ކ. މާލެ
|
24 ޖެނުއަރީ 2020 | ހުކުރު 13:52
ފުލުހަކު ޔުނިފޯމްގައި ސިނގިރޭޓް ބޮނީ
ފުލުހަކު ޔުނިފޯމްގައި ސިނގިރޭޓް ބޮނީ
ރާއްޖެއެމްވީ
ފުލުހުން
ދައްތާ! ބަލާ ފުލުސް ބޭބެ އެ ކުރާ ކަމެއް!
 
ސުލޫކާއި އަޙުލާޤުގެ އެންމެ މަތީ ހަމަތަކުގައި ހިފަހައްޓާ ބަޔަކަށް ފުލުހުން ވާންޖެހޭ
 
ފުލުހުންނަކީ އަމިއްލަ ދިރިއުޅުމުުގައިވެސް ރައްޔިތުންނަށް ނަމޫނާއަކަށް ވާންޖެހޭ ބައެއް

ބުރާސްފަތި ދުވަހު ސުކޫލުތަކުން ދަރިވަރުން ނުކުމެގެން އައި ވަގުތެވެ. އަހަރެންވެސް ދިޔައީ އުމުރުން 6 އަހަރުގެ ކޮއްކޮ ގޮވައިގެން ސުކޫލުން ގެއަށް ގެންދިއުމަށެވެ. މާލޭގެ ކާރުބާރު ބޮޑު މަގުތަކުން ހިނގަމުންދިޔައިރު ކޮއްކޮ ހުރީ މަގުމަތީގައި ފެންނަމުންދިޔަ މަންޒަރުތަކަށް ގެއްލިފައެވެ. އެ އުމުރުގެ ކުދިން މާހައުލުން ފެންނަ ކަންކަން ދެނެގަނެ ދަސްކުރާ ވާހަކަ އަހާފައި އޮތުމުން، އަހަރެންވެސް ކޮއްކޮގެ ހަރަކާތްތަކަށް ބަލަމުން މަޑުމަޑުން ކޮއްކޮގެ އަތުގައި ހިފާލައިގެން ދިޔައީއެވެ.

ގެއަށް ދާން އޮންނަ މަގު ހުރަސް ކުރުމަށް ކުރީގެ ފުރުޤާން މިސްކިތް ހުންނަ ސަރަޙައްދުން ދަނިކޮށް ކޮއްކޮ މާ ބޮޑު ޝައުޤުވެރިކަމެއް ދީގެން ދިމާލަކަށް ބަލާކަން ފާހަގަވިއެވެ. އެހިސާބުން އަހަރެންގެ ސަމާލުކަންވެސް އެދިމާލަށް ހުއްޓުނެވެ. ކުރީގެ ފުރުޤާން މިސްކިތް ހުންނަ ސަރަޙައްދުގައި އެކި ހިސާބުތަކުގައި މޭޒުތައް ބަހައްޓާފައި ހުރިއިރު، މޭޒު ތަކުގައި ފުލުހުންގެ އޮފިސަރުން މަޑުކޮށްލައިގެން ތިއްބެވެ. ބަލާބެލުމަށް ހީވަނީ މަސައްކަތުން ކުޑަ ބްރޭކެއް ނަގަން އެތަނުގައި މަޑުކޮށްލައިގެން ތިބީހެންނެވެ.

ބޮޑުވެގެން ވާނީ ފުލުހަކަށޭ އަބަދުވެސް ބުނާ ކޮއްކޮ ދެން ކޮށްލި ސުވާލުން އަހަރެންވެސް ހުއްޓުންއަރާގޮތް ވިއެވެ. ދައްތާއޭ ފުލުސް ބޭބެ ޔުނިފޯމްލައިގެން ސިނގިރޭޓް ބޮނީއޭ އޭނާ ބުނީ، ހައިރާންކަމާއެކު، ޤަބޫލުކުރަން ދަތިވެފައި ހުރެގެންނެވެ. އޭރު މޭޒުތަކުގައި މަޑުކޮށްލައިގެން ތިބި އޮފިސަރުންނާއި، އެ ސަރަޙައްދުގައި މަޑުކޮށްލައިގެން ތިބި ގިނަ އޮފިސަރުން ތިބީ ޔުނިފޯމްގައި ސިނގިރޭޓް ބޯށެވެ.

އެވަގުތު އެއީ ހުއްދަކަމެކޭ ނުވަތަ މަނާ ކަމެކޭ ބުންޏަސް ކޮއްކޮއަށް އެ ފެނުނު މަންޒަރު ރަނގަޅު ގޮތަކަށް ވިސްނައިދޭނެ ގޮތެއް އެވަގުތު ހިޔާލަކަށް ނައެވެ. އެއީ އެ ސަރަޙައްދުގައި ހުއްދަ ކަމެކޭ ބުނި ނަމަވެސް 6 އަހަރުގެ ކުއްޖަކަށް ވިސްނައިގަނެވޭނީ މުޅިން ގޯސްކޮށެވެ.

އެދުވަހަށްފަހު އެކަމަށް އަހަރެންގެ ސަމާލުކަންވެސް ހުއްޓެއެވެ. ތެދެކެވެ. އެ ސަރަޙައްދުގައި އާންމުކޮށް ފުލުހުން ޔުނިފޯމްގައި ސިނގިރޭޓް ބޯން ތިބެއެވެ. އަދި އެތަނުން އަބަދާ އަބަދު ހުރަސް ކުރާ އެންމެންނަށްވެސް ހާމަކަން ބޮޑުކޮށް އެ މަންޒަރު ފެނެއެވެ. އެހިސާބުން އެކަން އޮންނަ ގޮތް ބެލުމުގެ ޝައުޤުވެރިކަން މާ ބޮޑުވިއެވެ.

ފުލުހުންގެ ޔުނިފޯމްގެ ޤަވާއިދުގައި ބުނާގޮތުން ޔުނިފޯމްގައި ދުންފަތުގެ އިސްތިއުމާލު ކުރެވޭނީ އެކަން ކުރަން ކަނޑައަޅާފައިވާ ތަނެއްގައެވެ. އަދި އެގޮތަށް ކަނޑައަޅާފައި ނުވާ ތަނެއްގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާވާނެ ކަމަށް ޤަވާއިދުގައި ބުނެފައިވެއެވެ. އެހިސާބުން އެ ސަރަޙައްދަކީ ދުންފަތުގެ އިސްތިއުމާލު ކުރަން ހުއްދަ ދީފައިވާ ތަނެއްތޯ ބަލާލީމެވެ. ފުލުހުން ބުނީ، އެ ސަރަޙައްދުގައި ފެންސް ޖަހައިގެން ހަދާފައިވާ ކުޑަ "ހަޓް" އަކީ ފުލުހުންނަށް ޚާއްސަކޮށް ހަދާފައިވާ އަދި ސިނގިރޭޓް ބުއިމަށް ހުއްދަ ދީފައިވާ ތަނެއް ކަމަށެވެ. އަދި އެތަނުގެ ބޭރުގައި ޖަހާފައި ހުންނަ މޭޒުތަކުގައިވެސް ފުލުހުން ސިނގިރޭޓް ބޯން ތިބޭކަމަށް ބުންޏެވެ.

އޭގެ އިތުރުން، އެ ސަރަޙައްދުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރާ ޤާނޫނުގެ ދަށުން ބަހައްޓަންޖެހޭ އިންޒާރުގެ ބޯޑުވެސް ނެތުމާއެކު، އެތަނުގައި ތިބުމަކީ ޤާނޫނީ ކުށެކޭ ނުބުނެވޭނެއެވެ.

ފެންސް ޖަހާފައިވާ ހަޓްއާއި އެ ސަރަޙައްދު ބޭރުގައި ހުރި މޭޒުތަކުގައި ފުލުހުން މަޑުކޮށްލައިގެން

ނަމަވެސް ފެންސް ޖަހާފައިވާ ހަޓްއާއި ޚިލާފަށް އާންމުންނަށް ފެންނާނެހެން ހުރި މޭޒުތަކުގައި ފުލުހުން ޔުނިފޯމްގައި ސިނގިރޭޓް ބޯން ތިބުމަކީ ފުލުހުންގެ ޔުނިފޯމަށް ޤަދަރު ކުޑަކުރުން ކަމުގައި ނުވާނެބާއޭ ހިތަށް އެރިއެވެ. ސަބަބުތައްވެސް ބައިވަރެވެ.

ދިވެހި ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓްގައި ފުލުހުންނަކީ އަމިއްލަ ދިރިއުޅުމުުގައިވެސް ރައްޔިތުންނަށް ނަމޫނާއަކަށް ވާން ޖެހޭނެ ބައެއް ކަމަށް ބުނެފައިވެއެވެ. އަދި ދިވެހި ފުލުހުންގެ ކޯޑް އޮފް އެތިކްސްގައި މަޤާމުގެ ޒިންމާ އަދާކުރުމުގައާއި އަމިއްލަ ދިރިއުޅުމުގައި އަދަބާއި ސުލޫކާއި އަޙުލާޤުގެ "އެންމެ މަތީ ހަމަތަކުގައި ހިފަހައްޓާ" ބަޔަކަށް ފުލުހުން ވާންޖެހޭ ކަމަށް ބަޔާންކޮށްފައިވެއެވެ.

މި ދެންނެވި އެތިކްސްއަކީ ޤާނޫނުގައި ސިދާ މަނާކޮށް އަދަބު ކަނޑައެޅިފައިވާ ކަމަކަށް ނުވެދާނެއެވެ. ފުލުހަކު ޔުނިފޯމްގައި ސިނގިރޭޓް ބޯން ހުރުމަކީ އޭނާ ޤާނޫނީ ގޮތުން ކުށްވެރިވާ ކަމަކަށް ނުވެދާނެއެވެ. ނަމަވެސް ކޮންމެ ޤައުމެއްގައިވެސް ފުލުހުންނަކީ ނުހަނު އިޙްތިރާމް ލިބިގެންވާ ބައެކެވެ. ފުލުހުންގެ ޔުނިފޯމަކީ ނުހަނު ބޮޑު ޤަދަރެއް ދެވިގެންވާ އެއްޗެކެވެ. ވީއިރު އާންމުންނާއި ކުޑަކުދިން އަބަދު ކައިރިން ހިނގާބިނގާވެ އޮންނަ ހާމަ މަގެއްގައި މޭޒު ޖަހައިގެން ފުލުހުން ޔުނިފޯމްގައި ސިނގިރޭޓް ބޯން ތިބުމަކީ އަޙުލާޤުގެ އެންމެ މަތީ ދަރަޖައިގައި ހިފެހެއްޓުމަށް އޮތް ހުރަހަކަށް ނުވޭބާއެވެ؟ ނުވަތަ ރައްޔިތުންނަށް އެ ދެއްކެނީ ކޮން ނަމޫނާއެއް ބާއެވެ؟ ފުލުހަކަށް ވުމުގެ އުއްމީދުގައި ބޮޑެތިވަމުން އަންނަ ޅަ ކުދިންނަަށް މިދެވެނީ ކޮންކަހަލަ ތަސައްވުރެއް ބާއެވެ؟

މިއީ ވިސްނާލުން މުހިއްމު ކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
40%
4%
8%
18%
8%
22%
ކޮމެންޓް
27 ޖެނުއަރީ 2020 | ހޯމަ 13:21
އަހަރެން
ކޮއްކޮ ބައްޕަ ކޮއްކޮ ކުރިމަތީގައި ސިނގިރޭޓު ބުއިން އެއީ މައްސަލައަކަށް ނުވޭ. ޕޮލިސް ބޭބެ ޔުނިފޯމްގައި ސިނގިރޭޓު ބުއިން މީ ނޫހުގައި ޖަހާވަރުގެ ބޮޑު މައްސަލައެއް. ތިޔަގެންގުޅޭ ވިސްނުމައް ހަމަ ސާބަސް.
27 ޖެނުއަރީ 2020 | ހޯމަ 00:08
ޚުރިމަތީ ފުލެޓް މީހާ
ބަލަ ތިތަނުގަ ފުލުހުން އުޅޭތީވެ ސުކުރުކުރަން މިހަަރު އެބޮނީ ހުއްދަ ސިނގެރޭޓްތާ ތިތަނުގެ ކުރިމަތީގަ އޮތް ފުލެޓްގަ ބޮނީ ރަލާއި، ހަކުރު ތިތަނަކުން ފުލުހުން ބަދަލުވާ ދުވަހަކުން ބަލަން ތިބޭ ތިތަނަށް ވާގޮތް.. އޭރުން ސަހަރޯ ހީވާނެ..
26 ޖެނުއަރީ 2020 | އާދީއްތަ 14:11
ބޭބެ
އެމީހުން ކޮންމެ ކަމެ އް ކުރިޔަސް ކުށްވެރި އެ އް ނުވާނެ
26 ޖެނުއަރީ 2020 | އާދީއްތަ 11:00
ޢިބޫ
ރާބޯ މީހުން ރާބޯން ތިއްބާ ފޮޓޯ ޖަހާލަބަ
26 ޖެނުއަރީ 2020 | އާދީއްތަ 02:29
ޜައްޔިތު އަހުމަދު
ކޮއްކޮގެ ދައްތަ ކަޑަތަކުގަ ޝީޝާ ބޯންތިބޭ އިރު މާކަޑަ.
25 ޖެނުއަރީ 2020 | ހޮނިހިރު 10:09
އަންނި
ފުލުހުން އެކނި އެއް ނޫން. ދައުލަތުން މުސާރަ ދޭ. ސިފައިން، ކަސްޓަމްސް، އިމުގްރޭޝަން، ޕޮލިސް، ޕްރިޒަންސް. މިމީހުންޖެހޭނެ ނަމޫނާ އަކަށް.ވާން.
25 ޖެނުއަރީ 2020 | ހޮނިހިރު 02:29
ޕޮލިސް
ކުޑަކުކުދިންގެ ބަހުރުވަ ހުންނަ ގޮތުން “ފުލުސް ބޭބޭ” ކިއުމުގެ ބަދަލުގަ ބޮޑައް ކިޔާނީ “ޕޮލިސް ބޭބެ” ހެން...
25 ޖެނުއަރީ 2020 | ހޮނިހިރު 02:18
މުހައްމާ
ދެން ފުލުހުންވީ ސިނގިރޭޓްވެސް ނުބޯން؟ ފުރަތަމަ ތިމީހުން އިސްލާހުވޭ.. މި ލިޔުން ލިޔުނު މީހާގެ މުޅި އާއިލާގެވެސް ތިބޭނީ ސިނގެރޭޓް ބޯ މީހުން.. ދެން ކޮންހާ އެއްޗެއް ނޫސްތަކުގަ ގޮވާކަށް؟ މުޅި މުއައްސަސާ އެކޮޅުން އަނެއްކޮޅަށް ޖަހާފަ އަތަށް ގޮވާބަލަ.. ވާނުވާ ނޭނގޭ މީހުން. އަޕްޑޭޓް، މޮޑާން ވޯލްޑްގެ ކަންފުޅެއްވެސް، ހަމައެކަނި ހަދަން އެނގޭހައި އެއްޗަކީ ފިތުނަ ފަސާދަ...!
24 ޖެނުއަރީ 2020 | ހުކުރު 18:10
ކެޔޮދަޅި
އަޅުގަނޑު ހަމަ އަންތަރީސްވެއްޖެ! ޔުނިފޯމް އަޅައިގެން މަގުމައްޗަށް ނުކުމެ، މީހުންނާ ދިމާލަށް، ހަޑިހުތުރުވެގެންވާ ރޯ އައުގުރާނަ ގޮވަން ހުއްދަ އޮންނަ ބަޔަކަށް، ޔުނިފޯމްގަ ހުރެގެން ސިގިރޭޓެއް ބުއިމުން މައްސަލައެއް އޮންނަންވީ ސަބަބެއް ނުވިސްނުނު. އެއްވުމެއް ކޮންޓްރޯލްކުރަން ނުކުންނަ ފުލުސްމީހާވެސް މީހެއްގެ ފަހަތުން ދުއްވައިގަންނައިރު އެއްމެ ފުރަތަމަ ދުލުކުރިއަށް އަންނާނީ ހުސް ޅަވިޔަނިން ނިމޭ ބަސްތަކެވެ. އެހިސާބުގައި ކުދިދަރީންނާއި މައިންބަފައިން ތިއްބަސް ވަރިހަމައެވެ.
24 ޖެނުއަރީ 2020 | ހުކުރު 16:06
ޢަލީ
ޔުނިފޯމުގައި މިހަކު ކާތަންފެނުނަސް އަޖާބުވާމީހަކު ހަމަ ހަޖައިބުވާނެ.
24 ޖެނުއަރީ 2020 | ހުކުރު 15:23
ފްލެޓް
ޢަ ހަންނަކީ މާލެ ހިޔާގައި ދިރިއުޅޭ މީ ހެއް. ޕޮލި ހުން ތަނުގެ ލިފްޓް ކައިޜީގައި ވެސް ބޮއެ. ކުދަކުދިންނާއި މުސްކުޅިން ވަދެ ނިކުންނަ ލިފްގެ ވާ ހަކަ މިބުނީ. ތިބުނާ ހަޓެއް ހަދަން ކޮން ގޮތަކުން ޕޮލިޙުންނަަށް ލިބިފަ އޮތް ތަނެއްބާ. ކުޑަކިދިން ކުރިމަތީގައި ސިނގިރޭޓް ބުއިން ކަމަކީ މި ގަލޮޅު ޕޮލިޙުންގެ
24 ޖެނުއަރީ 2020 | ހުކުރު 14:32
1828
ޔުނީފޯރމްގައި ފުލު ހުން މަގުމަތީގައި ސިނގެރޭޓް ބުއިމަކީ އޮޑު ކަމެއް. ނަމަވެސް މިފޮޓޯގައި އެފެންނަނީ ފުލު ހުންނަށް ހުތުރުވާ ޒާތުގެ ކަމެއް ނޫން.
24 ޖެނުއަރީ 2020 | ހުކުރު 14:18
ބޫސާޅު
ފެންސް ޖަހާފަ ހަދާފަ އެހެން މީހުނަށް އާއްމުކޮށް ނުފެންނަ ގޮތަށް އެހެރީ ފުލުހުން ތެރޭ އުޅޭ ސިގިރޭޓްވޯ ފުލުހުން ސިގިރޭޓްބޯން ވެގެން. މަޖްލިސްތެރޭ އަންނި ވެސް އިންދޭ ފެގްބޯން. މަޖްލިސް މެންބަރަކަށް މާފިޔާހުރެ ގާނޫން އަސާސީ މައްޗައް އަރާހުރީ. މީހަކަށް ވެރިކަން ދިނީމަ ދެމަފިރިންވެގެން ބަޖެޓްވެސް ކާލައިގްނ އެހެރީ ޖަލުގަ
24 ޖެނުއަރީ 2020 | ހުކުރު 14:13
ކސްބެ
ކަލޭމެން ބަލާތި ފުލުހުން ކަމެއް ކުރޭތޯ. ތިމާމެން ފުރަތަމަ އިސްލާހހޙު ވެބަލަ. ބޯހަލާކު
24 ޖެނުއަރީ 2020 | ހުކުރު 14:13
ކސްބެ
ކަލޭމެން ބަލާތި ފުލުހުން ކަމެއް ކުރޭތޯ. ތިމާމެން ފުރަތަމަ އިސްލާހހޙު ވެބަލަ. ބޯހަލާކު
24 ޖެނުއަރީ 2020 | ހުކުރު 14:13
ކސްބެ
ކަލޭމެން ބަލާތި ފުލުހުން ކަމެއް ކުރޭތޯ. ތިމާމެން ފުރަތަމަ އިސްލާހހޙު ވެބަލަ. ބޯހަލާކު
24 ޖެނުއަރީ 2020 | ހުކުރު 14:13
ކސްބެ
ކަލޭމެން ބަލާތި ފުލުހުން ކަމެއް ކުރޭތޯ. ތިމާމެން ފުރަތަމަ އިސްލާހހޙު ވެބަލަ. ބޯހަލާކު
24 ޖެނުއަރީ 2020 | ހުކުރު 14:11
ހަރީސް
އަމިއްލަޔަށް ފެނުން މަންޒަރު ކުޑަކުއްޖެއްގެ ބޮލަށް ޖަހައިގެން ލިޔެވިދާނެ.. ފުލުހުންނަށް ހާއްސަކޮށް ހުރިތަނެއްގައި ބޭނުން ކުރިޔަސް ކޮބާ މައްސަލައަކީ.އެއީ އިމާރާތެއްގެ ބެކް ސައިޑް.. އެމީހުން ޔުނީ ފޯމްގައި ކޮންމެ ކޮންމެ ތާކު ނުތިބޭ ...