Advertisement
ކ. މާލެ
|
6 ފެބްރުއަރީ 2020 | ބުރާސްފަތި 15:37
ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް
ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް
ޔޫސުފް ސޮފްވާން ރަޝީދު
ޔޫތް މިނިސްޓްރީ
މަދަނީ ޖަމްޢިއްޔާތަކުން ހިންގާ މުޖުތަމަޢު ބާރުވެރިކުރުމުގެ މަޝްރޫޢުތަކަށް ފައިސާދެނީ
އެހީ ދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ އަހަރަކު ވެސް ޖަނަވަރީ އަދި ފެބްރުއަރީ މަހުގެ އިތުރުން ޖޫން ޖުލައި މަހު
ކޮންމެ މަޝްރޫއަކަށް ވެސް އެންމެ ގިނައިން ދޫކުރުމަށް ހަމަޖެހިފައިވަނީ 30000 (ތިރީސް ހާސް) ރުފިޔާ
ފައިސާ ދޫކުރެވޭނީ ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ރަށް ނުވަތަ ސިޓީ ކައުންސިލްގެ ތަރައްޤީގެ ޕްލޭނާއި ގުޅުންހުރި ނުވަތަ ތަޢާރަޒް ނުވާފަދަ މަޝްރޫޢުތަކަށް

މަދަނީ ޖަމްޢިއްޔާތަކުން ހިންގާ މުޖުތަމަޢު ބާރުވެރިކުރުމުގެ މަޝްރޫޢުތަކަށް ފައިސާގެ އެހީ ދިނުމުގެ ޕްރޮގްރާމެއް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ލޯންޗްކޮށްފިއެވެ.

މިނިސްޓްރީގައި ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމެއްގައި އެޕްރޮގްރާމް ލޯންޗް ކޮށްދެވީ މިނިސްޓަރ އަޙްމަދު މަޙްލޫފްއެވެ. މިއީ މުޖުތަމަޢު ބާރުވެރިކުރުމަށް މަދަނީ ޖަމްޢިއްޔާތަކުން ކުރަމުންދާ މަސައްކަތްތަކަށް ސަރުކާރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި އެ މިނިސްޓްރީއިން ފެށި ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ދަށުން އެހީ ދޫކުރެވޭނީ އެ މިނިސްޓްރީގައި ޖަމްޢިއްޔާތަކުގެ ގާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަދި އެ ޤާނޫނުގެ ދަށުން ހެދިފައިވާ އުސޫލްތަކާއި ޤަވާއިދުތަކަށް އަމަލުކޮށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފާއިތުވެދިޔަ 2 އަހަރު ހުށަހަޅާފައިވާ ޖަމްޢިއްޔާތަކަށެވެ.

Advertisement

އަދި މި ޕްރޮގްރާމްގެ ދަށުން ފައިސާ ދޫކުރެވޭނީ ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ރަށް ނުވަތަ ސިޓީ ކައުންސިލްގެ ތަރައްޤީގެ ޕްލޭނާއި ގުޅުންހުރި ނުވަތަ ތަޢާރަޒް ނުވާފަދަ މަޝްރޫޢުތަކަށެވެ. އަދި މި ޕްރޮގްރާމްގެ ދަށުން ދޫކުރެވޭ ފައިސާ ޖަމްޢިއްޔާތަކުގެ ހަރުމުދާ ގަތުމަށާއި ޖަމްޢިއްޔާތަކަށް އާމްދަނީ ލިބޭ މަސައްކަތްކުރުމަށް ދޫނުކުރެވޭނެއެވެ.

މި އެހީ ދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ އަހަރަކު ވެސް ޖަނަވަރީ އަދި ފެބްރުއަރީ މަހުގެ އިތުރުން ޖޫން ޖުލައި މަހުއެވެ. އަހަރަކު ދެ ފަހަރު އެހީ ދޫކުރުމަށް ނިންމާފައިވާއިރު ކޮންމެ ފަހަރަކުވެސް ޖުމްލަ އެއް މިލިއަން ރުފިޔާގެ އެހީ އެކި ޖަމްޢިއްޔާތަކަށް ދޫކުރެވޭނެއެވެ. ހަމައެހެންމެ މި އުސޫލުގެ ދަށުން ކޮންމެ މަޝްރޫއަކަށް ވެސް އެންމެ ގިނައިން ދޫކުރުމަށް ހަމަޖެހިފައިވަނީ 30000 (ތިރީސް ހާސް) ރުފިޔާއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް