Advertisement
ކ. މާލެ
|
25 ޖެނުއަރީ 2020 | ހޮނިހިރު 12:36
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ރާއްޖެއެމްވީ
ކްރިމިނަލް ކޯޓް
އެއްލައިދޫ ރިސޯޓްގައި މަރާލި ބިދޭސީ މީހާގެ މަރުގެ މައްސަލައިގެ އަޑުއެހުމެއް މާދަމާ!
މިއީ ނިމިދިޔަ އަހަރު ހިނގި އަނިޔާވެރި ފުރަތަމަ މަރު
ދައުވާ އުފުލާފައިވަނީވެސް ސްރިލަންކާ ރައްޔިތެއްގެ މައްޗަށް
އަޑުއެހުން ތާވަލުކޮށްފައިވަނީ އާދިއްތަ ދުވަހުގެ މެންދުރު 11:00 އަށް

އދ. އެއްލައިދޫ ރިސޯޓްގައި ލަންކާ ދެ މީހެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި އެކަކު މަރުވި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފިއެވެ.

ނިމިދިޔަ އަހަރު އަނިޔާވެރި މަރުގެ 3 މައްސަލައެއް ހިނގާފައިވާއިރު، މިއީ ނިމިދިޔަ އަހަރު ހިނގި އަނިޔާވެރި ފުރަތަމަ މަރެވެ. އެގޮތުން މި މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ސްރިލަންކާ ރައްޔިތެއް ކަމަށްވާ ޖަޔަލަތު ކޮޑިއަރޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާގެ މައްޗަށެވެ.

މި މައްސަލައިގެ އަޑުއެހުން ތާވަލު ކޮށްފައިވަނީ އާދިއްތަ ދުވަހުގެ މެންދުރު 11:00 އަށެވެ.

Advertisement

އދ. އެއްލައިދޫ ރިސޯޓްގައި ލަންކާ ދެ މީހެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި އެކަކު މަރާލި ޚަބަރު 10 ޖެނުއަރީ 2019 ގައި މީޑިއާތަކަށް ތިލަވެގެންދިޔައިރު، މި މައްސަލައިގައި މަރުވެފައި ވަނީވެސް ލަންކާއަށް ނިސްބަތްވާ ފިރިހެނެއްކަން ފުލުހުން ވަނީ ކަށަވަރު ކޮށްދީފަ އެވެ. ނަމަވެސް މި ދެ މީހުންގެ މެދުގައި މާރާމާރީ ހިނގަން މެދުވެރިވި ސަބަބު ސާފެއް ނުވެއެވެ.

ނިމިދިޔަ އަހަރު މި މައްސަލައިގެ އިތުރުންވެސް ޤަސްތުގައި މީހަކު މެރުމުގެ 2 ހާދިސާއެއް ހިނގާފައިވެއެވެ. އެގޮތުން އަހަރުގެ ދެވަނަ މަރަކީވެސް ބިދޭސީންތަކެއް މެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން ހިނގި މަރެއްކަން ފާހަގަކޮށްލެވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް