Advertisement
ކ. މާލެ
|
1 ފެބްރުއަރީ 2020 | ހޮނިހިރު 23:40
ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ
ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ
ޔޫސުފް ސޮފްވާން ރަޝީދު
ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ
ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ މައްސަލަތަކުގެ މައްޗަށް ތައްޔާރުކުރި ރިޕޯޓާއި ގުޅޭ ކޮމިޓީ ސިއްރު
18 ޖެނުއަރީގައި ކަމާބެހޭ ފަރާތްތައް ހާޒިރުކޮށްފައިވޭ
19 ޖެނުއަރީގައި ބޭއްވުނު ކޮމިޓީ ބައްދަލުވުމުގައި 6 ކަމެއް ނިންމާފައިވޭ

ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރުމާއި ގުޅޭ މައްސަލަތަކުގެ މައްޗަށް ތައްޔާރުކުރި ޕާލިމެންޓްރީ ރިޕޯޓާއި ގުޅޭ ކޮމިޓީ ސިއްރުކޮށްފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ 21:00 ގައި ތާވަލުކުރެވުނު މި ބައްދަލުވުމުގެ އެޖެންޑާގައި އޮތީ ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކާއި ގުޅޭގޮތުން ކޮމިޓީ އިން ކުރިއަށް ގެންދިޔަ ޕާލިމެންޓްރީ އިންކުއަރީގެ ރިޕޯޓު ފާސްކުރުމެވެ.

ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައާއި ގުޅިގެން ކަމާއި ގުޅުންހުރި މުއައްސަސާތައް ރައްްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް 18 ޖެނުއަރީގައި ހާޒިރުކޮށްފައިވެއެވެ. އެގޮތުން ޕީޖީ އޮފީހުގެ ބޭފުޅުންނާއި ، ޖެންޑަރ މިނިސްޓްރީގެ އިތުރުން ފުލުހުން ހާޒިރުކޮށްފައިވާއިރު މިހާދިސާ ހިނގާފައިވާ ކަނޑުހުޅުދޫގެ ކައުންސިލްގެ ރައީސާއި ފޯނުން ގުޅައިގެން އެ މައްސަލާގައި ކޮމިޓީން ބަލަން ބޭނުންވާ ކަންކަން ސާފުކޮށްފައިވެއެވެ.

Advertisement

އަދި އޭގެ ފަހުން، 19 ޖެނުއަރީގައި ބޭއްވުނު ކޮމިޓީ ބައްދަލުވުމުގައި ޗައިލްޑް ޕްރޮޓެކްޝަން ޑޭޓާބޭސް އަލުން ރަނގަޅަށް ބޭނުން ކުރަން ފަށައި އެ ޑޭޓާބޭސް ބޭނުންކުރަން ފަށަން މުއައްސަސާތަކަށް އެއް މަސް ދުވަހުގެ މުހުލަތެއް ދިނުމަށް ނިންމާފައިވެއެވެ. އަދި މިހާރު ހުރި ޑޭޓާތައް ބޭނުންކޮށްގެން ހަތް ދުވަސް ތެރޭގައި ހައި ރިސްކު އާއިލާތައް މޮނިޓާ ކުރަން ފެށުމުގެ އިތުރުން ، މިހާރު ކޯޓުތަކުގައި ދޫވެފައި ތިބި މީހުން ދޫވެފައި ތިބި ތިބުން ރިވިއުކޮށް އެ މީހުން މޮނިޓަރކުރަން ފެށުމަށް ވެސް ނިންމާފައިވެއެވެ. އަދި ހެއްކާ ބެހޭ ގާނޫނާއި ވިޓްނަސް ޕްރޮޓެކްޝަން ގާނޫނު އަވަސް ކުރަން އޭޖީ އަށް ހުށަހެޅުމަށް ވެސް ކޮމިޓީން ނިންމިއެވެ.

ކޮމެޓީން އިތުރަށް ނިންމާފައިވަނީ ކޯޓުތަކުގައި މައްސަލަތައް ލަސްވާ މައްސަލައިގައި އެކަން ހައްލު ކުރުމަށް ޖުޑިޝަރީގެ ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާކޮށް، މައްސަލަތައް އަވަސް ކުރަން ކުރެވިދާނެ ގޮތްތަކުގެ މައްޗަށް ރިޕޯޓެއް އެކުލަވާލުމަށާއި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ނިންމަން ކޯޓުތަކަށް ވަކި މުހުލަތެއް ދޭނެ ގޮތެއް ހޯދައި، އެކަން ކުރަން ޖެހެނީ ގާނޫނަކުން ނަމަ އެ ގާނޫނަކަށް އިސްލާހު ގެނައުމަށެވެ.

ރަށްރަށުގެ މުއައްސަސާތަކުން ކޮންމެ ރަށެއްގައި ތިބި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ރެކޯޑު އޮންނަ މީހުން ހޯދައި 30 ދުވަހުގެ ތެރޭގައި އެ މީހުން މޮނިޓާ ކުރަން ފެށުމުގެ އިތުރުން ޖެންޑަރ މިނިސްޓްރީގެ ޗައިލްޑް ޕްރޮޓެކްޝަންގެ ކޭސްތަކުގައި މަސައްކަތް ކުރާ ޑިޕާޓްމެންޓުތަކުގެ އޮޑިޓެއް 30 ދުވަހުގެ ތެރޭގައި ހެދުމަށް ވެސް ނިންމާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް