ކ. މާލެ
|
17 ޖެނުއަރީ 2020 | ހުކުރު 12:27
ރާއްޖޭގެ ރިސޯޓެއް
ރާއްޖޭގެ ރިސޯޓެއް
މުހައްމަދު ޝަރުހާން
ޓޫރިޒަމް މިނިސްޓްރީ
ފަތުރުވެރިކަމާބެހޭ 3 ޤަވާއިދެއް އިސްލާޙުކުރުމަށް އާންމުންގެ ހިޔާލު ހޯދަނީ
 
މިއަހަރު ތެރޭ ފަތުރުވެރިކަމާއި ގުޅުންހުރި 20 ޤަވާއިދެއް އިސްލާޙު ކުރާނެ
 
ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 23 ވަނަ ދުވަހުގެ 14:00 އާ ހަމައަށް

ފަތުރުވެރިކަމާބެހޭ 3 ޤަވާއިދެއް އިސްލާޙުކުރުމަށް އާއްމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ޤަވާއިދުތަކަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 23 ވަނަ ދުވަހުގެ 14:00 އާ ހަމައަށް ކަމަށެވެ. އެގޮތުން އާއްމުންގެ ހިޔާލަށް ހުޅުވާލާފައިވާ ޤަވާއިދުތަކަކީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ތަފާސް ހިސާބު ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމާއިބެހޭ ޤަވާއިދާއި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ޓޫރިސްޓް ރިސޯޓުތަކުގައި އަޅަންޖެހޭ ފިޔަވަޅުތަކާބެހޭ ޤަވާއިދުގެ އިތުުރުން ފަތުރުވެރިންގެ ރަމްޒީ ކައިވެނީގެ ޙަފްލާ ބޭއްވުމާބެހޭ ޤަވާއިދުކަމަށް މިނިސްޓްރީން ބުނެއެވެ.

ފަތުރުވެރިކަމާބެހޭ ޤަވާއިދުތައް އިސްލާހުކުރުމުގެ މަސައްކަތް ފަށާފައިވާއިރު މިއަހަރު ތެރޭ ފަތުރުވެރިކަމާއި ގުޅުންހުރި 20 ޤަވާއިދެއް އިސްލާޙު ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު މީގެ ކުރިން ވިދާޅުވެފައިވަނީ މި ޤަވާއިދުތަކަށް އިޞްލާޙު ގެންނަނީ ފަތުރުވެރިކަމުގެ ސިނާޢަތަށް ދިމާވާ މައްސަލަތަކަށް ޙައްލު ކުރުމަށް ކަމަށާއި މި އިންޑަސްޓްރީއަށް އިންވެސްޓުކޮށްފައި ތިބި ފަރާތްތަކާއި އިންވެސްޓު ކުރާނޭ ފަރާތްތަކަށް ފަސޭހަވާނެ ގޮތްތައް މަގުފަހިކުރުމުގެ ބޭނުމުގައި ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ އިހުސާސުތަކާއި އެއްގޮތަށް ޤަވާއިދުތައް ބައްޓަން ކުރުން މުހިއްމު ކަމަށެވެ.

މިނިސްޓްރީން އިތުރަށް ބުނީ ކުރިއަށް އޮތްތާނގައި ވެސް އިސްލާޙު ގެނައުމަށް ހަމަޖެހިފައިވާ އެހެން ޤަވާއިދުތަކަށް އާންމުންގެ ހިޔާލަށް ހުޅުވާލާނެކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
100%
0%
0%
ކޮމެންޓް