ކ. މާލެ
|
26 މާރޗް 2017 | އާދީއްތަ 18:54
މިއާމީ އޯޕެންގެ ފުރަތަމަ މެޗަށްފަހު ފެޑެރާ
މިއާމީ އޯޕެންގެ ފުރަތަމަ މެޗަށްފަހު ފެޑެރާ
ގެޓީ އިމޭޖަސް
މިއާމީ އޯޕެނިންގް
މިއާމީ އޯޕެންގައި ފެޑެރާގެ އެނބުރި އައުން ރަނގަޅުކޮށްފި
އަހަރެއްގެ މެދުކެނޑުމަކަށްފަހު އެނބުރި އަައުންވަނީ ރަނގަޅުކޮށް

އެމެރިކާގެ ޒުވާން ކުޅުންތެރިއެއް ކަމަށް ފްރާންސެސް ޓިއާފޯ ބަލިކުރުމަށްފަހު މިއާމީ އޯޕެން ޓެނިސް މުބާރާތުގެ ފެށުން މަޝްހޫރު ޓެނިސް ކުޅުންތެރިއާ ރޮޖާ ފެޑެރާ ރަނގަޅުކޮށްފިއެވެ.

 

މިއަހަރު ފެޑަރާ ދަމަހައްޓަމުން އަންނަ މޮޅުވުމުގެ ރެކޯޑްއަށް އިތުރު ބޮޅެއް އާވެގެންދިޔަ މުބާރާތުގެ ފުރަތަމަ މެޗުން ފެޑަރާ މޮޅުވީ 6-7 (2-7) 3-6 އިންނެވެ. މިހާތަނަށް މިއަހަރު 14 މެޗުން މޮޅުވެފައިވާ އިރު ފެޑެރާ ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ.

 

މިއަހަރުގެ އޮސްޓްރެލިއަން އޯޕެން އަދި އިންޑިއަން ވެލްސް މުބާރާތް ކާމިޔާބުކޮށްފައިވާ ފެޑެރާއަށް މިދިއަ އަހަރުގެ މިއާމީ އޯޕެން ޓެނިސް މުބާރާތް ވަނީ ގެއްލިފައެވެ. އެ މުބާރާތުގައި އޭނާއަށް ނުކުޅެވުނީ އެދުވަސްވަރާ ދިމާކޮށް އޭނާ ބަލިވުމުގެ ސަބަބުންނެވެ.

 

ފެޑަރާއާ ދެކޮޅަށް ކުޅެގެން ބަލި ފްރާންސެސް ސީޑް ކުރެވިފައިވަނީ 101 ވަނަ ކުޅުންތެރިޔާގެ ގޮތުގައެވެ. މި މެޗުން މޮޅުވުމުގެ އިތުރުން އެންމެ ފުރަތަމަ ސާވިސް ޕޮއިންޓުން ފެށީގެން ފެޑެރާ ވަނީ އިދިކޮޅު ކުޅުންތެރިޔާއަށް ޕްރެޝަރު ބޮޑު ކޮށްފައެވެ.

 

ދެހާސް ސޯޅަ ވަނަ އަހަރު ވިމްބަލްޑަން ކުއާޓާ ފައިނަލުގައި މާރިން ސިލިޗް ބަލިކޮށް ސެމީ ފައިނަލަށް ފެޑަރާ ދަތުރުކޮށްފައިވަޏީ ގްރޭންޑް ސްލޭމް މުބާރާތްތަކުގައި ހޯދި 307 ވަނަ ރެކޯޑް މޮޅާ އެކުއެވެ.

- ކޮމެންޓް