Advertisement
ކ. މާލެ
|
7 މާރޗް 2020 | ހޮނިހިރު 12:57
ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ކެމްޕެއިން ޖަލްސާ
ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ކެމްޕެއިން ޖަލްސާ
ޕީޕީއެމް
ކޮވިޑް-19
ކޮވިޑް-19 އާ ގުޅިގެން އިދިކޮޅުގެ ކެމްޕެއިން ދަތުރުތައް ކުރުކޮށްލައި އެނބުރި މާލެއަށް
ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް ސަރުކާރަށް ގޮވާލާފައިވޭ
ހާމަކަން ބޮޑު ގޮތެއްގައި ބައްޔާގުޅޭ މަޢުލޫމާތާއި ރާއްޖޭގެ ޙާލަތު ރައްޔިތުންނަށް އޮޅުންފިލުވައިދިނުމަށް ގޮވާލާފައިވޭ
ަވައިރަސް ފެތުރިއްޖެނަމަ ރައްޔިތުންނަށް ކުރިމަތިވާނެ ދަތިތަކާއި ގެއްލުން ބޮޑުވާނެކަމަށް ބުނެފައިވޭ

ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރެމުންދާ ނުރައްކާތެރި ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން އިނދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އަތޮޅުތެރެއަށް ކުރަމުންދާ ކެމްޕެއިން ދަތުރުތައް ކުރުކޮށް އެނބުރި މާލެ އައުމަށް ނިންމައިފިއެވެ.

އެކަމާ ގުޅޭގޮތުން ޕީޕިއެމް/ޕީއެންސީ ކޯލިޝަނުން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް-19 ގެ ބިރުވެރިކަން މުޅި ދުނިޔެއަށްވެސް ފެތުރިފައިވާ މި ދަނޑިވަޅުގައި ރާއްޖޭގެ ޙާލަތަށް ރިޢާޔަތްކޮށް އަތޮޅުތަކުގައި ޙަރަކާތްތެރިވަމުންދާ ކޯލިޝަންގެ ޓީމްތައް ދަތުރުތައް ކުރުކޮށްލުމަށްފަހު އެނބުރި މާލެ އައުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި އެގޮތަށް ނިންމާފައިވަނީ ރާއްޖެފަދަ ކުޑަ ޤައުމެއްގައި މި ބަލި ފެތުރިއްޖެނަމަ ރައްޔިތުންނަށް ކުރިމަތިވާނެ ދަތިތަކާއި ގެއްލުން ބޮޑުވާނެތީކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

Advertisement

އޭގެ އިތުރުން، ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ކޮވިޑް-19 އާއި ގުޅިގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް ސަރުކާރަށް ގޮވާލާފައެވެ. އަދި ހާމަކަން ބޮޑު ގޮތެއްގައި ބައްޔާގުޅޭ މަޢުލޫމާތާއި ރާއްޖޭގެ ޙާލަތު ރައްޔިތުންނަށް އޮޅުންފިލުވައިދިނުމަށް ވެސް ބަޔާނުގައި ގޮވާލާފައިވެއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން އިތުރަށް ބުނީ، ޕާޓީން އަބަދުވެސް ޤައުމީ މަޞްލަޙަތު އިސްކޮށް، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް