Advertisement
ކ. މާލެ
|
6 ފެބްރުއަރީ 2020 | ބުރާސްފަތި 10:38
ކުޅުދުއްފުށީގައި އިމާރަތްކޮށްފައިވާ ހައުސިން ޔުނިޓް
ކުޅުދުއްފުށީގައި އިމާރަތްކޮށްފައިވާ ހައުސިން ޔުނިޓް
ހައުސިންގް މިނިސްޓްރީ
ހައުސިން މިނިސްޓްރީ
ނޫމަޑިން ނުނިންމާ ހުރި ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް އަލުން ފެށުމަށް ބީލަމަށް ހުޅުވާލައިފި
ބީލަން ހުށަހެޅުުމަށް ހުޅުވާލައިފައި ވަނީ ތ. ވިލިފުށި، ހދ. ކުޅުދުއްފުށި އަދި އެ އަތޮޅު ނޮޅިވަރަންފަރު

ނޫމަޑިން ނުނިންމާހުރި ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް އަލުން ފަށުމަށް ނިންމާ، ތިން ރަށެއްގެ ހައުސިންގ މަސައްކަތްކުރިއަށްގެންދިއުމަށް ބީލަމަށް ހުޅުވާލައިފި އެވެ.

ހައުސިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ މަސައްކަތް އަލުން ފެށުމަށްޓަކާއި، ބީލަން ހުށަހެޅުމަށް މިހާރު ހުޅުވާލައިފައިވާކަމަށެވެ. ބީލަން ހުށަހެޅުުމަށް ހުޅުވާލައިފައި ވަނީ ތ. ވިލިފުށި، ހދ. ކުޅުދުއްފުށި އަދި އެ އަތޮޅު ނޮޅިވަރަންފަރެވެ. ހައުސިން މިނިސްޓްރީން ބުނީ މިއީ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް ޕްރައިވެޓް ލިމިޓެޑުގެ ފުރަތަމަ ފިޔަވަހި އަދި ދެ ވަނަ ފިޔަވަހީގެ ދަށުން ހަދަން ފަށާ، ނުނިމި ހުރި ހައުސިންގ ޔުނިޓުގެ މަސައްކަތް ކަމަށެވެ.

މިނިސްޓްރީން ބުނީ ކުޅުދުއްފުށީގައި އަލުން މަސައްކަތް ކުރުމަށް ބީލަމަށް ހުޅުވާލައިފައި ވަނީ 105 ހައުސިންގ ޔުނިޓުގެ މަސައްކަތް ކަމަށެވެ. އެއީ ނޫމަޑި ފުރަތަމަ ފިޔަވަހީގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ 140 ހައުސިންގ ޔުނިޓު ތެރެއިން ނުނިމި ހުރި 100 ހައުސިންގ ޔުނިޓުގެ މަސައްކަތާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އެ ރަށުގައި ޢިމާރާތް ކުރުމަށް ފަށާފައިވާ 25 ޔުނިޓުގެ ތެރެއިން ނުނިމި ހުރި 5 ހައުސިންގ ޔުނިޓުގެ މަސައްކަތްކަމަށެވެ.

Advertisement

ބީލަން ހުށަހެޅުމުގެ އެންމެ ފަހުގެ މުއްދަތަކީ، 2020 މަރިޗް 4 ވަނަ ދުވަހެވެ. އަދި ނޫމަޑި ދެ ވަނަ ފިޔަވަހީގެ ދަށުން ހަތަރު ރަށެއްގެ މަސައްކަތައް ބީލަން ހުށަހެޅުމަށް ހުޅުވާލާފައިވާކަމަށް ހައުސިންގ މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. އެގޮތުން ތ. ވިލިފުށީގެ 100 ގެ އެކުގައި ފެށުމަށް ހަމަޖެހި، މިހާރު ބީލަމަށް ހުޅުވާލާފައި ކަމަށާއި، މިއަހަރުގެ މާރިޗު މަހުގެ ދެ ވަނަ ދުވަހުގެ ކުރިން ބީލަމަށްލާންޖެހޭ ކަމަށް އެމިނިސްޓްރީން ބުންޏެވެ. މި 100 ހައުސިންގ ޔުނިޓުގެ ތެރެއިން 64 ހައުސިންގ ޔުނިޓުގެ ކޮންކުރީޓް މަސައްކަތް މިމަޝްރޫޢު ޓަރމިނޭޓް ކުރެވުނު އިރު ވަނީ ފަށާފައެވެ.

މި ފިޔަވަހީގެ ދަށުން ޢަމަލީ މަސައްކަތް އަލުން ފެށުމަށް ހަމަޖެހިފައިވާ އަނެއް ރަށަކީ ހދ. ނޮޅިވަރަންފަރުގައި ޢިމާރާތްކުރާ 100 ހައުސިންގ ޔުނިޓުގެ މަސައްކަތެވެ. މިމަސައްކަތުގެ ބީލަން ހުޅުވާލައިފައިވަނީ 2020 މާރިޗު 4 ވަނަދުވަހަށެވެ. ދެ ވަނަ ފިޔަވަހީގެ ދަށުން ހދ. ހަނިމާދޫގައި ޢިމާރާތްކުރާ 100 ހައުސިންގ ޔުނިޓުގެ މަސައްކަތުގެ 54 ޔުނިޓެއްގެ ކޮންކުރީޓް ސްޓްރަކްޗަރ ނިމިފައިވީ ނަމަވެސް 100 ގެ ނިންމުމުގެ މަސައްކަތުގެ ބީލަމަށް މިހާރު ވަނީ ހުޅުވާލާފައިއެވެ. މިމަސައްކަތު ބީލަންވެސް ހުޅުވާލާފައި ވަނީ 2020 މާރިޗު 4 ވަނަ ދުވަހަށެވެ.

މީގެއިތުރުން ނޫމަޑި ފުރަތަމަ ފިޔަވަހީގެ ދަށުން ހދ ނޮޅިވަރަމްފަރުގައި، އެ އަތޮޅު ކުނބުރުދޫ، ފަރިދޫ، މާވައިދޫ މީހުނަށް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 60 ހައުސިންގ ޔުނިޓުގެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު ޢަމަލީ މަސައްކަތް މިހާރު ފަށާފަކަމަށް ހައުސިންގ މިނިސްޓްރީން މަޢުލޫމާތުދެއްވާއެވެ. މި މަޝްރޫއު 366 ދުވަހުގެ މުއްދަތު ތެރޭގައި ނިންމަންޖެހެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް