Advertisement
ކ. މާލެ
|
2 މާރޗް 2020 | ހޯމަ 19:24
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް
މުހައްމަދު ޝަރުހާން
ޕީޖީ ޝަމީމް
ޤާނޫނީ ވަކީލުންގެ ދައުރަކީ ދޮގު ހަދައި އޮޅުވާލުމެއްނޫން: ޕީޖީ ޝަމީމް
ކުރީގެ ނައިބްރައީސް ޑރ މުހައްމަދު ޖަމީލު ސައްޙަ ނޫން ވާހަކަތަކެއް ފަތުރާފައިވޭ
ވަކީލުންގެ ދައުރަކީ އިންޞާފުވެރި ކަމާއެކު ސަރީއަތް ހިނގާކަން ކަށަވަރުކުރުންކަމަށް ވިދާޅުވި
ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވަނީ މީގެކުރިން ޝަރީއަތް ހިންގާފައިވާ މައްސަލައަކާއި ގުޅިގެންނެއް ނޫން

ޤާނޫނީ ވަކީލުންގެ ދައުރަކީ ދޮގުހަދައި އޮޅުވާލުން ނޫންކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުހަށް ހާޒިރު ކުރުމާ ގުޅޭގޮތުން އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލު ސައްޙަ ނޫން ވާހަކަތަކެއް ފަތުރާފައިވަނިކޮށް ހޯމަ ދުވަހު ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޤާނޫނީ ވަކީލުންގެ ދައުރަކީ ދޮގު ހަދައި އޮޅުވާލުން ނޫން ކަމަށާއި، އިންޞާފުވެރި ކަމާއެކު ޝަރީއަތް ހިނގާކަން ކަށަވަރުކުރުން ކަމަށެވެ.

ޝަމީމް އެހެން ވިދާޅުވެފައިވާއިރު، ނިމިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ރައީސް ޔާމީން ފުލުހަށް ހާޒިރުކުރީ ކޯޓުގައި މިހާރުވެސް ހިނގަމުންދާ މައްސަލައަކާ ގުޅިގެންކަމަށް ޑރ ޖަމީލް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ފަހުން ފުލުހުން ވަނީ އެކަމާ ގުޅިގެން ބަޔާނެއްނެރި، އެވާހަކަތައް ދޮގުކޮށްފައެވެ.

Advertisement

އެގޮތުން ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވަނީ މީގެކުރިން އެމަނިކުފާނުގެ މައްޗަށް ޝަރީއަތް ހިންގާފައިވާ މައްސަލައަކާއި ގުޅިގެންނެއް ނޫން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އެހެން ބުނެފައިވާއިރު، ޝަމީމްގެ ޓްވީޓުގައި އިތުރަށް ވިދާޅުވީ، ފުލުހުން ހިންގާ ތަހުޤީޤުތަކާ ގުޅޭގޮތުން ވަކީލުން ދޮގުހަދާނަމަ އެކަން ބާރ ކައުންސިލުން ބަލާނެ ކަމަށާއި، ނިޒާމަށް އޮތް އިތުބާރު އިތުރުކުރަން ބާ ކައުންސިލްގެ ދައުރު ބޮޑު ކަމަށެވެ.

އޭގެ އިތުރުން، ފުލުހުންގެ އިދާރާއަށް ހާޒިރުވާ ވަކީލުން އެ އިދާރާގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ކުރެވޭ ތަޙްޤީޤުތަކާއި އަދި އެފަދަ ތަޙްޤީޤުތަކާ ގުޅިގެން ހިންގޭ އިޖުރާޢަތުތައް ރައްޔިތުންނަށް އޮޅި އެސަރވިސްގެ މަސައްކަތަކާއި މެދު ނުބައި ތަސައްވުރެއް އުފެދޭގޮތަށް އަމަލުނުކުރުމަށް ފުލުހުންވެސް ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް