Advertisement
ކ. މާލެ
|
1 ފެބްރުއަރީ 2020 | ހޮނިހިރު 23:41
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
އެމްޑީޕީ
ރައީސް މުހައްމަދު ނަޝީދު
ތިމާވެށި ރައްޔާތެރިކުރާނެ ޖަމްއިއްޔާއެއް އުފެއްދުމަށް ކޮޕް ސަމިޓްގައި ހުށައަޅާނަން: ނަޝީދު
ނޭގޭ މީހުންނަށް އޮޅުން ފިލުވައި ދިނުމަކީ ޒިންމާއެއް: ނަޝީދު
ފައިސާގެ އަދަދު ހުށައަޅުމުންދާ ކަމަށް ވިދާޅުވި
އެފަދަ ކަންތައް ހުއްޓުވަން ޖެހޭ ކަމަށް ވިދާޅުވި

ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖު ކޮންފަރެންސް (ކޮޕް) ސަމިޓްގައި، ދިވެހިރާއްޖެއިން، ތިމާވެށި ރައްކާތެރިކުރާނެ ޖަމްއިއްޔާއެއް އުފެއްދުމަށް ހުށައަޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ޖުމެއިރާ ވިޓަވެލި ރިސޯޓްގައި, ކުރެހުންތެރިޔާ މުހައްމަދު އަޒްމީލްގެ އެކްޒިބިޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ނަޝީދު ވިދާޅުވީ، ރާއްޖެ މީހުންނަށްވުރެ ރަނގަޅަށް ދުނިޔެއަށް އަންނަ ބަދަލުތައް އެނގޭ ބަޔަކު ނޫޅޭނެ ކަމަށެވެ.

އަދި އެކަންތައް ނޭގޭ މީހުންނަށް އޮޅުންފިލުވައި ދިނުމަކީ ރާއްޖޭގެ މީހުންގެ ދުނިޔެއަށް އަދާކުރަން ޖެހޭ ޒިންމާއެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

Advertisement

ކުރީގެ ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، ދުނިޔޭގެ ފިނިހޫނުމިން ދަށް ކުރުމަށް ކޮޕް ސަމިޓްގައި ރާއްޖެއިން ވާހަކަ ދައްކަން ފެށުމުން ހިމޭނުން ތިބުމަށް ބޮޑެތި ގައުމުތަކުން ގޮވާލަމުންދާ ކަމަށެވެ. އަދި އެ ގައުމުތަކުން މަޝްރޫއުތައް ހުށައަޅަމުންދާ ކަމަށް ވިދާޅުވިވއެވެ.

އެއީ މަޝްރޫއުތައް ބަހަން އޮންނަ ތަނެއް ނޫންކަމަށާއި، ދެން އިތުރަށް އެކަން ބަލައިނުގަންނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ، ދެން އޮންނަ ކޮޕް ސަމިޓްގައި އެކަން ހުއްޓުވަން ޖެހޭ ކަމަށާއި، ކޮޕްގެ ގައުުމުތަކެއް އެކުވެގެން ތިމާވެށި ހިމަޔާތް ކުރާނެ ޖަމްއިއްޔާ އެއް އުފެއްދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް