ކ. މާލެ
|
11 ޖެނުއަރީ 2020 | ހޮނިހިރު 19:28
ސްރީލަންކަން އެއަރލައިންސް
ސްރީލަންކަން އެއަރލައިންސް
ގޫގުލް
ސްރީލަންކަން އެއަރލައިންސް
އައްޑޫ ސިޓީ ގަމުން ބެންކޮކަށް ދަތުރުކުރުމަށް ޚާއްޞަ ޕްރޮމޯޝަނެއް
ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް
ޕްރޮމޯޝަންގައި 40 ކިލޯގެ ބެގެޖް އެލަވަންސެއް ވެސް ލިބޭނެ
ގަން އެއަރޕޯޓަށް ދަތުރުތައް ފަށާފައިވަނީ 2016 ވަނަ އަހަރު

އައްޑޫ ސިޓީ ގަމުން ތައިލެންޑުގެ ބެންކޮކަށް ދަތުރުކުރުކުރާ ފަރާތްތަކަށް ޚާއްޞަ ޕްރޮމޯޝަނެއް ސްރީލަންކަން އެއަރލައިންސް އިން ފަށައިފިއެވެ.

މި ޕްރޮމޯޝަން ޖެނުއަރީ މަހުގެ 8 ވަނަ ދުވަހު ފަށާފައިވާއިރު ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

އޭސް އޭވިއޭޝަނުން ފަށާފައިވާ މި ޕްރޮމޯޝަނުގެ ދަށުން އޯލް އިންކްލޫސިވް ރިޓާން ޓިކެޓުގެ އަގު އުޅެނީ 332 އެމެރިކާ ޑޮލަރަށެވެ. އަދި މި ޕްރޮމޯޝަނުގައި 40 ކިލޯގެ ބެގޭޖް އެލަވަންސެއް ވެސް ފަސިންޖަރުންނަށް ލިބޭނެ ކަމަށް އޭސް އޭވިއޭޝަނުން ބުނެއެވެ.

ސްރީލަންކަން އެއަރލައިނުން ގަން އެއަރޕޯޓަށް ދަތުރުތައް ފަށާފައިވަނީ 2016 ވަނަ އަހަރުގެ ޑިސެންބަރު މަހުއެވެ.

- ކޮމެންޓް