Advertisement
ކ. މާލެ
|
2 މާރޗް 2020 | ހޯމަ 00:21
އަނަސްއަށް އިންސާފު ދިނުމަށް ގޮވާލާ ބޭއްވި ހިނގާލުމެއްގެ ތެރެއިން
އަނަސްއަށް އިންސާފު ދިނުމަށް ގޮވާލާ ބޭއްވި ހިނގާލުމެއްގެ ތެރެއިން
ނާޝިްތްސް ފޮޓޯސް
އަނަސްގެ މަރު
އަނަސްގެ މަރު: ސިއްރުނޫން ހެކިވެރިންގެ ހެކިބަސް ނެގުން މާދަމާ
އަޑުއެހުން ތާވަލުކޮށްފައިވަނީ ހޯމަ ދުވަހުގެ މެންދުރު 13:30 އަށް
މި މައްސަލައިގައި ދައުލަތުން ވަނީ 7 މީހެއްގެ މައްޗަށް ދައުވާ ކޮށްފައި
ސިއްރުނޫން 4 ހެކިންގެ ހެކިބަސް ނެގުމަށް މަސައްކަތް ކުރާނެ

ރ. މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ހިމެނޭ ސިއްރު ނޫން ހެކިވެރިންގެ ހެކިބަސް ނެގުމުގެ އަޑުއެހުން ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

މި އަޑުއެހުން ތާވަލުކޮށްފައިވަނީ ހޯމަ ދުވަހުގެ މެންދުރު 13:30 އަށެވެ.

މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ ނިމިދިޔަ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ. ނަމަވެސް އެދުވަހު ހެކިބަސް ނެގުމަށް ބޭއްވި އަޑުއެހުން ފަސްކޮށްފައިވަނީ އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ ފަރާތަކަށް ލިއެކިއުން ލިބިފައިނުވާތީއެވެ.

އެގޮތުން އަނަސް މަރާލުމުގައި ބައިވެރިވުމުގެ ދަޢުވާލިބޭ ޖުނައިޙުގެ މިހާރުގެ ވަކީލު އާދަމް އާސިފް ވިދާޅުވީ، މި މައްސަލައިގައި ޖުނައިޙުގެ ފަރާތުން ކުރިން ވަކާލާތު ކޮށްފައިވަނީ އެހެން ވަކީލެއް ކަމަށާއި، އެހެންވުމާއެކު އޭނާއަށް މި މައްސަލައިގެ ލިއެކިއުންތައް ލިބިފައިނުވާ ކަމަށެވެ.

Advertisement

އޭގެ އިތުރުން، އެ ދުވަހު މައްސަލައިގެ ސީން އޮފް ކްރައިމް ރިޕޯޓް ތައްޔާރުކުރި އޮފިސަރާއި، ވީޑިއޯ އެންޑް އިމޭޖް އަނާލިސިސް ރިޕޯޓް ތައްޔާރުކުރި އޮފިސަރު ހެކިބަސް ދިނުމަށް ހާޒިރުވެ ތިބި ނަމަވެސް ދިފާއަށް ލިއެކިއުންތައް ލިބިފައިނުވާއިރު ހެކިބަސް ނެގުމަކީ ދިފާއުވުމުގެ ޙައްޤަށް އުނިކަން އަންނަ ކަމެއްގެ ގޮތުގައި ދައުލަތުންވެސް ފާހަގަކޮށްފައިވާތީ މައްސަލަ ބައްލަވާ ގާޒީ އުސްތާޛް މުޙައްމަދު ސަމީރް ވަނީ އެކަމަށް ރިޢާޔަތް ކުރައްވާފައެވެ.

އެގޮތުން ހޯމަ ދުވަހު ބޭއްވޭ އަޑުއެހުމުގައި މައްސަލައިގައި ހިމެނޭ ސިއްރުނޫން 4 ހެކިންގެ ހެކިބަސް ނެގުމަށް މަސައްކަތް ކުރާނެކަން ދައުލަތުންވެސް ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލައިގައި ދައުލަތުން 7 މީހެއްގެ މައްޗަށް ދައުވާކޮށްފައިވާއިރު، ދައުވާލިބޭ 7 މީހުންވެސް ދައުވާއަށް އިންކާރު ކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް