Advertisement
ކ. މާލެ
|
8 މާރޗް 2020 | އާދީއްތަ 17:14
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް
ރާއްޖެއެމްވީ
އައިޖީއެމްއެޗް
ފާސްނެތި ބަލިމީހުންނަށް ޒިޔާރަތްކުރުން އައިޖީއެމްއެޗުން ވަގުތީ ގޮތުން ހުއްޓާލައިފި
ފާސް އޮންނަ މީހުންނަށް އެކަނި ޒިޔާރަތް ކުރެވޭނެ
ކޮންމެހެން ބޭނުން ޖެހިގެން ނޫނީ ހޮސްޕިޓަލަށް ޒިޔާރަތް ނުކުރުމަށް ވަނީ އެދިފައި
މިގޮތަށް ނިންމާފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން

ފާސް ނެތް މީހުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި އެދުމަތި ކުރެވިފައި ތިބޭ ބަލިމީހުންނަށް ޒިޔާރަތްކުރުން ވަގުތީ ގޮތުން ހުއްޓާލައިފިއެވެ.

އެ ހޮސްޕިޓަލުން އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިހާރު ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހޮސްޕިޓަލުގައި އެދުމަތި ކުރެވިފައިވާ ބަލިމީހުންނަށް ނުރައްކާ ވެދާނެ ކަމަށް ފެންނާތީ އާއި، އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހޮސްޕިޓަލުގެ ޞިއްޙީ މިންގަނޑުތައް ދެމެހެއްޓުމުގެ ގޮތުން 8 މާރޗް އިން ފެށިގެން ބަލި މީހުންނަށް ފާސް ނެތި ޒިޔާރަތްކުރުން ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.

Advertisement

އެހެންނަމަވެސް ފާސް ލިބިފައިވާ ބަލިމީހާގެ އެހީތެރިޔާއަށް އަށް ބަލިމީހާއެކު މަޑުކުރެވޭނެ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ. މީގެ އިތުރުން ފާސް ލިބިފައިވާ މީހުންގެ އިތުރުން އެހެން މީހުން ހޮސްޕިޓަލަށް ޒިޔާރަތް ކުރުމާއި, އެ ނޫން ވެސް ކަންކަމުގައި ކޮންމެހެން ހޮސްޕިޓަލަށް ދާން ނުޖެހޭނަމަ ނުދިޔުމަށް ވެސް އައިޖީއެމްއެޗުން ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖެއިން ވެސް ކޮވިޑް-19 ގެ ދެ ކޭސް ފެނުމާއި ގުޅިގެން ކަމާބެހޭ އިދާރާތަކުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅާ، ހޭލުންތެރިވުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ. އެގޮތުން މީހުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަށާއި, ހުންއައިސް ކެއްސާ، ރޯގާގެ އެއްވެސް އަލާމާތެއް ފެންނަނަމަ ގޭގައި މަޑުކުރުމަށްފަހު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ޤާއިމުކޮށްފައިވާ ހޮޓްލައިން ނަންބަރު 1676 އަށް ގުޅާ އެ މަޢުލޫމާތު ހިއްސާ ކުރުމަށް އެޗްޕީއޭ އިންނާއި ހެލްތު މިނިސްޓްރީން ވަނީ އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް