Advertisement
ކ. މާލެ
|
6 ފެބްރުއަރީ 2020 | ބުރާސްފަތި 21:02
ހަމަލާދިންކަމަށް ޝައްކުކުރެވޭ މީހަކު ފުލުހުން ހައްޔަރު ކުރަން ގެންދަނީ
ހަމަލާދިންކަމަށް ޝައްކުކުރެވޭ މީހަކު ފުލުހުން ހައްޔަރު ކުރަން ގެންދަނީ
ރާއްޖެއެމްވީ
ފަތުރުވެރިންނަށް ހަމަލާ ދިނުން
ފަތުރުވެރިންތަކަކަށް ދިން ހަމަލާއާ ގުޅިގެން ހަރުކަށި ފިކުރުގެ ފަސް މީހަކު ހައްޔަރުކޮށްފި
ހައްޔަރު ކުރީ 05 ދިވެހިން
ހަރުކަށި ފިކުރުގެ ވީޑިއޯ ޝެއަރ ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައި
ތަހުގީގު ކުރަމުންދާ މައްސަލައަކަށްވާތީ އިތުރު ތަފްސީލު ދިނުމަށް އުޒުވެރިވޭ

ހުޅުމާލޭގައި ފަތުރުވެރިންތަކަކަށް ދިން ޙަމަލާއާ ގުޅިގެން ހަރުކަށި ފިކުރުގެ ފަސް މީހަކު ހައްޔަރުކޮށްފިއެވެ.

04 ފެބްރުއަރީވީ އަންގާރަ ދުވަހުގެ 19:00 އާއި 20:00އާ ދެމެދުގެ ވަގުތެއްގައި ހުޅުމާލޭގައި 3 ބިދޭސީންއަކަށް ވަނީ ޙަމަލާދީފައެވެ. އެއީ ޗައިނާ ފަތުރުވެރިއަކާއި، ރާއްޖޭގައި މަސައްކަތް ކުރަމުންދާ ޗައިނާ މީހަކާއި، އަދި ރާއްޖޭގައި މަސައްކަތް ކުރަމުންދާ އޮސްޓްރޭލިއާ މީހަކަށެވެ.

މިމައްސަލައާ ގުޅިގެން ބުރާސްފަތި ދުވަހުގެ ރޭ އިސްކަންދަރު ކޮށީ ދޮރުމަތީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް، ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ޙަސަން ޝިފާއު ވިދާޅުވީ، މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ފަސް މީހުންނަކީ ދިވެހިން ކަމަށެވެ.

ނަމަވެސް ތަޙުޤީޤު ކުރަމުންދާ މައްސަލައަކަށްވާތީ އިތުރު ތަފުޞީލު ދިނުމަށް އުޒުވެރިވާ ކަމަށެވެ.

Advertisement

މީގެ އިތުރުން ޝިފާޢު ވިދާޅުވީ މިޙަމަލާގެ ޒިންމާ ނެގުމަށްފަހު، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު، ތިމަންނާމެންމީ އިސްލާމިކް ސްޓޭޓްގެ ދިވެހިރާއްޖޭގެ ގޮފިކަމަށް ބުނެފައިވާ ވީޑިއޯގެ ޞައްޙަކަން ކަށަވަރުކުރުމަށް ތަޙުޤީޤުތައް ކުރަމުންދާ ކަމަށެވެ.

އެފަދަ ވީޑިއޯތައް ޝެއަރ ކުރުމަކީ ޤާނޫނީ ކުށެއް ކަމަށާއި، ނަމަވެސް ބައެއް ފަރާތްތަކުން ނޭގުމެއްގެ ތެރޭގައި ތިބެ މިފަދަ ވީޑިއޯތައް ޝެއަރ ކުރަމުންދާތީ އެކަމާ ނުހަނު ކަންބޮޑުވާ ކަމަށް ޝިފާއު ވިދާޅުވިއެވެ. މިފަދަ ކަންކަން ކުރުމަށް ޖާގަ ނުދޭނެ ކަމަށާއި، މިފަދަ ވީޑިއޯތައް ޝެއަރ ނުކުރުމަށް ޝިފާއު ވަނީ އިލްތިމާސްކުރައްވާފައެވެ.

ތުރުކީ މީހަކަށް ދިން ޙަމަލާއަށް އަލިއަޅުއްވާލައްވާ ޝިފާއު ވިދާޅުވީ މިދިޔަ ޑިސެމްބަރު 28 ވަނަ ދުވަހުގެ ރޭ ތުރުކީގެ މީހަކަށް ދިން ވަޅީގެ ޙަމަލަ އާއި އަންގާރަ ދުވަހުގެ ރޭގެ ޙަމަލައާ ގުޅުމެއްވޭތޯ ބަލާނެ ކަމަށާއި، މިފަދަ ޖަރީމާތައް ހިންގާ އެންމެހައި ފަރާތްތައް ހޯދައި، ޤާނޫނުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ޝިފާއު ވިދާޅުވިއެވެ.

މީގެ އިތުރުން ޝިފާއު ވިދާޅުވީ އަނިޔާވި ތިން މީހުންގެ ތެރެއިން އެކަކު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށާއި، އަނެއް ދެމީހުންނަށް އަދިވެސް ފަރުވާ ދެމުންދާ ކަމަށެވެ. އަދި ތިން މީހުންގެ ޙާލު ރަނގަޅު ކަމަށް މަޢުލޫމާތު ލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް