Advertisement
ކ. މާލެ
|
1 މާރޗް 2020 | އާދީއްތަ 00:12
މޯލްޑިވްސް ގަރލް ގައިޑް އެސޯސިއޭޝަނުގެ އަހަރީ ޢާންމު ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު
މޯލްޑިވްސް ގަރލް ގައިޑް އެސޯސިއޭޝަނުގެ އަހަރީ ޢާންމު ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު
ރައީސް އޮފީސް
ގަރލް ގައިޑް އެސޯސިއޭޝަން
ގަރލް ގައިޑް އެސޯސިއޭޝަނުގެ އަހަރީ ޢާންމު ޖަލްސާ، ފަޒްނާ ޝަރަފުވެރިކޮށްދެއްވައިފި
މި ޖަލްސާ ބާއްވާފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރު ޢިއްޒުއްދީން ސްކޫލުގައި

މޯލްޑިވްސް ގަރލް ގައިޑް އެސޯސިއޭޝަނުގެ އަހަރީ ޢާންމު ޖަލްސާ، ޗީފް ގައިޑް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ހޮނިހިރު ދުވަހުގެ ހަވީރު ޢިއްޒުއްދީން ސްކޫލުގައި ބޭއްވި މި ޖަލްސާގައި އެ އެސޯސިއޭޝަނުގެ 2018 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ބަޔާން އިއްވާ ވަނީ ފާސްކޮށްފައެވެ.

ގަރލް ގައިޑް އަހަރީ ޢާންމު ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ގަރލް ގައިޑް ލީޑަރުންނާއި އެގްޒެކެޓިވް ކޮމެޓީއަށް ވޮރަންޓް އަދި ގަރލް ގައިޑް އެސޯސިއޭޝަންގެ ކޮމެޓީ މެންބަރުންނަށް ސެޓްފިކެޓާއި ކ. މާފުށީ ސްކޫލު ގައިޑް ލީޑަރުންނަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައެވެ.

Advertisement

2019 ވަނަ އަހަރުގެ ގަރލް ގައިޑް އެސޯސިއޭޝަނުގެ އަހަރީ ޢާންމު ޖަލްސާގައި ފަޒްނާ ބައިވެރިވެވަޑައިގަންނަވާފައިވާއިރު އެެކަމަނާ ވަނީ މިދިޔަ އަހަރު ބޭއްވި 2018 ވަނަ އަހަރުގެ ގަރލް ގައިޑް އަހަރީ އާންމު ޖަލްސާގައި ވެސް ބައިވެރިވެވަޑައިގަންނަވާފައެވެ.

އެ ޖަލްސާގައި އެކަމަނާ ވަނީ ގައިޑް ހަރަކާތުގެ ބައިވެރިން ފުރިހަމަ ކުރަންޖެހޭ ކޮންމެ ބެޖަކީވެސް އާންމު ދިރިއުޅުމުގައި ބޭނުން ހިފޭނެ ކޮންމެވެސް މުހިންމު ހުނަރަކާ ގުޅިފައިވާ ކަމެއްކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން، މިފަދަ ކޮންމެ ކަމެއް ހާސިލްކުރުމުގައިވެސް ހަމައެކަނި ބެޖް ފުރިހަމަ ކުރުމުގެ ވިސްނުން ދޫކޮށްލައި، އެކަމުން އާކަންކަން ދަސްކުރުމަށް ގައިޑުންނަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ނަސޭހަތްތެރި ވެވަޑައިގެންނެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
1 މާރޗް 2020 | އާދީއްތަ 08:18
ސާލިހް
ވަރަށްވެސް ފުރިހަމަ. ރިވެތި އަޚްލާޤުގެ ވެރި ފަސްޓް ލޭޑީ އެއް. މާތްﷲ ފަޒޫ އާއި ޢާއިލާ އަށް ރަޙްމަތް ލައްވާށި. އާމީން.