Advertisement
ކ. މާލެ
|
8 މާރޗް 2020 | އާދީއްތަ 01:50
ބަތަލާ އައިލަންޑް ރިސޯޓު
ބަތަލާ އައިލަންޑް ރިސޯޓު
ގޫގުލް
ކޮވިޑް-19
ބަތަލާ އައިލަންޑް ރިސޯޓުވެސް ލޮކްޑައުންކޮށްފި
ޗުއްޓީ ހޭދަ ކުރަމުން ދިޔަ އިޓަލީވިލާތުގެ ފަތުރުވެރިއެއްގެ ކިބައިން ވައިރަސްއަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިފައިވޭ
ރިސޯޓް ލޮކްޑައުން ކުރީ ޝައްކު ކުރެވޭ މީހަކު ފެނުމުން އަމަލު ކުރަން އޮންނަގޮތުގެ މަތިން
އިތުރު މައުލޫމާތު ޙިއްސާ ކުރާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައި

އަރިއަތޮޅު ދެކުނުބުރި، ސޭންޑީޒް ބަތަލާ އައިލަންޑް ރިސޯޓް "ލޮކްޑައުން" ކޮށްފިއެވެ.

އެކަމާ ގުޅޭގޮތުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، ބަތަލާ އައިލަންޑް ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ އިޓަލީވިލާތުގެ ފަތުރުވެރިއެއްގެ ކިބައިން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިގެން މޮނިޓަރކުރުމާއި، ޓެސްޓު ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

Advertisement

އެގޮތުން ޝައްކު ކުރެވޭ މީހަކު ފެނުމުން އަމަލު ކުރަން އޮންނަގޮތުގެ މަތިން އެރަށަށް އަރައި ފައިބާ ހެދުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށާއި، މިކަމުގެ އިތުރު މައުލޫމާތު ޙިއްސާ ކުރާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ބަތަލާ އައިލެންޑް ރިސޯޓް ލޮކްޑައުން ކޮށްފައިވާއިރު، ވައިރަސްގެ އަލާމަތްތައް ހުރި މީހަކު ފެނުމުގެ ސަބަބުން ހޮނިހިރު ދުވަހު ސަމަރ އައިލެންޑް ރިސޯޓްވެސް ވަނީ ލޮކްޑައުން ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް