ކ. މާލެ
|
6 ފެބްރުއަރީ 2020 | ބުރާސްފަތި 19:46
އެމްއެންޑީއެފުން ކުރިއަށްގެންދިޔަ އެކްސަސައިޒެއްގެ ތެރެއިން
އެމްއެންޑީއެފުން ކުރިއަށްގެންދިޔަ އެކްސަސައިޒެއްގެ ތެރެއިން
އެމްއެންޑީއެފް
އެމްއެންޑީއެފް
ގޮވާތަކެތި ބޭނުންކޮށްގެން އެމްއެންޑީއެފުން އެކްސަސައިޒެއް ކުރިއަށް ގެންދަނީ
''ބޮމްބް އެންޑް އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް ޑިސްޕޯސަލް ޓްރޭނިންގ އެޑްވާންސް ކޯސް'' ގެ ފައިނަލް އެކްސަސައިޒް، މިމަހުގެ 09 ވާ އާދިއްތަ ދުވަހު ފަށާނެ
މާލެ، ހުޅުލެ އަދި ހުޅުމާލެ، އެކި ސަރަހައްދުތަކުގައި އެކްސަސައިޒް ކުރިއަށްދާނެ

ބޮމްބް އެންޑް އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް ޑިސްޕޯސަލް ޓްރޭނިންގ އެޑްވާންސް ކޯސް ގެ ފައިނަލް އެކްސަސައިޒް އަންނަ އާދިއްތަ ދުވަހު ފަށާނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

ޑިފެންސް މިނިސްޓްރީން ބުނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ފަރާތުން ކުރިއަށް ގެންދާ ''ބޮމްބް އެންޑް އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް ޑިސްޕޯސަލް ޓްރޭނިންގ އެޑްވާންސް ކޯސް'' ގެ ފައިނަލް އެކްސަސައިޒް، މިމަހުގެ 09 ވާ އާދިއްތަ ދުވަހު ފަށާނެ ކަމަށެވެ. އަދި އެކްސަސައިޒް މިމަހުގެ 15 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށެވެ.

މީގެ އިތުރުން ޑިފެންސް މިނިސްޓްރީން ބުނީ ކ. މާލެ، ހުޅުލެ އަދި ހުޅުމާލެ، އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޑިފެންސް މިނިސްޓްރީން ބުނީ މިތަމްރީންތައް ކުރިއަށް ގެންދިއުމުގައި ސިމިއުލޭޝަންގެ ގޮތުގައި ބޭނުންކުރާ ގޮވާތަކެތި ބޭނުން ކުރުމަށް ވަނީ ހަމަޖެހިފައިވާ ކަމަށެވެ.

- ކޮމެންޓް