އައިވާ ޓީވީ ލޯންޗުކޮށް ރީފްސައިޑުން ޕްރޮމޯޝަނެއް ފަށައިފިއެވެ.
ރީފްސައިޑުން ބުނީ މި ޕްރޮމޯޝަން ކުރިއަށްދާނީ ސްޓޮކް ހުސްވަންދެން ކަމަށާއި, ޕްރޮމޯޝަނުގެ ދަށުން ޖަޕާނުގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ އައިވާ ޓީވީ ހެޔޮއަގެއްގައި ލިބިގެންދާނެ ކަމަށެވެ.
ރާއްޖެއެމްވީއަށް ދެއްވި އިންޓަވިއުއެއްގައި ރީފްސައިޑުގެ މާރކެޓިންގ އެގްޒެކެޓިވް މުޙައްމަދު އަހުސަން ވިދާޅުވީ، ހެޔޮއަގެއްގައި މިހާ ފެންވަރު ރަނގަޅު ޓީވީތައް ކަސްޓަމަރުންނަށް ދޭން ނިންމާފައިވަނީ އައު އަހަރުގެ ހަދިޔާއެއްގެ ގޮތުން ކަމަށާއި، ޓީވީ ގަތުމުން ދެ އަހަރު ދުވަހުގެ ވޮރެންޓީ ލިބިގެންދާނެ ކަމަށެވެ.
އައިވާ ޓީވީ އަކީފެންވަރަށް ބަލާއިރު، އިތުރު ތަޢާރަފެއް ބޭނުން ނުވާ ކޮލެޓީ ޓީވީއެއް. ޕިކްޗަރ ކޮލެޓީ ވަރަށް ކްލިއަރ ވާނެ. އައްޔަށް އަދި ކޮންޓްރާސްޓަށް ބެލިޔަސް މިކްސްޕެކްސް ވެގެނެއް ނުދާނެ. ޢާންމުކޮށް މި ހުންނަ ލޯ އެންޑް ޓީވީތަކާއި އަޅާބަލާއިރު. ކޮންމެ ބޭފުޅަކު ވެސް އޯކިޑު މަގުގައި މި އިން އަޅުގަނޑުމެންގެ އައުޓްލެޓަށް ދުރުވެ އެ ތަފާތު ތަޖުރިބާ ކުރުމުން އެހެން ޓީވީތަކާއި އައިވާ ޓީވީ ހުރި ތަފާތު ފެނިގެންދާނެ.ރީފްސައިޑްގެ މާކެޓިންގ އެގްޒެކެޓިވް މުހައްމަދު އަހުސަން ވިދާޅުވިއެވެ.
ރީފްސައިޑުން ވަނީ އައިވާ ޓީވީގެ ހަތަރު ސައިޒެއް ތަޢާރަފުކޮށްފައެވެ. އެއީ 50 އިންޗި، 55 އިންޗި، 65 އިންޗީގެ އިތުރުން 75 އިންޗީގެ ޓީވީތަކެވެ. ރީފްސައިޑުން ބުނީ މި ސައިޒުތައް ގެނައީ ކަސްޓަމަރުންގެ ޑިމާންޑަށް ބަލާފައި ކަމަށާއި ގިނަ ކަސްޓަމަރުންނަށް އެންމެ ކަމުދަނީ 50 އިންޗިއަށް ވުރެން މަތީގެ ޓީވީތައް ކަމަށެވެ.
އައިވާ ޓީވި ތަޢާރަފުކުރުމަށް ބޭއްވި ޙަފުލާގެ ތެރެއިން ރީފްސައިޑުން ވަނީ ނޫސްވެރިންގެ މެދުގައި ގުރުނެގުމެއް ބާއްވާ، ގުރުއަތުން ހޮވުނު އެއް ފަރާތަށް އައިވާ ޓީވީއެއް ހަދިޔާކޮށްފައެވެ. އެގޮތުން ގުރުއަތުން ހޮވިފައިވަނީ ވަގުތުގެ ނޫސްވެރިއެކެވެ.
ރީފްސައިޑުން ވިއްކާ އުފެންދުންތަކަކީ ޢާންމުންގެ ތެރޭގައި މަޤުބޫލު އުފެއްދުން ތަކެވެ. ރީފް ސައިޑުން އެކި މުނާސަބާތުތަކާއި ގުޅުވައިގެން މިކަހަލަ ތަފާތު ޕްރޮމޯޝަންތައް ކަސްޓަމަރުންނަށް ޢަމާޒުކޮށްގެން ހިންގައެވެ.