ކ. މާލެ
|
11 ޖެނުއަރީ 2020 | ހޮނިހިރު 14:30
ސަލްމާން ހާން
ސަލްމާން ހާން
އިންޑިއާ.ކޮމް
ސަލްމާން ހާން
އަންނަ އަހަރު އީދުގައި ސަލްމާން ގެނެސްދެނީ ''ކަބީ އީދް ކަބީ ދިވާލީ''
ފިލްމަކީ ކޮރެޔާ ފިލްމެއްގެ ކޮޕީއެއް: ރިޕޯޓްސް
ފިލްމުގެ ޝޫޓިން ފަށާނެ ދުވަހެއް ހާމައެއް ނުކުރޭ
ސަލްމާންއާ އެކު ފެނިގެން ދާނީ ދިޝާ

ބޮލީވުޑްގެ ތަރި ސަލްމާން ހާން އަންނަ އަހަރުގެ އީދުގައި ނެރެން ހަމަޖެހިފައިވާ ފިލްމަކީ ''ކަބީ އީދް ކަބީ ދިވާލީ'' ކަން ހަމާކޮށްފިއެވެ.

މި ފިލްމު ލިޔެ ޕްރޮޑިއުސްކުރަނީ ސާޖިދް ނާޑިއަޑްވާލާ އެވެ. ފިލްމު ޑައިރެކްޓް ކުރާނީ ހައުސްފުލް 4 ގެ ޑައިރެކްޓަރ ސަމްޖީ އެވެ. ''ކަބީ އީދް ކަބީ ދިވާލީ'' ފިލްމުގެ އިއުލާން ކޮށްފައިވަނީ ސަލްމާންގެ ޓްވިޓާ މެދުވެރިކޮށެވެ.

ފިލްމާއި ބެހޭ އިތުރު މައުލޫމާތެއް ސަލްމާން ހާމަކޮށްފައެއް ނުވެއެވެ. ސަލްމާން އަކީ ކޮންމެ އަހަރެއްގެ އީދުގައިވެސް ސިނާމާތަކަށް ފިލްމުތައް ގެންނަ ތަރިއެކެވެ. މި އަހަރުގެ އީދުގައި ރިލީޒްކުރަން ހަމަޖެހިފައިވަނީ ސަލްމާންގެ ''ރާދޭ'' އެވެ.

ޕްރަބޫދޭވާގެ ޑައިރެކްޓަރ ކުރާ މި ފިލްމުގައި އަންހެން ބަތަލާގެ ރޯލުން ފެނިގެންދާނީ ދިޝާ ޕަޓާނީ އެވެ. އެ ފިލްމުގެ ވިލަން ރޯލުން ފެނިގެންދާނީ ރަންދީޕް ހޫދާ އެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، އެ ފިލްމަކީ ކޮރެޔާ ފިލްމެއްގެ ކޮޕީއެކެވެ. އެހެން ނަމަވެސް ފިލްމު އުފެއްދި ފަރާތުން ބޭނުންވަނީ ފިލްމުގެ އަސްލު ނަން ސިއްރު ކުރާށެވެ. ކޮރެޔާ ފިލްމުގެ ރައިޓްސް ގަނެފައިވާއިރު، މިހާރު މަސައްކަތް ކުރަނީ ފިލްމުގެ ސްކްރިޕްޓްގެ މަސައްކަތް ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް