ކ. މާލެ
|
21 ފެބްރުއަރީ 2020 | ހުކުރު 17:09
ޝިލްޕާ ޝެޓީގެ އާއިލާ
ޝިލްޕާ ޝެޓީގެ އާއިލާ
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
ޝިލްޕާގެ ސަޕްރައިޒް ފޭނުންނަށް: މިފަހަރު އަންހެން ދަރިއެއް
ޝިލްޕާ އަށް ދަރިއަކު ލިބިފައިވަނީ މިމަހުގެ 15 ގައި
ދަރިފުޅަށް ދީފައިވާ ނަމަކީ ސަމީޝާ

ބޮލީވުޑްގެ ތަރި ޝިލްޕާ ޝެޓީ އާއި އޭނާގެ ފިރިމީހާ ރާޖް ކުންދްރާއަށް އަންހެން ދަރިއަކު ލިބިއްޖެއެވެ.

މި ޚަބަރު ޝިލްޕާ އޭނާގެ ފޭނުންނާއި ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވަނީ ހުކުރު ދުވަހުއެވެ.

ދަރިފުޅުގެ އަތްތިލަ ފެންނަ ފޮޓޯއެއް ހިއްސާކޮށް ޝިލްޕާ ބުނެފައިވަނީ އެމީހުންގެ ދުޢާ އިޖާބަ ކުރައްވާ އޭނާ އަށް އަންހެން ދަރިއަކު ލިބިފައިވާ ކަމަށެވެ.

ދަރިފުޅު އުފަންވެފައި ވަނީ މި ހިނގާ ފެބްރުއަރީ މަހުގެ 15 ގައި ކަމަށާއި ދަރިފުޅަށް ދީފައިވާ ނަމަކީ ސަމީޝާ ޝެޓީ ކުންދްރާކަމަށް ޝިލްޕާގެ ޕޯސްޓްގައި ވެއެވެ.

ޝިލްޕާއަށް ދަރިއަކު ލިބިފައިވާއިރު މިއީ އެނާގެ ބަޑުން ވިހާފައިވާ ދަރިއެއް ނޫނެވެ. ޝިލްޕާ ވެސް އަދި ފިރިމީހާ ވެސް މި ދަރިފުޅު ހޯދާފައިވަނީ ސަރޮގޭސީ އެއް ބޭނުންކޮށްގެން ނުވަތަ އޮޑޮޕްޓް ކޮށްގެން ކަން ހާމަކޮށްފައެއް ނުވެއެވެ.

ޝިޕްލާ އަދި ރާޖް އަށް ގެ ފިރިހެން ދަރިއަކު ހުރެއެވެ. މި ދަރިފުޅަށް ދީފައިވާ ނަމަކީ ވިއާން ރާޖް ކުންދްރާއެވެ.

- ކޮމެންޓް