ކ. މާލެ
|
1 މާރޗް 2020 | އާދީއްތަ 08:09
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް
ޔޫސުފް ސޮފްވާން ރަޝީދު
ލޯކަލް ކައުންސިލް އިންތިހާބު
ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލީ 2435 ފަރާތަކުން
އެމްޑީޕީން 876 މީހަކު ކުރިމަތިލި އިރު، އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ކުރިމަތިލާފައިވަނީ 679 ފަރާތެއް

އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލާފައިވަނީ 2435 ފަރާތަކުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ ލޯކަލްކައުންސިލް އިންތިޚާބަށް 2435 މީހުން ކުރިމަތިލާފައިވާއިރު އެންމެ ގިނައިން ކުރިމަތިލީ އެމްޑީޕީން ކަމަށެވެ.

އެގޮތުން ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން 876 މީހަކު ކުރިމަތިލި އިރު، އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ކުރިމަތިލާފައިވަނީ 679 ފަރާތެކެވެ. މީގެ އިތުރުން ޖުމްހޫރީ ޕާޓީން 127، އަދާލަތު ޕާޓީން 30، އެމްޑީއޭ 22، އެމްއާރުއެމް 16، އެމްއެލްއެސްޑީޕީ 4، ޑީއާރުޕީ 1 އަދި އަމިއްލަ ގޮތުން 680 މީހަކު ވަނީ ކުރިމަތިލާފައިވެއެވެ.

މީގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް 1817 ފަރާތެއް ވަނީ ކުރިމަތިލާފައެވެ. އެއީ އެމްޑީޕީން 722، ޕީޕީއެމް 517، ޖޭޕީ 56، އަދާލަތު ޕާޓީ 25، އެމްޑީއޭ 20، އެމްއާރުއެމް 4 އަދި އަމިއްލަ ގޮތުން 473 މީހަކު ވަނީ ކުރިމަތިލާފައެވެ.

- ކޮމެންޓް