Advertisement
ކ. މާލެ
|
3 ފެބްރުއަރީ 2020 | ހޯމަ 09:27
ހިޔާ ފްލެޓްތައް
ހިޔާ ފްލެޓްތައް
ޕީއެސްއެމް
ރިޔާސީ ބަޔާން 2020
ހިޔާ މަޝްރޫއުގެ ފްލެޓްތައް މިއަހަރުގެ ތެރޭގައި ހައްގުވެރިންނާ ހަވާލުކުރެވޭނެ: ރައީސް ސޯލިހު
ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އަމިއްލަ ބޯހިޔާވަހިކަމެއް ނެތުން
ހިޔާ މަޝްރޫއުގެ 17189 ފޯމެއް މިހާތަނަށް ސްކްރީންކުރެވިފައި
މިދައުރު ނިމުމުގެ ކުރިން، ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ދެވޭނެ

ހިޔާ މަޝްރޫއުގެ ފްލެޓްތައް މިއަހަރުގެ ތެރޭގައި ހައްގުވެރިންނާ ހަވާލުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާން އިއްވަމުން ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އަބުރުވެރި ދިރިއުޅުމަކަށް ބޭނުންވާ އަމިއްލަ ބޯހިޔާވަހިކަމެއް ނެތުން ކަމަށާއި، ހިޔާ މަޝްރޫޢުގެ ފްލެޓްތަކަށް ހުށަހެޅި ފޯމުތަކުގެ މަޢުލޫމާތުތަކަށް ބަލާއިރު، އަތްފޯރާފަށުގެ ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ، ވިހި ހާހަށްވުރެ ގިނަ އާއިލާ، ހަމައެކަނި މާލެ ސަރަޙައްދުގައި ވެސް އެބަތިބި ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ ހިޔާ މަޝްރޫއުގެ 17189 ފޯމެއް މިހާތަނަށް ސްކްރީންކުރެވި، ޝަރުތު ހަމަވާ މީހުންގެ ދިރިއުޅުމުގެ ޙާލަތު ބެލުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށެވެ. މިހާތަނަށް މުޅި ޖުމްލަ، 5 ކެޓަގަރީއެއްގެ މަސައްކަތް ނިމި، ފްލެޓް ޙައްޤުވާ މީހުންގެ ލިސްޓްތައް އިއުލާންކުރުމަށް ތައްޔާރުވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މަޝްރޫއުގެ 7000 ފްލެޓް، މިއަހަރުގެ ތެރޭގައި ޙައްޤުވެރިންނާ ޙަވާލުކުރެވޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ މާލޭ ރަށްވެހިންނަށް ހުޅުމާލޭގައި ހެދުމަށް މި ސަރުކާރުން ނިންމި ފުރަތަމަ 4000 ހައުސިންގ ޔުނިޓްގެ އަމަލީ މަސައްކަތް، މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށާއި، ވެށިފަހި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ބޯހިޔާވަހިކަމެއް ހަމަނުޖެހި ތިބި ހުރިހާ އެންމެނަށްވެސް، އެމީހުންނާއި ސަރުކާރާ ދެމެދު އެއްބަސްވެފައި އޮތް ގޮތަށް، މިއަހަރުގެ ތެރޭގައި ބޯހިޔާވަހިކަން ވެސް ހަމަޖެހިގެންދާ ކަމަށެވެ.

Advertisement

މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ ހދ. މާވައިދޫ، ފަރިދޫ އަދި ކުނބުރުދޫން، 2011 ވަނަ އަހަރު އެ އަތޮޅު ނޮޅިވަރަންފަރަށް ބަދަލުކުރި ޢާއިލާތަކުގެ ތެރެއިން، މިހާތަނަށްވެސް ދާއިމީ ބޯހިޔާވަހިކަން ނުލިބޭ އެތައް ޢާއިލާއެއް އެބަތިބި ކަމަށެވެ. އެ ޢާއިލާތަކަށް ބޭނުންވާ، 60 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ނިންމައި، މިއަހަރު ތެރޭގައި އެތަންތާގައި ދިރިއުޅެން ފެށޭވަރުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ރައްޔިތުންނަށް ސާފު ބޯފެނާއި ނަރުދަމާ ނިޒާމް ޔަގީންކޮށްދިނުމަކީ، މި ސަރުކާރުގެ އެންމެ މުހިއްމު އެއް ވައުދުކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ އެ ވައުދުގެ ތެރެއިން، ރާއްޖޭގެ ހުރިހާ ރަށެއްގައި ސާފު ބޯފެނާއި، ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ފެށުމަށް މިއަހަރުގެ ބަޖެޓްގައި ހިމަނާފައިވާ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ މިހާތަނަށް މަސައްކަތް ނުފެށި ހުރި ރަށްރަށުގައިވެސް، އެންމެ ލަސްވެގެން 2021 ވަނަ އަހަރު މަސައްކަތް ފަށައި، މި ދައުރު ނިމުމުގެ ކުރިން، ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ޚިދުމަތްތައް ދޭން ފެށޭނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
7 ފެބްރުއަރީ 2020 | ހުކުރު 11:46
ށުނޮ
ދިއދޫ ފުލެޓް ތައް ކޮބަ
4 ފެބްރުއަރީ 2020 | އަންގާރަ 08:09
ސުމަން
މަގޭ މަންމަޔަކީވެސް ހިޔާ ފުލެޓް ލިބޭނެ ކަމުގެ ލި އުން ލިބިފަ އޮތް ފަރާތެ އް އެކަމަކު އަދިވެސް ހަބަރެތްނުވޭ މާލޭ ދަފުތަރު ކެޓަގަރީ
3 ފެބްރުއަރީ 2020 | ހޯމަ 23:00
އާންމު މައުލޫމާތު
ދިވެ ހި ރައްޔިތެއް ވިއްޔާ ހައްގުވެރިޔަކަށް ނޫންތަވާނީ؟ ކޮންމެވެސް ކަމެއްވެގެންތާދޯ މީ ހަކު ފޯރމުފުރައްގެންގޮސް ކިއުގަ ޖެ ހިގެން އެފޯރމުލާނީ، ދެން އެމީ ހަކު ހައްގުވެރިޔަކަށް ނުވާންވީ ސަބަބަކީ.ކޮބާތަ؟ ޝަރުތު ހަމަނުވާނަމަ ތިބުނާ މީ ހާގެ ފޯރމު ބަލައެއްވެސް ނުގަތީ ހޭއްނު....ދީފަ ހުރި ފްލެޓްތަކަކާ ކުޅެން ނަ ހަދާ ތިދީފަ ހުރިގޮތަށް ދިނީމަ ނިމުނީ!!
3 ފެބްރުއަރީ 2020 | ހޯމަ 20:39
ފަހޫ
ކުރީގަކޮތަރުކޮށި މިހާރު ފުލެޓު ކިހިނެއްމިވީ މިސޯބެ ކިޔާއެއްޗިހިން އަންނަނީހިނި
3 ފެބްރުއަރީ 2020 | ހޯމަ 14:53
ޢަފޫ
ޢެމްއެންޑީއެފް ފްލެޓް ވާ ހަކަ ނެތް
3 ފެބްރުއަރީ 2020 | ހޯމަ 11:33
ޟިރޫ
ތިބުނާ ހައްގުވެރިންނަކީ ކޮބާ ؟ މަވެސް ފޯމް ލިން އަދިވެސް ހަބަރެއް ނުވޭ؟ އެންމެ ކުޑަމިނުން ހޭ ވެސް އަޙާނުލާ.