Advertisement
ކ. މާލެ
|
6 ފެބްރުއަރީ 2020 | ބުރާސްފަތި 14:50
ފަތުރުވެރިންތަކެއް
ފަތުރުވެރިންތަކެއް
ޔޫސުފް ސޮފްވާން ރަޝީދު
ކޮރޯނާވައިރަސް
އިގްތިސާދަށް ލޮޅުން އަރާނެ، މިތިބީ ތައްޔާރަށް: އަލީ ވަހީދު
ބުރާސްފަތި ދުވަހުގެރޭ 11 މީހަކު ސަރުކާރުގެ ހަރަދުގައި ފުރުވާލާނެ: އަލީ ވަހީދު
އިތުރު ޓޫރިސްޓުން ގެނައުމުގެ މަސައްކަތް ކުރަމުންދާނެ

ހަލުވިކަމާއި އެކު މުޅި ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަހުގެ ސަބަބުން އިގްތިސާދަށް ލޮޅުން އަރާނެ ކަމަށާއި، ސަރުކާރުން ތިބީ އެކަމަށް ތައްޔާރުވެގެން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ޕްރެސްކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވީ، ކޮރޯނާވައިރަހާއި ގުޅިގެން އިގްތިސާދަށް އަރާފާނެ ލޮޅުންތައް ވަރަށް ގާތުން ބަލަމުން ދާނެ ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ، މި އަހަރު ތެރޭގައި 1.7 މިލިއަން ޓޫރިސްޓުން ގެނައުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށެވެ. ޓޫރިޒަމް މިނިސްޓްރީން އަމާޒު ހިފާފައިވަނީ އަންނަ އަހަރުގެ ނިޔަލަށް 2.1 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ.

ވައިރަހުގެ ސަބަބޔން ދުނިޔޭގެ ބައެއް ގައުމުތަކުން ފަތުރުވެރިން އައުމަށް އުދަގޫތަކެއް ހުއްޓަސް މިނިސްޓަރު ވިދާޅުވީ، އެހެން ގައުމުތަކުން ފަތުރުވެރިން މިހާރުވެސް ޒިޔާރަތްކުރަމުންދާ ކަމަށެވެ.

Advertisement

ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ، ޖެނުއަރީ މަހުގެ 26 އިން ފެބްރުއަރީ ފަހަކާއި ހަމަޔަށް އިތުރު ނުވަހާސް މީހުން ރާއްޖެ ޒިޔާރާތް ކޮށްފައިވާ ކަމަށެވެ. އަދި ހަމަ އެ މުއްދަތުގައި 3000 ވަރަކަށް ބުުކިން ކެންސަލް ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

އެކަމަކު ޓޫރިޒަމް މިނިސްޓްރީން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކެންސަލް ކުރި ފަތުރުވެރިންވެސް ރާއްޖެ އަނބުރާ ގެނެވޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

އަލީ ވަހީދު ވިދާޅުވީ، މި ވަގުތު ސަރުކާރުގެ އެންމެ ބޮޑު ފޯކަސްއެއް އޮތީ ރައްޔިތުންގެ އިތުރުން ރާއްޖެ ޒިޔާރަތްކުރާ މީހުންގެ ސަލަމަތާއި ރައްކާތެރި ކަމަށް ކަމަށެެވެ.

ޔެސް މިކަމުން އަންނާނެ ލޮޅުން. އެހެން ނަމަވެސް މިކަހަލަ ކަންކަމާއިވެސް ދިމާވާނެ އެހެންވީމާ އަޅުގަނޑުމެން ކުޑަކޮށްވެސް މިތިބީ ފަހަތަށް ޖެހޭ ގޮތަކަށެއް ނޫން. މިކަމުން އަރައި ގަތުމަށްޓަކައި އަަޅަން ޖެހޭ ފިޔަވަޅުތަކެއް ސަރުކާރުން އަޅަމުން ގެންދާނެ

މިނިސްޓަރު ވިދާޅުވީ، ޓޫރިޒަމް ނުވަތަ އިގްދިސާތައް ލިބޭ ގެއްލުން މި ވައިރަހުގެ ކަންތައް އެއްކޮށް ހަމަޔަަކަށް އެޅުމުން އިކޮނޮމިކް ކައުންސިލަށް ހުށައެޅުމަށް ފަހު ހިއްސާ ކުރައްވާނެ ކަމަށެވެ.

އެ ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވީ، މިފަދަ ދަނޑިވަޅެއްގައިވެސް ރާއްޖެއިން މަސައްކަތް ކުރަނީ އެންމެ ރަނގަޅަށް މެހެމާންދާރީ އަދާ ކުރުމަށް ކަމަށެވެ.

އެގޮތުން ސަރުކާރުގެ ހަރަދުގައި އާޖެންޓީނާގެ އަށްފަތުރުވެރިންނާއި ޗައިނާގެ 16 ފަތުރުވެރިން އަނބުރާ އެމީހުންގެ ގައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އޭގެ އިތުރުން ކޮރޯނާވައިރަހާ ގުުޅިގެން އެއާލައިންތަކަށް ގެނައި ބަދަލުތަކާއި އެކު ނުފުރިފަ ތިބި 11 ފަތުރުވެރިން ސަރުކާރުން ބަލަހައްޓަމުންދާ ކަމަށް ވިދާޅުވިއެވެ. އެ މީހުން ބުރާސްފަތި ދުވަހުގެރޭ ފުރުވާލުމަށް ވަނީ ހަމަޖެހިފައެވެ.

މިނިސްޓަރު ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަމުންދަނީ ފަތުރުވެރިން ރާއްޖޭގެ އެއާޕޯޓުގައު ތާށިނުވެ އެމީހުން އަނބުރާ ފޮނުވާލުން ކަމަށެވެ.

ރާއްޖެއިން އަދި މިހާތަނަށް ކޮރޯނާވައިރަސް އަށް އެއްވެސް މީހަކު ޕޮޒިޓިވް ވެފައިނުވާއިރު ޝައްކުކުރެވޭ މީހުންގެ ޓެސްޓްތަކެއް ވަނީ މީގެ ކުރިން ހަދާފައެވެ. ޗައިނާގެ ވޫހަން ސިޓީން ފެތުރެނ ފެށި ކޮރޯނާ ވައިރަސް މިހާތަނަށް 28،000 ވުރެ ގިނަ މީހުންނަށް ވަނީ ޖެހިފައެވެ. އަދި މަރުވި މީހުންގެ އަދަދު 565 އަަކަށް ވަނީ އަރާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް