Advertisement
ކ. މާލެ
|
5 ފެބްރުއަރީ 2020 | ބުދަ 23:04
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
މަޖިލިސް
ރައީސް ނަޝީދު
ރޯދައަށް ކަދުރު ކިލޯއެއް ގަތުމެކޭ، ސައިކަލެއް ގަތުމެކޭ އެއްވަރު: ރައީސް ނަޝީދު
އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ ރަށްރަށުގެ މުސްތަގްބަލާ ގުޅިފައިވާ ބިލެއް: ރައީސް ނަޝީދު
ހިނގާފައި އުޅުމަށާއި ބައިސްކަލްގައި އުޅުމަށް ރައީސް ނަޝީދު ބާރު އަޅުއްވާ

ރޯދައަށް ކަދުރު ކިލޯއެއް ގަތުމެކޭ، ސައިކަލެއް ގަތުމެކޭ، އެއްވަރުވެފައިވާކަަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

Advertisement

ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފް ހުށަހަޅުއްވާފައިވާ، އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް މެމްބަރުންނަށް ބަހުސްކުރުމުގެ ފުރުސަތު ހުޅުވާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ، މި ބިލާމެދު މެމްބަރުން ވަރަށް ރަނގަޅަށް ވިސްނަވާ، ދިރާސާ ކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަކީ ވަރަށް ބޭނުންތެރިކަމެއް ކަމަށެވެ. އަދި މިއީ ދިވެހި ރައްޔިތުންނާ ވަރަށް ބޮޑަށް ގުޅިފައިވާ އަދި ރަށްރަށުގެ މުސްތަގުބަލާ ގުޅޭ ބިލެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ސައިކަލެއް ގަންނަން އެބަލިބޭ ހަތަރުވަނާއެއްގައި. އެއީ ފައިސާ ދައްކާދައްކާ ހަލާސްކުރާ އުސޫލުން. ސައިކަލެއް މިހާރު އެބަ ވިއްކާކަމަށްވޭ، ވިއްކާ މީހާ ރުފިޔާ ދީގެން. ކޮންމެވެސް ފައިދާއެއް އެކަމުގައި ވެސް އޮންނާތީވެ އެކަން އެގޮތަށް އެކުރަނީ. ދައްކާ ހަލާސްކުރާ އުސޫލުން ދޭއިރުގާ ރުފިޔާއެއް ދީފަވެސް މިވިއްކަނީ. ރޯދަޔަށް ކަދުރު ކިލޯއެއް ގަތުމެކޭ ސައިކަލެއް ގަތުމެކޭ އެއްވަރު ވެފައި މިއޮތީ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރާއްޖޭގައި ސައިކަލް ވިއްކާ ފަރާތްތަކުން މިހާރަކަށް އައިސް ވަރަށް ކުޑަ އިންސްޓޯލްމަންޓެއް ދައްކައިގެން ސައިކަލް ވިއްކަމުންދެ އެވެ. އަދި އެ ސައިކަލް ގަތް އެގްރީމެންޓް މުއްދަތުނިމޭއިރު، މަހުން މަހަށް ދައްކާ ފީގެ ޖުމްލަ އަދަދު އެ ސައިކަލް އެއްފަހަރާ ފައިސާ ދައްކައިގެން ގަންނަން ލިބޭ އަގުގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު އެއްޗެއް އަރައެވެ. ނަމަވެސް އިންސްޓޯލްމަންޓަށް 5000ރ ދައްކާލައިގެން، ދެން ކޮންމެ މަހަކު 2000ރ ނުވަތަ 4000ރ ދައްކާލައިގެން ސައިކަލް ގަންނަ މީހުން ވަރަށް ގިނަ އެވެ.

މާލެއަށް އެކަށީގެން ނުވާވަރަށް ސައިކަލާއި ވެހިކަލްތައް ގިނަ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާއިރު، މާލޭގައި ސައިކަލްތަކާއި ވެހިކަލްތައް ޕާކު ކުރެވޭނެ ތަނެއް ނެތެވެ. އަދި މާލޭގައި ޓްރެފިކް މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، ގަވާއިދާ ހިފާލަށް ޕާކު ކުރުމާއި ގުޅިގެން ސްޓީކާ ޖަހަމުންދާ މައްސަލާގައި ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާއަށް ވަނީ ގޮސްފަ އެވެ. ބައެއް ފަރާތްތަކުން ބުނަމުންދަނީ ޕާކްކުރާނެ ތަނެއް ނުދައްކާ، ސްޓިކާ ޖެހުމަކީ އެއީ ގާބޫލު ކުރެވޭނެ ކަމެއް ނޫންކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ގާނޫނާއި ގަވާއިދުތަކަށް އަމަލު ކުރާނަމަ، އެއްވެސް ކާރެއް މާލޭގެ މަގުމަތީގައި ޕާކް ކޮށްފައި އޮންނަން ނުޖެހޭނެ ކަމަށެވެ. ރާއްޖޭއަށް ކާރު އެތެރެކުރެވެނީ ގަރާޖެއް ދައްކައިގެން ކަމަށްވާއިރު، އެކާރު ޕާކް ކޮށްފައި އޮންނަޖެހޭނީ ގަރާޖުގައި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
6 ފެބްރުއަރީ 2020 | ބުރާސްފަތި 07:15
ޒުހާ
ހާދަރީތި ޅެމޭތިހަދައްވަނީ....ބޮކިޖަހާފަ އެކިދިމާލުން ރެދުތިލަނީ.............