Advertisement
ކ. މާލެ
|
7 މާރޗް 2020 | ހޮނިހިރު 02:25
ކޮވިޑް-19 އާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަލީ ވަހީދު ވާހަކަ ދައްކަވަނީ
ކޮވިޑް-19 އާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަލީ ވަހީދު ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
ކޮވިޑް-19 ރާއްޖެ
ފަރުކޮޅުފުށީގައި 6 މީހަކު ކަރަންޓީންކޮށްފައިވޭ: އަލީ ވަހީދު
ކަރަންޓީން ކުރި މީހުންގެ ތެރޭގައި ދިވެހި އަންހެނަކާއި ކުޑަކުއްޖަކު ހިމެނޭ
ވ. ތިނަދޫއަށް އައި އިޓަލީގެ 3 ފަތުރުވެރިއަކު ވެސް ކަރަންޓީން ކޮށްފައި
ޅ. ކުރެއްދޫ ރިސޯޓުގެ ޑޮކްޓަރު ވެސް ކަރަންޓީން ކޮށްފައި

ކޮވިޓް-19 ނުވަތަ ނޮވެލް ކޮރޯނާ ވައިރަސްގެ އަލާމާތްތައް ފެނިގެން މިވަގުތު 6 މީހަކު ފަރުކޮޅުފުށީގައި ކަރަންޓީންކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ހުކުރު ދުވަހުގެރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އައިސޮލޭޝަން ފެސިލިޓީގައި މިވަގުތު ހަ މީހުން އެބަތިބި ކަމަށެވެ. އަދި މީގެ ތެރޭގައި 2 ދިވެހިން ހިމެނޭ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ 2 ދިވެހިންގެ ތެރޭގައި ހިމެނެނީ އަންހެނަކާއި ކުޑަކުއްޖެއް ކަމަށާއި، ދެން ތިބީ ވ. ތިނަދޫއިން ކޮވިޑް-19 އަށް ޝައްކުކުރެވިގެން ގެނައި އިޓަލީވިލާތުގެ 3 ފަތުރުވެރިންނާއި ޅ. ކުރެއްދޫ ރިސޯޓުގެ މަސައްކަތްކުރާ ޑޮކްޓަރު ކަމަށެވެ.

Advertisement

އަލީ ވަހީދު ވިދާޅުވީ މި އެންމެންގެ ޓެސްޓްތަކުގެ ނަތީޖާތައް ހޮނިހިރު ދުވަހު ލިބޭނެ ކަމަށާއި، ޓެސްޓް ނަތީޖާތަކަށް ބެލުމަށްފަހު ދެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތެއް ފެނިއްޖެނަމަ ޑަބްލިއުއެޗްއޯއިން އަމަލުކުރުމުން އަންނަނީ 14 ދުވަސް ވަންދެން އެމީހަކު ކަރަންޓީންކޮށް ބަލީގެ އަލާމާތެއް ފެނޭތޯ ބަލާ ޓެސްޓްކުރުމެވެ.

ވ. ތިނަދޫއަށް ދިޔަ އިޓަލީވިލާތުގެ 3 ފަތުރުވެރިންގެ ގައިން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިވާތީ އާއި، ކުރެއްދޫ ރިސޯޓަށް ދިޔަ އިޓަލީވިލާތުގެ ފަތުރުވެރިއަކު އެނބުރި ގައުމަށް ދިޔަ ފަހުން އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ އެ ދެ ރަށް ވަނީ ލޮކްޑައުންކޮށްފައެވެ. އަދި ބަލަންޖެހޭ ކަންކަން ބަލާ ޓެސްޓްތަކުގެ ނަތީޖާ ލިބެންދެން އަދި ވަކި އެއްޗެއް އަންގަންދެން އެ ދެ ރަށަށް މީހުން އެރުމާއި ފޭބުން ވެސް ވަނީ ވަގުތީ ގޮތުން މަނާކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް