Advertisement
ކ. މާލެ
|
6 ފެބްރުއަރީ 2020 | ބުރާސްފަތި 22:40
އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން
އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން
އިސްލާމިކް މިނިސްޓްރީ
ޤުރުއާނާ ބެހޭ މަރުކަޒު
ޤުރުއާނާބެހޭ ގައުމީ މަރުކަޒުގެ ގޮތްޕެއް ފުވައްމުލައް ސިޓީގައި ގާއިމު ކުރަނީ
300 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ
މިއިމާރާތް އެއްކޮށް ނިންމާލުމަށް 6،214،108.26 ރުފިޔާ ހަރަދުވާނެ
ޤުރުއާނާބެހޭ ގައުމީ މަރުކަޒުގެ ގޮފިތަށް ރާއްޖޭގެ އެކި ރަށްރަށުގައި ވަނީ ގާއިމްކޮށްފައި

ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ފުވައްމުލައް ސިޓީގައި ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ބުރާސްފަތި ދުވަހު 300 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަމަޖެހިފައިވާ މި ޢިމާރާތުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ މާރިސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.

Advertisement

އިސްލާމިކް މިނިސްޓްރީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ ޑރ. އަޙްމަދު ޒާހިރު އަލީއެވެ. އަދި މާރިސް ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ސައީދެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިޢިމާރާތް އެއްކޮށް ނިންމާލުމަށް 6،214،108.26 (ހަމިލިއަން ދެލައްކަ ސާދަހާސް ސަތޭކައަށް ރުފިޔާ ސައްބީސްލާރި) ޚަރަދުވާނެކަމަށެވެ.

ޤުރުއާނާ ބެހޭ މަރުކަޒުގެ ކުރެހުމުގެ ތެރެއިން

މިއެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، މިނިސްޓަރު ޒާހިރު ވިދާޅުވީ ދެބުރީގެ ޢިމާރާތެއް ގޮތުގައި މި ޢިމާރާތް އެޅުމަށް ހަމަޖެހިފައިވާއިރު މިތަނުގައި 4 ކްލާސް ރޫމަކާއި، އޮޑިޓޯރިއަމް އަކާއި، ލައިބްރަރީއެއް ހިމެނޭނެ ކަމަށެވެ.

މިނިސްޓަރު ޒާހިރު ވިދާޅުވީ ސަރުކާރުގެ ފަރާތުން ރާއްޖޭގައި ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމަށްޓަކައި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށް ގިނަގުނަ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އެގޮތުން ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ގޮފިތަށް ރާއްޖޭގެ އެކި ރަށްރަށުގައި ޤާއިމުކޮށްފައިވާ ކަމަށާއި، މިހާތަނަށް ޖުމުލަ 40 ގޮތްޕެއް ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ހުޅުވާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިނިސްޓަރު ޒާހިރު ވިދާޅުވީ މިގޮތަށް ޤާއިމު ކުރެވޭ ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތަކުގައި ކިޔަވައިދެއްވާނީ ކިޔަވައިދިނުމުގެ ފެންވަރު ވަޒަންކޮށް ކޮލިޓީ ކޮންޓްރޯލް ކުރެވޭނެގޮތަށް ކަމަށެވެ. އަދި ޤުރުއާނުގެ ޢިލްމު ފެތުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ކުރައްވަމުން ގެންދަވާ މަސައްކަތް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް