Advertisement
ކ. މާލެ
|
21 ޖެނުއަރީ 2020 | އަންގާރަ 13:16
މާލޭގެ ވިޔަފާރި ބަނދަރުގައި މަޖޫރީން ކޮންޓެއިނަރެއް ހުސްކުރުމުގެ މަސައްކަތް ކުރަމުންދަނީ
މާލޭގެ ވިޔަފާރި ބަނދަރުގައި މަޖޫރީން ކޮންޓެއިނަރެއް ހުސްކުރުމުގެ މަސައްކަތް ކުރަމުންދަނީ
ޔޫސުފް ސޮފްވާން ރަޝީދު
އެމްޕީއެލް
އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ ޤާނޫނެއް މިހާރުން މިހާރަށް ވެސް ބޭނުން: އެމްޕީއެލް
އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ ގާނޫނެއް އޮތުމުން ކުންފުނީގެ އުސޫލުތަކާއި ގަވާއިދުތައް ހަރުދަނާ ވެގެންދާނެ
ގާނޫނު ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރަމުންދަނީ

އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ ޤާނޫނެއް މިހާރުން މިހާރަށް ވެސް ބޭނުންވާ ކަމަށާއި، ކުންފުނިތަކުގައި ހަދާފައިވާ އުޞޫލުތަކަށް ޢަމަލުކުރުމުގައި އެކަމުގެ ސަބަބުން އިތުރު ބާރުތަކެއް ލިބިގެންދާނެ ކަމަށް މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް(އެމްޕީއެލް) ގެ ޗީފް ރިސްކް އޮފިސަރ އިބްރާހިމް ޒާހިރު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ޒާހިރު ވިދާޅުވީ އޮކިއުޕޭޝަނަލް ސޭފްޓީ ޤާނޫނެއް އޮތުމުން ކުންފުނީގެ ހެލްތު އެންޑް ސޭފްޓީ ޕޮލިސީތަކާއި، ޤަވާއިދުތަކާއި، ރިސްކް އެސެސްމަންޓް ފްރޭމް ވޯކާއި، އަދި މެނޭޖުކުރުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.

Advertisement

ނަމަވެސް އެފަދަ ޤާނޫނެއް ނެތުމުން މިހާރު ހަދާފައިވާ އުޞޫލުތަކާއި ޤަވާއިދުތަކަށް ޢަމަލުކުރުމުގައި އުނދަގޫ ކުރިމަތިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ގާނޫނެއްގެ ތެރެއިން ކުރާ ކަމަކާއި، ގާނޫނެއް ނެތި ކުރާ ކަމަކީ އެއީ އުނދަގޫކަމެއް. އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ އެކްޓެއް ނެތުމަކީ ވަރަށް އުނދަގޫކަމެއް. ހެލްތް އެންޑް ސޭފްޓީއަށް މީހުން ތަބާކުރުމަށް ވެސް އަޅުގަނޑުމެންނަށް ވެސް ވަރަށް އުނދަގޫވޭ. އެކަމަކު ގާނޫނެއްގެ ތެރެއިން އައިސް އެ ގާނޫނާ އެއްގޮތަށް އެހެން ކުންފުނިތަކުގައި ވެސް ހެލްތް އެންޑް ސޭފްޓީ ކަށްވަރުކުރުމަށް އެޅޭނެ ވަރަށް ބޮޑު ފިޔަވަޅެއް،
އެމްޕީއެލްގެ ޗީފް ރިސްކް އޮފިސަރ އިބްރާހިމް ޒާހިރު

ޒާހިރު ވިދާޅުވީ އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ ޤާނޫނެއް ރާއްޖޭގައި އޮތުމަކީ ކުންފުންޏަށް ވެސް އޭގެއިން ވަރަށް ބޮޑެތި ފައިދާތައް ކުރާނެ ކަމެއް ކަމަށެވެ. އަދި އެމްޕީއެލްގެ ޕޮލިސީތައް ވެސް އަދި ޤަވާއިދުތައް ވެސް އަންނާނީ ޤައުމީ ފެންވަރެއްގައި ހެދޭ ޤާނޫނަކަށް އެލައިން ކުރެވިގެން ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ޒާހިރު ވިދާޅުވީ ޤާނޫނެއް ހެދުމަށް މިހާރުވެސް ގުޅުން ހުރި ފަރާތްތަކާއި ވާހަކަ ދައްކާ ޚިޔާލުތައް ވެސް ފޯރަމްތަކުގައި ހުށަހަޅާފައިވާނެ ކަމަށެވެ. އަދި ބޮޑަށް ލަފާ ކުރެވެނީ ވަރަށް އަވަހަށް ރާއްޖޭގައި އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ ޤާނޫނެއް އަންނާނެ ކަމަށާއި، އެ ޤާނޫނު ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރެވެމުންދާކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް