެއެވެ. އެ ރިސޯޓުތަކަކީ ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓާއި ކުރެއްދޫ އައިލެންޑް ރިސޯޓް (ޅ. އަތޮޅު)، ސޭންޑީޒް ބަތަލާ އައިލެންޑް (އއ. އަތޮޅު)، ވިލަމެންދޫ އައިލެންޑް ރިސޯޓް (އދ. އަތޮޅު) ގެ އިތުރުން ކުރަމަތި މޯލްޑިވްސް (އއ. އަތޮޅު) ރިސޯޓެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް