ކ. މާލެ
|
25 ޖެނުއަރީ 2020 | ހޮނިހިރު 01:50
އިއްނަމާދޫގައި ލެބޯޓަރީގެ ހިދުމަތް ހެލްތް މިނިސްޓަރު ރަސްމީކޮށް ފައްޓަވައިދެއްވަނީ
އިއްނަމާދޫގައި ލެބޯޓަރީގެ ހިދުމަތް ހެލްތް މިނިސްޓަރު ރަސްމީކޮށް ފައްޓަވައިދެއްވަނީ
ހެލްތު މިނިސްޓްރީ
އިއްނަމާދޫ
ރ. އިންނަމާދޫ ސިއްޙީ މަރުކަޒުގައި ލެބޯރޓްރީގެ ޚިދުމަތް ފަށައިފި
އިންނަމާދޫއަކީ ގާތްގަނޑަކަށް 876 މީހުންގެ އާބާދީއެއް އޮންނަ ރަށެއް
އިއްނަމާދޫގެ އިތުރުން ރަސްމާދޫ މީހުންނަށް ވެސް މިކަމުގެ ސަބަބުން ލުއިފަސޭހަ ލިބިގެންދާނެ

ރ. އިންނަމާދޫ ޞިއްޙީ މަރުކަޒުގައި ލެބޯޓްރީގެ ޙިދުމަތް ފަށައިފިއެވެ.

މި ލެބޯޓަރީގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހެލްތް އަބްދުﷲ އަމީނެވެ. މިނިސްޓްރީން ވަނީ މި ޚިދުމަތް ފެށުމަށްޓަކައި ބޭނުންވާ މެޝިންތަކާއި، ޓެސްޓްތައް ހެދުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް މި މަހުގެ 18 ވަނަ ދުވަހު އެ ރަށުގެ ސިއްހީ މަރުކަޒުގައި ގާއިމްކޮށްފައެވެ.

ރ. އިންނަމާދޫއަކީ ގާތްގަނޑަކަށް 876 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. މި ރަށުގެ ރައްޔިތުން މީގެ ކުރިން ލެބޯޓަރީގެ ޚިދުމަތް ހޯދަމުން އައީ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުންނެވެ. މިއީ ލޯންޗްގައިނަމަ ގާތްގަނޑަކަށް 20 މިނެޓުގެ ދަތުރެކެވެ. އަދި އަތޮޅު ފެރީގައިނަމަ ގާތްގަނޑަކަށް 1 ގަޑިއިރުގެ ދަތުރެކެވެ.

އެހެންކަމުން، ރ. އިންނަމާދޫގައި ލެބޯޓަރީގެ ޚިދުމަތް ތަޢާރަފް ކުރުމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑު ލުއި ފަސޭހަކަމެއް ލިބިގެންދާނެ ކަމަށާއި، އިންނަމާދޫއަކީ ތެލަސީމިޔާ ބައްޔަށް ގަވައިދުން ފަރުވާ (ބްލަޑް ޓްރާންސްފިއުޝަން) ލިބިގަންނަމުންދާ 4 ކުދިން ދިރިއުޅޭ ރަށަކަށްވުމުން ލެބޯޓަރީގެ ޚިދުމަތް ތަޢާރަފުވެގެން ދިއުމަކީ މިކުދިންގެ ފަރުވާއަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއި ފަސޭހައެއްކަމަށް މިނިސްޓްރީން ބުނެއެވެ.

ހަމައެއާއެކު ރ. އިންނަމާދޫގައި ލެބޯޓަރީގެ ޚިދުމަތް ފެށިގެން ދިއުމުން، ރ. ރަސްމާދޫގެ ގިނަ އަދަދެއްގެ ރައްޔިތުންވެސް އިންނަމާދޫއަށް މިޚިދުމަތް ހޯދުމަށް އަންނާނެކަމަށް ބެލެވޭ ކަމަށާއި، އިންނަމާދޫ ލެބޯޓަރީ އިމާރާތަކީ އިންނަމާދޫ ކައުންސިލްގެ ފަރާތުން ކުންފުނިތަކާއި ގުޅިގެން އިމާރާތްކޮށްފައިވާ ލެބޯޓަރީއެއްކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

- ކޮމެންޓް