Advertisement
ކ. މާލެ
|
2 މާރޗް 2020 | ހޯމަ 17:55
ރައްޔިތުންގެ މަޖިލިސް އިދާރާ
ރައްޔިތުންގެ މަޖިލިސް އިދާރާ
ރައްޔިތުންގެ މަޖިލިސް
މިނިމަމް ވޭޖް
މިނިމަމް ވޭޖާ ގުޅެގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ޕަބްލިކް ފޯރަމްއެއް ބާއްވަނީ
ބައްދަލުވުންތަކެއް ބޭއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަމަށް މަޖިލީހުގެ ރައީސްވެސް ވިދާޅުވި
ފުރަތަމަ ބައްދަލުވުން އޮންނާނީ މިހިނގާ މާރޗު މަހުގެ 4 ވަނަ ދުވަހުގެ ރޭ
ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އައު އިމާރާތުގެ 4 ވަނަ ފްލޯގަ

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލުތަކަށް ޢާންމުންގެ ޚިޔާލު ހޯދުމަށް މަޖިލީހުގެ އިދާރާގައި ބައްދަލުވުންތަކެއް ބާއްވަން ނިންމާފައިވާއިރު، ފުރަތަމަ ބައްދަލުވުމުގައި މަޝްވަރާ ކުރާނީ މިނިމަމް ވޭޖް ކަނޑައެޅުމާ ގުޅޭގޮތުންކަމަށް މަޖިލިސް އިދާރާއިން ބުނެފިއެވެ.

މަޖިލިސް އިދާރާއިން އެހެން ބުނެފައިވާއިރު، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލުތަކަށް ޢާންމުންގެ ޚިޔާލު ހޯދުމަށް މަޖިލީހުގެ އިދާރާގައި ބައްދަލުވުންތަކެއް ބޭއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުވެސް ވަނީ ވިދާޅުވެފައެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ޤަވާއިދުގައި ކޮންމެ ބިލަކާއި ގުޅޭގޮތުންވެސް ޢާންމުންގެ މަޝްވަރާ އަށް އެބިލެއް ހުޅުވާލެވޭނެކަމަށް ބުނެފައިވާކަމަށެވެ. މިދިޔަ ހަފުތާގައި ޢާންމު ކޮމިޓީގެ މުޤައްރިރާއި މަޖިލީހުގެ އަމީން ޢާންމާއި، ކައުންސެލަރ ޖެނެރަލާއެކުގައި، ޢާންމުންނަށް މިފުރުޞަތު މިހާރަށް ވުރެ ފުޅާކޮށް ހުޅުވާލުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

Advertisement

އެކާމާ ގުޅޭގޮތުން މަޖިލިސް އިދާރާއިން ބުނީ، މި ސިލްސިލާގެ ދަށުން ބާއްވާ ފުރަތަމަ ބައްދަލުވުން އޮންނާނީ މިހިނގާ މާރޗު މަހުގެ 4 ވަނަ ދުވަހުގެ ރޭ 20:15 އިން 22:30 އަށް ކަމަށާއި، މި ބައްދަލުވުމުގައި މަޝްވަރާ ކުރާނީ މިނިމަމް ވޭޖް ކަނޑައެޅުމާ ގުޅޭގޮތުން ކަމަށެވެ.

މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އައު އިމާރާތުގެ 4 ވަނަ ފްލޯގައި ކަަމަށް މަޖިލިސް އިދާރާއިން މައުލޫމާތުދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް