ކ. މާލެ
|
20 ފެބްރުއަރީ 2020 | ބުރާސްފަތި 11:30
ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން
ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން
ސީ.އެން.އެން
އިނގިރޭސި ޝާހީ އާއިލާ
ހެރީ އާއި މޭގަން އެންމެފަހުގެ ކަންކަން ނިންމުމަށް އިނގިރޭސިވިލާތަށް ވަޑައިގަންނަވަނީ
ބަކިންގހަމް ޕެލަސްގައި ހުރި ހެރީ އާއި މޭގަންގެ އޮފީސް މަރޗް މަހުގެ 31 ވަނަ ދުވަހު ބަންދުކުރެވޭނެ

ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކްލް އިނގިރޭސި ޝާހީ ޢާއިލާގެ ސީނިއަރ މެމްބަރުކަމުން ވަކިވުމުގެ ކުރިން މިމަހުގެ ފަހުކޮޅު އެންމެފަހުގެ ކަންކަން ކުރެއްވުމަށް އިނގިރޭސިވިލާތަށް ވަޑައިގަންނަވާނެކަމަށް އެދެކަނބަލުންގެ ސްޕޯކްސްޕާސަން ބުނެފި އެވެ.

އެކަމާއި ގުޅިގެން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ބަކިންގހަމް ޕެލަސްގައި ހުރި ހެރީ އާއި މޭގަންގެ އޮފީސް މަރޗް މަހުގެ 31 ވަނަ ދުވަހު ބަންދުކުރެވޭނެއެވެ. އަދި އޭގެފަހުން 12 މަސްދުވަހުގެ ޓްރާންޒިޝަން ޕީރިއަޑެއް ފެށިގެންދާނެ އެވެ.

ޕްރިންސް ހެރީގެ މިދަތުރުފުޅުގައި ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު މިޔުޒިޝަން ޖޮން ބޮންޖޯވީގެ ސެޝަންއަކަށް ވަޑައިގެން "އަންބްރޯކެން" އަލުން ރިކޯޑް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން މަރޗް މަހުގެ ތެރޭގައި އެކިއެކި އިވެންޓްތަކަށް ހެރީ އާއި މޭގަން ވަޑައިގަތުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

މީގެއިތުރުން އެދެބޭފުޅުން ޝާހީ އާއިލާގެ ސީނިއަރ މެމްބަރުކަމުން ވަކިވުމަށްފަހުވެސް ދެބޭފުޅުންގެ ނަމުގެ ކުރިއަށް "ރޯޔަލް" ބޭނުންކުރާނެތޯ އަދިވެސް ނުނިންމާކަމަށާއި އެކަމާއި ގުޅޭ ވާހަކަތައް އަދިވެސް ދަނީ ކުރިޔަށެވެ. އެކަންނިމޭ ގޮތެއް އިއުލާން ކުރެވިގެންދާނީ ދެބޭފުޅުންގެ އައި ޖަމިއްޔާ އިއުލާން ކުރެވުމާއެކުގައި ކަމަށް ނެރެފައިވާ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ހެރީ އާއި މޭގަން ކުރިޔަށްއޮތް ތަނުގައިވެސް މިހާރުވެސް ކުރައްވަމުން ގެންދަވާ ކޮމަންވެލްތްގެ ކަންކަމާއި ޒުވާނުން ބާރުވެރިކުރުވުމާއި މެންޓަލް ހެލްތުގެ ކަންކަމާއި ގުޅުންހުރި ކަންކަން ކުރައްވަމުން ގެންދަވާނެކަމަށް މިބަޔާނުގައި ބުނެފައިވެ އެވެ.

ހެރީ އާއި މޭގަން ވަނީ މިދިޔަ މަހު އެދެބޭފުޅުން ޝާހީ އާއިލާގައި އުފުއްލަވަމުން ގެންދެވި މަސްއޫލިއްޔަތުތަކުން ވަކިވެވަޑައިގެން ނޯތު އެމެރިކާ އާއި އިނގިރޭސިވިލާތުގައި އުޅުއްވާނެކަމަށް ވިދާޅުވެފައެވެ.

- ކޮމެންޓް