ކ. މާލެ
|
29 ފެބްރުއަރީ 2020 | ހޮނިހިރު 12:47
ފުޓްސަލް ޗެލެންޖުގެ ބައިވެރިންނަށް މިނިސްޓަރ މާރިޔާ ވަނީ މަރުޙަބާ ވިދާޅުވެފައި
ފުޓްސަލް ޗެލެންޖުގެ ބައިވެރިންނަށް މިނިސްޓަރ މާރިޔާ ވަނީ މަރުޙަބާ ވިދާޅުވެފައި
އެމްއެންޑީއެފް
ފުޓްސަލް ޗެލެންޖު
ފުޓްސަލް ޗެލެންޖް: ކަރެކްޝަންގެ ޓީމު ބަލިކޮށް އެމްއެންޑީއެފުން ކުރި ހޯދައިފި
ސަރުކާރު އޮފީސް އަދި ކުންފުނިތަކުން 11 ޓީމު ވަނީ ބައިވެރިވެފަ
މިނިސްޓަރ މާރިޔާ ވަނީ އެމްއެންޑީއެފް ޓީމަށް މަރުޙަބާ ވިދާޅުވެފަ
މުބާރާތް ހޯސްޓް ކޮށްފައިވަނީ ހިއުމަން ކެޕިޓަލް މެގަޒިންއިން

އެޗްއާރް މޯލްޑިވްސް އިން ކުރިއަށްގެންދާ އެއްދުވަހުގެ އެކްޒެކިއުޓިވް ފުޓްސަލް ޗެލެންޖުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޓީމު ބަލިކޮށް، އެމްއެންޑީއެފް ޓީމުން ކުރި ހޯދައިފިއެވެ.

ހޮނިހިރު އެފްއޭއެމްގެ މިނީޓަރފް ދަނޑުގައި ފެށި މި މުބާރާތަކީ ސަރުކާރުގެ އޮފީސްތަކާއި ޕަބްލިކް ކުންފުނިތަކުގެ ދޭދޭ ގުޅުން އިތުރަށް ވަރުގަދަ ކުރުމުގެ މަޤްސަދުގައި އެޗްއާރް މޯލްޑިވްސް އިން އިންތިޒާމު ކުރި ހަރަކާތެކެވެ.

އެގޮތުން މި މުބާރާތުގައި އެމްއެންޑީއެފްގެ ޓީމުން ވަނީ ކަރެކްޝަންސްގެ "ޕްރިޒަން ކްލަބް" އާ ވާދަކޮށް، މެޗް ކާމިޔާބު ކޮށްފައެވެ. އެކަމާ ގުޅޭގޮތުން ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ކުރެއްވި ޓްވީޓެއްގައި ވަނީ އެމްއެންޑީއެފްގެ ޓީމަށް މަރުޙަބާ ވިދާޅުވެ، ޓީމުގެ ކުޅުންތެރިންނަށް ތައުރީފު ކުރައްވާފައެވެ.

މި މެޗުގެ "ކިންގް އޮފް މެޗް" އަކަށް ހޮވިފައިވަނީ ލެފްޓިނެންޓް ކާނަލް ޝާމިންއެވެ.

އެޗްއާރް މޯލްޑިވްސް އިން އިންތިޒާމުކޮށްފައިވާ މި ފުޓްސެލް ޗެލެންޖުގައި ސަރުކާރު އޮފީސް އަދި ކުންފުނިތަކުން 11 ޓީމަކުން ބައިވެރިވިއެވެ. އެގޮތުން މި ޗެލެންޖުގެ ފައިނަލް މެޗު ބޭއްވުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރު 17:15 ގައެވެ.

އެޗްއާރު މޯލްޑިވްސްގެ ފަރާތުން އިންތިޒާމުކޮށްގެން އެގްޒެކްޓިވް ލެވަލްގައި މަސައްކަތް ކުރާ ފަރާތްތަކަށް ބާއްވާ މި މުބާރާތް ހޯސްޓް ކޮށްފައިވަނީ ހިއުމަން ކެޕިޓަލް މެގަޒިންގެ ފަރާތުންނެވެ.

މިއަހަރުގެ މުބާރާތުގައި މިނިސްޓްރީ އޮފް ހެލްތު، މިނިސްޓްރީ އޮފް އެޑިއުކޭޝަން، މޯލްޑިވްސް ޕޮލިސް ސަރވިސް، އެމްއެންޑީއެފް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް، މޯލްޑިވްސް ކަސްޓަމްސް، މޯލްޑިވިއަން، އެޗްޑީސީ، އޮޑިޓަރ ޖެނަރަލްގެ އޮފީސް، ފިނޭންސް މިނިސްޓްރީ އަދި އެސްޓީއޯއިން ވަނީ ބައިވެރިވިއެވެ.

- ކޮމެންޓް