Advertisement
ކ. މާލެ
|
8 މާރޗް 2020 | އާދީއްތަ 01:44
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު
ރައީސް އޮފީސް
ކޮވިޑް-19
މިއީ ރައްޔިތުން ކަންބޮޑުނުވެ، ސަރުކާރުގެ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރަންވީ ވަގުތު: ރައީސް
ކޮވިޑް-19އަށް ރާއްޖެއިން 2 މީހަކު ޕޮޒިޓިވްވިކަން ސަރުކާރުން ވަނީ އިއުލާނުކޮށްފައި
ސަރުކާރުން އެންމެ ފުރަތަމަވެސް އަހަންމިއްޔަތުކަން ދިނީކަމުގެ ޙަޤީޤަތް ރައްޔިތުންނަށް ސާފުކޮށްދެއްވުމަށް
ގިނަ މީހުން ބައިވެރިވާ ގޮތަށް ބާއްވާ އެއްވުންތައް މަދުކޮށް، ވީހާވެސް ޚަރަދުތައް ކުޑަކުރުމަށް މަޝްވަރާ ކުރެއްވި

މިއީ ރައްޔިތުން ކަންބޮޑުނުވެ، ސަރުކާރުގެ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރެއްވުމުގެ ވަގުތުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19އަށް ރާއްޖެއިން 2 މީހަކު ޕޮޒިޓިވްވިކަން ސަރުކާރުން އިޢުލާނުކުރިތާ މާގިނައިރުތަކެއްނުވެ މުލީއާގޭގައި ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ކުއްލި ޖަލްސާ ފަށްޓަވަމުން ރައީސް ވިދާޅުވީ، ސަރުކާރުން އެންމެ ފުރަތަމަވެސް އަހަންމިއްޔަތުކަން ދިނީ ދެއްވީ ރައްޔިތުންނާ ހަމައަށް މި ޚަބަރު ގެނެސްދެއްވައި، ކަމުގެ ޙަޤީޤަތް ރައްޔިތުންނަށް ސާފުކޮށްދެއްވުމަށް ކަމަށެވެ. އެގޮތުން މިއީ މިއީ ރައްޔިތުން ކަންބޮޑުނުވެ، ސަރުކާރުގެ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރެއްވުމުގެ ވަގުތުކަމަށާއި އެންމެ ބޮޑު ސަމާލުކަމެއް ދެއްވަނީ މި ބަލިން ރައްޔިތުން ސަލާމަތް ކުރެއްވުމަށް އަޅުއްވަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް ވަގުތުން ވަގުތަށް އެޅުއްވުމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

Advertisement

މި ބައްދަލުވުމާ ގުޅޭގޮތުން ރައީސް އޮފީހުން ބުނީ، ރާއްޖޭގައި ކޮވިޑް-19 އިތުރަށް ފެތުރެމުން ހިނގައިދާނެތީ، މިހާރުން މިހާރަށް ކަންކަން ގެންދާނެ ގޮތްތަކާބެހޭގޮތުންވެސް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެވުނު ކަމަށެވެ. އެގޮތުން މިވަގުތަށް އަޅަންޖެހޭ މުހިއްމު ފިޔަވަޅުތަކުގެ ތެރޭގައި ގިނަ މީހުން ބައިވެރިވާ ގޮތަށް ބާއްވާ އެއްވުންތައް މަދުކޮށް، ވީހާވެސް ޚަރަދުތައް ކުޑަކުރުމަށް ހުރިހާ ފަރާތްތަކުން މަސައްކަތް ކުރަންޖެހޭކަން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

އޭގެއިތުރުން، އިޤްތިޞާދީގޮތުން ދިމާވެދާނެ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ކުރެވިދާނެ ކަންކަމުގެ ލަފާ ހޯއްދަވައި، އެޅުއްވިދާނެ ފިޔަވަޅުތަކާމެދުވެސް މަޝްވަރާ ކުރައްވާފައިވާއިރު، ރައްޔިތުންނަށް ދަތިނުވެ ކާޑުގެ ބާވަތްތަކާއި، ކާބޯތަކެއްޗާއި ބޭސް ލިބޭނެ އިންތިޒާމުތައް ހަމަޖެހިފައިވާކަން ކަށަވަރު ކުރުމާ ގުޅޭ މަޝްވަރާތައްވެސް ވަނީ ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
9 މާރޗް 2020 | ހޯމަ 10:49
ކަނބުލޮ
ސަރުކާރުން ވާންޖެހޭ ތައްޔާރީތައް ނުވެ އެހެންމީހުން ޕެނިކް ނުވާށޭ އެންގެވީމަ ދެކޮޅެއް ނުޖެހޭ ދެއްތޯ! ެއާދޭސްކޮށްފައި ދަންނަވަން އެއާރޕޯރޓް ކޮވިޑް 19 އަށް ސްކްރީން ކުރުމަށް ވަރަށް ރަނގަޅަށް ތައްޔާރުކޮށްދެއްވާ!