Advertisement
ކ. މާލެ
|
23 މާރޗް 2017 | ބުރާސްފަތި 17:23
ޕީޕީއެމް ޕްރެސް ކޮންފަރެންސް
ޕީޕީއެމް ޕްރެސް ކޮންފަރެންސް
މުހައްމަދު ޝަރުހާން
ޕީޕީއެމް ބަޔާން
ފާރިސް އާމެދު ގާނޫނީ ފިޔަވަޅު އަޅަން ވިސްނަން:ޕީޕީއެމް
ފާރިސް ދަނީ ޕީޕީއެމްގެ ނަން ކިލަނބު ކުރުމުގެ މަސައްކަތް ކުރަމުން

ޕީޕީއެމްއިން ވަކިކޮށްފައިވާ ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫން، ޕީޕީއެމްގެ ނަން ކިލަނބުކޮށްލުމަށްޓަކާ އެޕާޓީގެ ލޯގޯ އާއި ނަން ބޭނުންކޮށްގެން ހިންގާ އަމަލީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށް ޕީޕީއެމްގެ ޔާމީން ފެކްޝަނުން ހާމަކޮށްފި އެވެ.

ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަނުން، ނެރެފައިވާ ނޫސް ބަޔާނުގައި ވަނީ އިސްލާމް ދީނަށް ހަޖޫޖަހާ، ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ނަން ކިލަނބު ކުރުމަށް މަސައްކަތް ކުރާ، ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަން ދުއްވާލުމަށް މަސައްކަތް ކުރާ،  ދިވެހި އެއްވެސް ރައްޔިތަކާ އެކު އެއް މޭޒަކަށް އަރަން ބޭނުން ނުވާނެ ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ ތެރެއިން އަމިއްލަ މަސްލަހަތު ކާމިޔާބު ނުވިކަމުގައިވީ ނަމަވެސް ރައްޔިތުންނަށް ގެއްލުންދޭ ގޮތަށް ދިވެހި ގައުމު އަގުވައްޓާލުމަށް މަސައްކަތް ކުރާ މީހުންނާ ބައިވެރިވުން އެއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް އެބަޔާނުގައި ބުނެފަ އެވެ.

މީގެ އިތުރުން ޕީޕީއެމް ތަމްސީލުވާ ކަމަށް ދައްކަން ފާރީސް އެކުރާ މަސައްކަތްތަކާ މެދު ގާނޫނީ ގޮތުން އެޅެންހުރި ފިޔަވަޅު އެޅުމަށް އެ ޕާޓީން ވިސްނަމުންދާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ޕީޕީއެމް ޔާމީން ފެކްޝަނުން މިފަދަ ގޮތަކަށް ބަޔާނެއް ނެރެފައިވާ އިރު ކުރީގެ ރައީސް މައުމޫން ފެކްޝަނަށް ނިސްބަތްވާ މެންބަރުން ފާޅުކަން ބޮޑު ގޮތެއްގައި ފާޑު ކިޔަމުންދާ އިރު މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން ދަނީ ރައީސް ޔާމީނުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ފާރިސް ޕީޕީއެމުން ވަކިކޮށްފައިވަނީ، ބައެއް ގާނޫނުތައް ފާސްކުރުމަށް ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕުން ނެރުނު ވިޕްލައިންތަކާ ހިލާފަށް ވޯޓް ދެއްވުމުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް