ކ. މާލެ
|
24 ފެބްރުއަރީ 2020 | ހޯމަ 12:34
އިންޑިއަން އައިޑޮލް 11 ކާމިޔާބުކުރި ސަނީ ހިންދުސްތާނީ
އިންޑިއަން އައިޑޮލް 11 ކާމިޔާބުކުރި ސަނީ ހިންދުސްތާނީ
އޭ.އެން.އައި
އިންޑިއަން އައިޑޮލް 11
ސަނީ ހިންދުސްތާނީ އިންޑިއަން އައިޑޮލް ކާމިޔާބުކޮށްފި
ކާމިޔާބު ކުރީ ގަދަ ހަތަރަކާއި ވާދަކޮށް
ފައިސާގެ ގޮތުގައި 25 ލައްކަ އިންޑިއަން ރުޕީސް

ސޮނީ އެންޓަޓެއިންމެންޓުން ގެނެސްދޭ އިންޑިއަން އައިޑޮލްގެ ސީޒަން 11 ސަނީ ހިންދުސްތާނީ ކާމިޔާބުކޮށްފިއެވެ.

އާދިއްތަ ދުވަހުރޭ ގެެނެސްދިން ފިނާލޭގައި ސަނީ ހިންދުންސްތާނީ، ޓްރޮފީ ހާސިލްކުރީ ގަދަ ހަތަަރެއްގައި ވާދަކުރި، އަންކޮނާ މުކަރިޖީ، ރޯހިތް ރައުތް، އަޑްރިޒް ގޯޝްގެ އިތުރުން ރިދްހަމް ކަލްޔާން ވާދަކޮށެވެ.

ޕާކިސްތާނުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނުސްރަތް ފަތެހް އަލީ ހާންގެ ގިނަ ލަވަތައް އައިޑޯލްގައި ހުށައަޅައި ދިން އިންޑިއާގެ ބަތިންޑާ އުފަން ސަނީ ހިންދުސްތަނީ އައިޑޮލް ކާމިޔާބު ކުރުމުން އޭނާ އަށް ފައިސާގެ އިނާމުގެ ގޮތުގައި 25 ލައްކަ އިންޑިއަން ރުޕީސް އާއި ކާރެއްގެ އިތުރުން ޓީ-ސީރިޒް އަށް ލަވަކިޔުމުގެ ކޮންޓްރެކްޓެއް ވަނީ ލިބިފައެވެ.

އަޔުޝްމާން ޙުރާނާ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވި ފިނާލޭގައި، އޭނާ ވަނީ ސަނީ ހުށައެޅި ލަވަޔަށް ތައުރީފް ކޮށްފައެވެ. އިންޑިއަން އައިޑޮލްގެ ގަދަ ފަހެއްގެ ލަވަކިޔުންތެރިން ވަނީ ގިނަ ލަވަތަކެއް ހުށައަޅައިދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް