Advertisement
ކ. މާލެ
|
23 ޖެނުއަރީ 2020 | ބުރާސްފަތި 12:44
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޔޫސުފް ސޮފްވާން ރަޝީދު
މުހައްމަދު ނަޝީދު
އަންހެން ކުދިން ޚިތާނު ކުރުމޭ ކިޔާ ތިކުރަނީ ހަމަ ޖިންސީ އަނިޔާ: ރައީސް ނަޝީދު
އެފަދަ ކަންކަމަށް ހިތްވަރު ދޭ މީހުންނާމެދު ފިޔަވަޅު އަޅަންޖެހޭ

އަންހެން ކުދިން ޚިތާނު ކުރުމާއި ގުޅޭ ފަތުވާއެއް ބޭނުންނުވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަންހެނުން ޚިތާނުކުރުމާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީގައި ވަނީ ފަތުވާއަަކަށް އެދިފައެވެ. އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އާންމު ސިއްޙަތު ރައްކާތެރިކުރުމުގެ މަސްޢޫލިއްޔަތު ޤާނޫނީ ގޮތުން އޮންނަ ފަރާތަކީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ކަމަށެވެ. އަދި އިސްލާމް ދީނުގައި އަންހެނުން ޚިތާނު ކުރުމާއި ގުޅޭގޮތުން ދީނީގޮތުން އޮންނަ ގޮތް އޮޅުންފިލުވުމަށް އެދި ފަތުވާއަކަށް އެދުނީ އެޗްޕީއޭގެ އެދުމުގެ މަތިން ކަމަށް މިނިސްޓްރީން ބުންޏެވެ.

އެކަމާއި ގުޅިގެން ނަޝީދު ބުރާސްފަތު ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިހާރު ވާނީ ކުޑަކުދިންގެ ހައްޤުތައް ރައްކާތެރި ކުރުމުގެ ޤާނޫނު ފާސްކޮށް، ތަަސްދީގު ކުރެވިފައިކަމަށެވެ. އަދި އެ ކުދިން (އަންހެން ކުދިން) ޚިތާނު ކުރުމަށޭ ކިޔާ، އެ ކުރަނީ ޖިންސީ އަނިޔާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެފަދަ ކަންކަމަށް ހިތްވަރު ދޭ މީހުންނާމެދު ފިޔަވަޅު އަޅަންޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

Advertisement

ދީނީގޮތުން މައްސަލައެއް އޮޅުންފިލުވުމަށް ފަތުވާ މަޖިލީހުގައި ހަމައެކަނި އެދެވޭނެ ފަރާތަކީ، އެއިރެއްގައި އިސްލާމިކް މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނަވާ އެންމެ އިސްފަރާތް ކަމުގައިވާތީ، އެޗްޕީއޭގެ އެދިމުގެ މަތިން އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ ދީނީގޮތުން އަންހެނުން ޚިތާނުކުރުމާއި ގުޅޭގޮތުން އޮންނަ ރަޢުޔު ބަޔާންކޮށްދެއްވުމަށް ފަތުވާމަޖިލީހަށް ހުށަހެޅުއްވީކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ. އަދި ބަޔާނުގައި ބުނީ އަންހެނުން ޚިތާނުކުރުމާއި ގުޅޭގޮތުން ފަތުވާއަކަށް އެދިފައިވަނީ މިނިސްޓްރީގެ ބޭނުމަކަށް ކަމަށް ބައެއް ފަރާތްތަކަށް ހީވެފައިވާތީ އެކަމަކީ އެއްވެސް ޙާލެއްގައި އިސްލާމިކް މިނިސްޓްރީގެ ބޭނުމަކަށް އެދިފައިވާ ފަތުވާއެއް ނޫންކަމަށެވެ.

ރައްޔިތުންނަށް ދީނީ ގޮތުން އޮޅުންއަރާ ކޮންމެ ކަމެއްގައި ރައްޔިތުން ބޭނުންވެއްޖެ ކޮންމެ ހިނދަކު އެކަމެއްގައި ދީނީގޮތުން އޮންނަ ގޮތް ބަޔާންކޮށްދޭ ފަރާތަކީ އިސްލާމިކް މިނިސްޓްރީ ކަމަށް ބަޔާނުގައިވެއެވެ. ކުރިއަށްއޮތް ތަނުގައިވެސް މިމިނިސްޓްރީ އަށް ހުށަހެޅޭ ދީނީ މައްސަލަތަށް އޮޅުންފިލުވުމަށް އޮންނަ އުސޫލުގެދަށުން، ޢަމަލުކުރަމުން ކުރަމުން ގެންދާނެ ކަމަށް އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
24 ޖެނުއަރީ 2020 | ހުކުރު 00:02
ބަރަބޮމުޫސަާފުތު.
ތިއުޅެނިީ..ކުކުޅަވުރެ.ބިސތޮށިވެގެން..ތިއުޅެނިީމިރިނުވެގޮބޮޅިކާަށިވެގެން..މުސްޅިންބުނެއުޅެޭ.ނުމާަވަޑިޔަކުވަލައްވަނިީމަ.ވަލުރުގަސްރޮނެޔޭެ.މިީ.ތެދެއްކަންޔަގިީ.މުަކުޅިންބުނެަުޅެ.ިސކޮޅުނުކަނިސްހިންގަާގަންނަން.ނުޫޅެޭށެޭ..ބަހަކުން.ދަރުބޮންޑިޔެށް.ނުބަން.ދެވެޭނެ..ކިޔަނިީ..އެކަޔްޗެށް.އަލިީގެ.މުހަންމަދެކެޭއެގޮޔް..ދަކަާވަާހަކަ.ދަށް.ކަނިީމޮޔަ.ޔަކުއަތަށް.ކަންޑިދިނިީމަވަާނެގޮޔް.މިވަނިީ..ވަާހަކޔެދަާކަާއިރު.މޮޔަގޮވެޔް.އިރުވެސް.ތިމަާޔައްނެޭންގެ.؟؟؟؟.!!!!.