Advertisement
ކ. މާލެ
|
5 ފެބްރުއަރީ 2020 | ބުދަ 18:45
ރައީސުލްޖުމްހޫރިއްޔާ އެމްބެސެޑަރ އެޓް ލާޖްގެ މަޤާމަށް އަޙްމަދު ސަލީމް އައްޔަންކުރެއްވުން
ރައީސުލްޖުމްހޫރިއްޔާ އެމްބެސެޑަރ އެޓް ލާޖްގެ މަޤާމަށް އަޙްމަދު ސަލީމް އައްޔަންކުރެއްވުން
ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
އެމްބެސެޑަރ އެޓް ލާޖްގެ މަޤާމަށް އަޙްމަދު ސަލީމް ޢައްޔަނު ކުރައްވައިފި
އަޙްމަދު ސަލީމް ކުރިން ހުންނެވީ ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުގައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެމްބެސެޑަރ އެޓް ލާޖްގެ މަޤާމަށް، މ.މާހުރާ، އަޙްމަދު ސަލީމް މިއަދު ޢައްޔަންކުރައްވައިފިއެވެ.

އަހުމަދު ސަލީމަށް ސަފީރުކަމުގެ ފަތްކޮޅު އަރުވާފައި ވަނީ ބުދަ ދުވަހު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

Advertisement

އެމްބެސެޑަރ އެޓް ލާޖްގެ މަޤާމަށް، އަޙްމަދު ސަލީމް ޢައްޔަންކުރެއްވިއިރު އަޙްމަދު ސަލީމް ކުރިން ހުންނެވީ ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުގައެވެ.

އަޙްމަދު ސަލީމް ޚާރިޖީ ދާއިރާއާ 1968 ވަނަ އަހަރު ގުޅިވަޑައިގަތުމަށްފަހު ޚާރިޖީ ދާއިރާގެ ގިނަ މަޤާމުތަކެއްގައި ޚިދުމަތްކުރައްވާފައިވެއެވެ. އަޙްމަދު ސަލީމް ޚާރިޖީ ދާއިރާގައި ގާތްގަޑަކަށް 21 އަހަރުގެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާއިރު، އޭގެތެރޭގައި އެމެރިކާގައި ހުންނަ ރާއްޖޭގެ ޕާރމަނަންޓް މިޝަންގައާއި ސްރީލަންކާގެ ހައިކޮމިޝަނުގައި މަސައްކަތްކުރައްވާފައިވެއެވެ. އަދި އދ އާއި ކޮމަންވެލްތުގެ މަތީ ފަންތީގެ ބައްދަލުވުންތަކާއި އޯއައިސީ އާއި ސާކްފަދަ ޖަމާޢަތްތަކުގެ ބައްދަލުވުންތަކުގައި ވެސް އަޙްމަދު ސަލީމް ވަނީ ބައިވެރިވެ ވަޑައިގެން ރާއްޖެ ތަމްސީލުކުރައްވާފައިވެއެވެ. މީގެ އިތުރުން 2012 އިން 2014 އަށް ސާކްގެ 11 ވަނަ ސެކެޓްރީ ޖެނެރަލްގެ މަޤާމުވެސް އަޙްމަދު ސަލީމް ފުރުއްވާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް