Advertisement
ކ. މާލެ
|
7 މާރޗް 2020 | ހޮނިހިރު 15:20
ޖުމްހޫރީ ޕާޓީގެ ބައެއް މެމްބަރުން
ޖުމްހޫރީ ޕާޓީގެ ބައެއް މެމްބަރުން
ޖުމްހޫރީ ޕާޓީ
ދީނާ ގައުމުގެ ދިފާއުގައި ޖޭޕީ
ޖުމްހޫރީ ޕާޓީން ބާއްވަން އުޅުނު ބޮޑު ޖަލްސާ ފަސްކޮށްފި
ޖަލްސާ ފަސްކުރަން ނިންމީ ކޮވިޑް-19 އާ ގުޅިގެން
މިކަން އިއުލާންކުރެއްވީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
ހާލަތު ބަދަލުވުމުން ޖަލްސާ ބާއްވާނެ ތާރީހެއް ފަހުން އިއުލާންކުރާނަން: ޖޭޕީ

ޖުމްހޫރީ ޕާޓީގެ ލޯކަލް ކައުންސިލް އިންތިހާބު ފެށުމުގެ ގޮތުން ބާއްވަން އުޅުނު "ދީނާ ގައުމުގެ ދިފާއުގައި" ޖަލްސާ ފަސްކުރަން އެ ޕާޓީ އިން ނިންމައިފިއެވެ.

ހޮނިހިރު ދުވަހު ބެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން އިއުލާން ކުރެއްވީ އެ ޕާޓީގެ މެމްބަރުން ކަމުގައިވާ އަހްމަދު ނިހާން އާއި އަލީ އާރިފް އެވެ. ޖުމްހޫރީ ޕާޓީ އިން މި ޖަލްސާ ފަސްކުރަން ނިންމީ މިހާރު ދުނިޔޭގައި ހަލުވިމިނެއްގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން ގިނަ ބަޔަކު އެއް ތަނަކަށް އެއްވެ އުޅުމަކީ، ރައްކާތެރި ކަމެއްގެ ގޮތުގައި ނުދެކޭތީ ކަމަށް އެ ޕާޓީ އިން ވަނީ ބުނެފައެވެ.

Advertisement

މިކަމާއި ގުޅިގެން އެ ޕާޓީ އިން ނެރުނު ބަޔާނުގައި ވަނީ، މި ހާލަތުގައި އެފަދަ އެއްވުމަކުން ލިބިދާނެ ސިޔާސީ ފައިދާއަކަށްވުރެ ބޮޑަށް ދިވެހިންގެ ދުޅަހެޔޮކަމާ، ރައްކާތެރިކަމާ، ސަލާމަތަށް އިސްކަންދިނުން އެއީ ފަރުދެއްގެ އެންމެ އިސް ޒިންމާއަށް ހަދަންޖެހިފައިވާ ދަނޑިވަޅެއް ކަމަށެވެ.

ގައުމުގެ ހާލަތު ބަދަލުވުމުން އެ ޖަލްސާ ބާއްވާނެ ތާރީހެއް އިއުލާންކުރާނެ ކަމަށް ވެސް ޖޭޕީގެ ބަޔާނުގައި ވެއެވެ. އަދި މިއީ މި ވައިރަސް ދިވެހިންނަށް ފޯރަފާނެކަމުގެ ބިރުވެރިކަން އިންތިހާއަށް އޮތް ދަނޑިވަޅަކަށް ވުމުން، ޖަލްސާ ނުބޭއްވުމަކަކީ އެންމެ ރައްކާތެރި ގޮތްކަމުގައި ދެކޭ ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް