Advertisement
ކ. މާލެ
|
5 ފެބްރުއަރީ 2020 | ބުދަ 13:35
ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފް
ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފް
ރައްޔިތުންގެ މަޖިލިސް
ޝިދާތާގެ އިތުބާރު ނެތްކަމުގެ މައްސަލަ
ޖެންޑަރ މިނިސްޓަރު ޝިދާތާ މަގާމުން ވަކިކުރަން އެމްޑީޕީގެ ޕީޖީން ނިންމައިފި
ޝިދާތާއަކީ ސަރުކާރު ކޯލިޝަން އަދާލަތު ޕާޓީގެ އިސް މެމްބަރެއް
ޝިދާތާއަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވީ، އިހުމާލުވި ކަމުގެ ގިނަ މައްސަލަތަކެއް ފެންމަތިވުމުން
ޝިދާތާގެ އިސްތިއުފާއަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ދަނީ ގޮވާލަމުން

މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް މަޤާމުން ވަކިކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމައިފި އެވެ.

Advertisement

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި ޖެންޑަރ މިނިސްޓަރު ޝިދާތާ މަޤާމުން ވަކިކުރަން ނިންމާފައިވަނީ އެބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 45 މެންބަރުންގެ އިއްތިފާޤުން ނިންމައިފި އެވެ. ޖެންޑަރ މިނިސްޓަރު ޝިދާތާގެ އިތުބާރު ނެތްކަމަށް އެމްޑީޕީގެ ޕީޖީން ނިންމިއިރު، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ޖިންސީ އަނިޔާ ކުރުމުގެ މައްސަލަތައް އިންތިހާއަށް އިތުރުވެ، އަދި ޖެންޑަރ މިނިސްޓްރީގެ އިހުމާލުގެ ގިނަ މައްސަލަތަކެއް ފެންމަތިވެ، ޝިދާތާއާމެދު ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އެހެންކަމުން އެމްޑީޕީގެ ޕީޖީން ނިންމާފައިވަނީ، ޖެންޑަރ މިނިސްޓަރު ކަމުގެ މަޤާމުގައި ޝިދާތާ އިތުރަށް ހުންނަވަން ފެނިވަޑައި ނުގަންނަވާކަމަށެވެ.

ޖެންޑަރ މިނިސްޓަރު ޝިދާތާގެ އިސްތިޢުފާ ދެއްވުމަށް ގޮވާލައި އަޑުގަދަވެގެން ދިޔައީ، ދެ އަހަރުވެސް ނުވާ ކުޑަކުއްޖަކާ، އެކުއްޖާ މުނިކާފަ އާއި ކާފަ ޖިންސީ އަނިޔާދިންއިރު، އެ ތުއްތު ކުއްޖާގެ ބައްޕަގެ އިހުމާލު އެކަމުގައި ތުހުމަތު ކުރެވޭ މައްސަލަ ފެންމަތިވި ހިސާބުން ނެވެ. އޭގެ ފަހުން، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ޖިންސީ އަނިޔާދިން ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާއިރު، ޖެންޑަރ މިިނިސްޓްރީން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައި ނުވާތީ، ވެސް ޝިދާތާގެ އިސްތިޢުފާއަށް ގިނަބަޔަކު ދިޔައީ ގޮވަމުން ނެވެ.

އެންމެފަހުން، ކުރީގެ "އޮނަރަރީ ޑިސްއެބިލިޓީ އެމްބެސެޑަރ" އަޙްމަދު ހިޝާނަށް ތުހުމަތު ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތުގެ މައްސަލާގައި، ޖެންޑަރ މިނިސްޓްރީން އިހުމާލުވެފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއްގެ ގޮތުގައި ބުދަ ދުވަހުގެ ޖަލްސާއަށް ވަނީ ހުށަހެޅި މަޖިލީހަށް ބަލައިގަނެ، މެންބަރުން ބަހުޘް ކުރައްވާފަ އެވެ.

މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމެވެ. މި މައްސަލަ މަޖިލީހުން ބަލައިގަތީ 41 މެންބަރުންގެ ވޯޓާއި އެކުއެވެ. މިމައްސަލައަށް ބަހުުސް ކުރެއްވި މެމްބަރުން ވަނީ މިނިސްޓަރު ޝިދާތާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް