Advertisement
ކ. މާލެ
|
24 މާރޗް 2017 | ހުކުރު 23:05
ބަޔަކު މާސްކް އަޅައިގެން: އެޗްޕީއޭ އިން ތްރެޓް ލެވެލް ދަށްކޮށްފައި ނުވި ނަމަވެސް ސްކޫލްތައް ހުޅުވަން ސަރުކާރުން ވަނީ ނިންމާފައި
ބަޔަކު މާސްކް އަޅައިގެން: އެޗްޕީއޭ އިން ތްރެޓް ލެވެލް ދަށްކޮށްފައި ނުވި ނަމަވެސް ސްކޫލްތައް ހުޅުވަން ސަރުކާރުން ވަނީ ނިންމާފައި
މުހައްމަދު ޝަރުހާން
އެޗްވަންއެންވަން
އެޗްވަންއެންވަންގެ ރިޕޯޓް މިއަދު ނުނެރެން އެޗްޕީއޭ އިން ނިންމައިފި
އެޗްޕީއޭ އިން ބުނީ ދެން ރިޕޯޓް ނެރޭނީ ހޮނިހިރު ދުވަހު ކަމަށް

ރާއްޖޭގައި މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ އެޗްވަންއެންވަންއާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮންމެ ދުވަހަކު އާންމުކުރާ ރިޕޯޓް މިއަދު ނުނެރޭނެ ކަމަށް އެ އެޖެންސީން ބުނެފިއެވެ.

އެޗްވަންއެންވަންގެ ހާލަތާ ބެހޭ ގޮތުން އެޗްޕީއޭ އިން ގެންދަނީ ކޮންމެ ދުވަހަކު ވެސް މެންދުރެއްހާއިރު ކުރީ ދުވަހުގެ ރިޕޯޓް އާންމުކުރަމުންނެވެ. ނަމަވެސް އެޗްޕީއޭ އިން ހުކުރު ދުވަހު މެންދުރު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ދެން ރިޕޯޓް ނެރޭނީ ހޮނިހިރު ދުވަހު ކަމަށެވެ. ނަމަވެސް އެކަމުގެ ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

 

 

އެޗްޕީއޭ އިން ކޮންމެ ދުވަހަކު ނެރޭ މި ރިޕޯޓުން އެޗްވަންއެންވަންގެ ހާލަތު ވަރަށް ރަނގަޅަށް އެނގިގެން ދެއެވެ. އެގޮތުން 24 ގަޑިއިރުގެ ތެރޭގައި އަލަށް ބައްޔަށް ޕޮސިޓިވްވި މީހުންނާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާ ހޯދަމުންދާ މީހުންގެ އަދަދާއި ޖުމްލަ ޑޮކްޓަރަށް ދެއްކި އަދަދާއި އެ ނޫން ވެސް އެތައް މުހިންމު މައުލޫމާތުތަކެއް ހިމަނާފައި ވެއެވެ.

އެޗްޕީއޭ އިން ހުކުރު ދުވަހު ރިޕޯޓް ނުނެރެން ނިންމި އިރު އެ އެޖެންސީގެ އިރުޝާދުގެ ދަށުން މިޑް ޓާމް ޗުއްޓީގެ ކުރިން ބަންދުކުރި ސްކޫލްތައް ޓާމް ޗުއްޓީ އަށް ފަހު އާދީއްތަ ދުވަހު ހުޅުވާ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައެވެ. އެހެން ކަމުން ތާޖުއްދީނު ސްކޫލުގައި ހުޅުވާފައިވާ ފްލޫ ކްލިނިކް ވެސް ބަންދުކޮށް ހަމައެކަނި އައިޖީއެމްގައި ކްލިނިކް ކުރިއަށް ގެންދަން ނިންމާފައިވާ އިރު އޭޑީކޭ އިން ސޯސަން ގޭގައި ހުޅުވާފައިވާ ކްލިނިކް ވެސް ވަނީ ބަންދުކޮށްފައެވެ. ނަމަވެސް ރޯގާގެ ހާލަތު ބަދަލުވިކަން އެޗްޕީއޭ އިން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އަދި ސްކޫލްތައް ބަންދުކުރުމުގެ ކުރިން އިއުލާނުކުރި ތްރެޓް ލެވެލް ވެސް ދައްކޮށްފައެއް ނުވެއެވެ.

އެޗްޕީއޭ އިން ބުރާސްފަތި ދުވަހު އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، ބުދަ ދުވަހުގެ ނިޔަލަށް 477 މީހުން އިންފްލުއެންޒާ އެޗްވަންއެންވަން އަށް ޓެސްޓް ކޮށްފައި ވެއެވެ. އަދި ބުދަ ދުވަހުގެ ނިޔަލަށް 176 މީހުން ވަނީ މި ބައްޔަށް ޕޮސިޓިވް ވެފަ އެވެ. މި ބަލީގައި މިހާތަނަށް ތިން މީހަކު މަރުވެފައިވާ ކަމަށް ރަސްމީކޮށް އިއުލަނުކޮށްފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް