ކ. މާލެ
|
24 ޖެނުއަރީ 2020 | ހުކުރު 22:34
ކުޑަކުއްޖެއްގެ ފޮޓޯއެއް
ކުޑަކުއްޖެއްގެ ފޮޓޯއެއް
ސޯޝަލް މީޑިއާ
ރޭޕް
14 އަހަރުގެ ކުޑަ އަންހެން ކުއްޖެއް 4 ފިރިހެނުންގެ ޝިކާރައަކަށް!
އެ ކުއްޖާ ރޭޕްކޮށްފައިވަނީ 4 ފިރިހެނުން

މި މަހުގެ 22 ވަނަ ދުވަހު 20:15 ހާއިރު ނޯތް ސެންޓްރަލް ޕޮލިސް ޑިވިޝަންގެ ރަށެއްގައި އުމުރުން 14 އަހަރުގެ އަންހެން ކުއްޖެއް ގޭންގް ރޭޕް ކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފިއެވެ.

ފުލުހުންގެ އިދާރާ އިން ބުނީ އެ އަންހެން ކުއްޖާ ގޭންގް ރޭޕް ކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މި މަހުގެ 23 ވަނަ ދުވަހުގެ ރޭ ކަމަށެވެ. އަދި އެ އަންހެން ކުއްޖާ ގޭންގް ރޭޕް ކުރިކަމުގެ ތުހުމަތުގައި ހަމަ އެ ދުވަހު އުމުރުން 21 އަހަރާއި އުމުރުން 14 އަހަރާއި އުމުރުން 19 އަހަރުގެ ދެ ފިރިހެނުންގެ އިތުރުން އުމުރުން 18 އަހަރުގެ ދިވެހި ފިރިހެނުން (ޖުމްލަ 4 ފިރިހެނުން) ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ނޯތް ސެންޓްރަލް ޕޮލިސް ޑިވިޝަންގައި ހިމެނޭ އަތޮޅުތަކަކީ ކ. އަތޮޅާއި އއ. އަތޮޅާއި އދ. އަތޮޅުގެ އިތުރުން ވ. އަތޮޅެވެ.

ފުލުހުން ބުނީ މިފަދަ ޖިންސީ ގޯނާ ކުރާ މައްސަލަތަކަކީ އެ އިދާރާއިން ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ތަހުޤީޤު ކުރަމުންދާ ކަމަށެވެ.

ދާދި ފަހުން ގއ ކަނޑުހުޅުދޫގައި އުމުރުން 2 އަހަރު ނުވާ އަންހެން ކުއްޖަކަށް އޭނާގެ އާއިލާގެ ފަރާތުން ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެގެން ދިއުމާއެކު، މިފަދަ ގިނަ މައްސަލަތަކެއް އަންނަނީ ފެންމަތިވަމުންނެވެ. މިކަން މުޖުތަމައު އާއި އާންމުންގެ ސަމާލުކަމަށް އައިސްފައިވާއިރު ބައެއް އާންމުން ދަނީ ރާއްޖޭގައި އިސްލާމީ ޝަރީއަތް ތަންފީޒު ކުރުމަށް ގޮވާލަމުންނެވެ.

- ކޮމެންޓް