Advertisement
ކ. މާލެ
|
6 ފެބްރުއަރީ 2020 | ބުރާސްފަތި 22:36
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު
ރާއްޖެއެމްވީ
ފުލުހުން
ނިވާކަން ކުޑަގޮތަށް ހުރި ފަތުރުވެރިޔާ ހައްޔަރުކުރުމަށް އަމަލުކުރި ގޮތުން ސީޕީ މާފަށް އެދިވަޑައިގެންފި
ފުލުހުން އަމަލުކޮށްފައިވަނީ އެންމެ ރަނގަޅަކަށް ނޫން
މިހާރު ފަތުރުވެރިޔާ ވަނީ ދޫކޮށްލާފައި
އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ތުހުމަތުކުރޭ

ކ. މާފުށީގައި ނިވާކަން ކުޑަގޮތަށް ހުރި އަންހެން ފަތުރުވެރި އަކު ހައްޔަރުކުރުމަށް ފުލުހުން ޢަމަލުކޮށްފައިވާ ގޮތުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު މައާފަށް އެދިވަޑައިގެންފިއެވެ.

މާފުށީގައި އަންހެން ފަތުރުވެރިއަކު ހައްޔަރުކުރުމަށް މަސައްކަތް ކުރީ ފިރިހެން ފުލުހުންތަކެކެވެ. މިވީޑިއޯ ވަނީ ސޯޝަލް މީޑިއާގައި ޢާންމުވެފައެވެ.

Advertisement

މިމައްސަލައާ ގުޅިގެން ސީޕީ ހަމީދު ވިދާޅުވީ އަންހެން ފަތުރުވެރިޔަކު ހައްޔަރު ކުރުމުގައި ފުލުހުން ޢަމަލުކޮށްފައިވަނީ އެންމެ ރަނގަޅަށް ނޫން ކަމަށާއި، ކަންކުރި ގޮތުން ފަތުރުވެރިޔާގެ ކިބައިންނާއި ޢާންމުންގެ ކިބައިން މަޢާފަށް އެދޭކަމަށެވެ. މިމައްސަލަ ތަޙުޤީޤިކުރާނެ ކަމަށް ވެސް ސީޕީ ހަމީދު ވިދާޅުވިއެވެ.

މީގެ އިތުރުން ސީޕީ ހަމީދު ވިދާޅުވީ ފުލުހުންގެ ތެރޭގައި މިފަދަ ކަންކަން ރަނގަޅުކުރުމަށް މަސައްކަތް ކުރާ ކަމަށެވެ.

މިޙާދިސާ ހިނގާދިޔަ ގޮތާ ގުޅޭ ގޮތުން ފުލުހުން ބުނީ މާފުށީ މަގުމަތީގައި މަސްތުގެ ޙާލަތުގައި ނިވާކަން ކުޑަކޮށް ހުރި އަންހެން ފަތުރުވެރި އުޅެމުންދާކަމުގެ ޝަކުވާ ބުރާސްފަތި ދުވަހުގެ ހަވީރު 17:48 ހާއިރު ލިބިފައިވާތީ އެކަން ހުއްޓުވުމަށް ފުލުހުން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އޭނާ ހުއްޓުވަން މަސައްކަތްކުރި ވަގުތު ނުކިޔަމަންތެރިކަން ދެއްކުމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ ބިޑި އަޅުވައިގެން ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން ފުލުހުން ބުނީ ފަތުރުވެރިޔާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ މަސްތުގެ ޙާލަތުގައި ހުރިކަމަށް ތުހުމަތު ކުރެވޭތީ ކަމަށާއި، ބުރާސްފަތި ދުވަހުގެ ރޭ 19:10 ހާއިރު ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މާފުށީގައި މިވަގުތު މަސައްކަތްކުރާ އަންހެން ފުލުހުން ނެތް ކަމަށާއި، މިފަދަ ޙާދިސާއެއްގައި މިއަށްވުރެ ރަނގަޅަށް ޢާމަލުކުރެވޭނެ ކަމަށެވެ.

އެހެންކަމުން މިޙާދިސާ ހިނގާ ދިޔަ ގޮތް ބެލުމަށް ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަރޑް ކޮމާންޑްގެ ފަރާތުން ޙަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް