Advertisement
ކ. މާލެ
|
10 މާރޗް 2020 | އަންގާރަ 18:31
ވަންޑް އެންޑް އޮންލީ ރިސޯޓު
ވަންޑް އެންޑް އޮންލީ ރިސޯޓު
ބުކިންގ.ކޮމް
ކޮވިޑް-19
ކޮވިޑް-19: ރީތިރަށް ރިސޯޓަށް އަރައިފޭބުންވެސް ވަގުތީގޮތުން ހުއްޓުވައިފި
އަލާމަތްތައް ފެނިފައިވަނީ ބިދޭސީއެއްގެ ފަރާތުން

ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުގައި ހުރި ބިދޭސީއެއްގެ ފަރާތުން#ކޯވިޑް19އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުމުން އެ ރިސޯޓަށް އަރައިފޭބުން ވަނީ ވަގުތީ ގޮތުން ހުއްޓުވާފައިވާކަމަށް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެ ބިދޭސީ މީހާ ކަރަންޓީނުކޮށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގުމުގެ މަސައްކަތްވަނީ ފަށާފައިވާ ކަމަށެވެ. މިއަކާއެކު ޖުމްލަ 5 ރިސޯޓަށް އަރައިފޭބުން ވަނީ ވަގުތީ ގޮތުން ހުއްޓާލާފައެވެ.

Advertisement

އެ ރިސޯޓުތަކަކީ:

  • ކުރެއްދޫ އައިލެންޑް ރިސޯޓް (ޅ. އަތޮޅު)
  • ސޭންޑީޒް ބަތަލާ އައިލެންޑް (އއ. އަތޮޅު)
  • ވިލަމެންދޫ އައިލެންޑް ރިސޯޓް (އދ. އަތޮޅު)
  • ކުރަމަތި މޯލްޑިވްސް (އއ. އަތޮޅު)

ވަން އެންޑް އޮންލީ ބްރޭންޑަކީ ދުނިޔޭގެ މަޝްހޫރު ފަސް ތަރީގެ ހޮޓާތަކާއި ރިސޯޓުތައް ހިންގަމުން އަންނަ ބްރޭންޑެކެވެ. ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ޖުމްލަ 6 މީހަކު މިހާތަނަށް ޕޮޒިޓިވްވެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް